Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުއްތަމަ ފަނޑިޔާރު

ޕެޓިޝަނުގައި ސޮއިނުކުރާ ވަކީލުންނާ އުއްތަމަ ފަނޑިޔާރު މިރޭ ބައްދަލުކުރައްވަނީ

18 ސެޕްޓެމްބަރު 2017 | ހޯމަ 11:11

ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިރޭ 8:00 ގައި ސުޕްރީމް ކޯޓުގަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 18 ސެޕްޓެމްބަރު 2017 | ހޯމަ 11:11
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ޝަރުއީ ދާއިރާގައި އިސްލާހުކުރަން ހުރި ކަންތައްތައް ބަޔާންކޮށް ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނުގައި ސޮއި ނުކުރައްވާ ތިއްބެވި ވަކީލުންނާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިރޭ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކީލުންނާއެކު އުއްތަމަ ފަނޑިޔާރު ބާއްވާ ބައްދަލުވުމަށް ބައެއް ވަކީލުންނަށް ވަނީ ދައުވަތު ދީފަ އެވެ. އެހެން ނަމަވެސް، ޕެޓިޝަނުގައި ސޮއިކުރެއްވި 56 ވަކީލުންނާއި، ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރެއްވި 35 ވަކީލުންނަށް ދައުވަތު ދީފައި ނުވާ ކަމަށް އެ ވަކީލުން ބުނެ އެވެ.

Advertisement - newsAdvertisement

އުއްތަމަ ފަނޑިޔާރު ވަކީލުންނާއެކު ބާއްވާ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިރޭ 8:00 ގައި ސުޕްރީމް ކޯޓުގަ އެވެ.

ވަކީލުންތަކަކާ އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވަން ނިންމާފައިވާއިރު، ވަކީލުން ސަސްޕެންޑް ކުރި މައްސަލައިގައި އުއްތަމަ ފަނޑިޔާރަށާއި ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ދަނީ ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލާފަ އެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން ހޯމަ ދުވަހު އުވާލާފައިވާއިރު، ލޯ އޭޝިއާއިން ރާއްޖެއަށް ފެކްޓް ފައިންޑިން މިޝަނެއް ރާއްޖެ ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

ވަކީލުންތައް ސަސްޕެންޑް ކޮށްފައިވަނީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާ ކަމަށް ބުނެ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް