Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ އިސްތިއުނާފް

ފާރިިސްގެ އިސްތިއުނާފް މައްސަލަ: ބެންޗުން ފަނޑިޔާރު ސަމީރު ބޭރުކޮށް، ރިޔާސަތަށް ފަނޑިޔާރު ޝުޖާއު އުސްމާން!

18 ސެޕްޓެމްބަރު 2017 | ހޯމަ 03:37

މައްސަލަައިގެ އަޑުއެހުމެއް މިއަދު 11:15 އަށް ވަނީ ތާވަލުކޮށްފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 18 ސެޕްޓެމްބަރު 2017 | ހޯމަ 03:37
ފަނޑިޔާރު ޝުޖާއު އުސްމާން، މާލެ ވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވީ އާދިއްތަ ދުވަހު

ފަނޑިޔާރު ޝުޖާއު އުސްމާން، މާލެ ވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވީ އާދިއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ބައްލަވަމުންދާ ބެންޗުގެ ރިޔާސަޔަށް ފަނޑިޔާރު ޝުޖާއު އުސްމާން ހަމަޖައްސަވައިފި އެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލަ ކުރިން އޮތީ ހައިކޯޓުގެ ބީ8 ސެކްޝަންގައެވެ. އެހެން ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ނިމިފައި އޮންނަތާ މަހެއްހާ ދުވަސް ފަހުން ހޯމަ ދުވަހުގެ 11:15 އަށް މައްސަލަ ތާވަލުކުރި އިރު މައްސަލަ އޮތީ ބީ6 ސެކްޝަންގައެވެ.

Advertisement - newsAdvertisement

ފާރިސްގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމް އެވެ.

ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ހައިކޯޓުގެ ތާވަލުގައިވާ ގޮތުން ބެންޗުން ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ފަނޑިޔާރު ޝުޖާއު އުސްމާން ފާރިސްގެ މައްސަލަ ބައްލަވާ ބެންޗަށް ހަމަޖައްސަވާފައިވާއިރު، އެމަނިކުފާނު ހުންނެވީ ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރަކަށެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ވަޑައިގެން ހައިކޯޓުގައި މަސައްކަތް ކުރެއްވުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ދަށުން، ތިން ފަނޑިޔާރުން މާލެ ވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވީ އާދިއްތަ ދުވަހު އެވެ.

ފާރިސްގެ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗު ބަދަލުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އަމުރާ ކަމަށް ޚިލާފަށް ކަމަށް ވިދާޅުވެ، އެކަން ހުއްޓުވައި ދިނުމަށް ފާރިސްގެ ވަކީލު މައުމޫން ހަމީދު ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި މައުމޫން ވިދާޅުވީ ބެންޗު އެކުލަވާލާފައި ވަނިކޮށް ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތި ބެންޗަށް ބަދަލު ނުގެނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކުން 2012 ވަނަ އަހަރު ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ފާރިސްގެ މައްސަލަ ބަލާ ބެންޗަށް ބަދަލު ގެނެސްފައި ވަނީ އެ އަމުރާ ޚިލާފަށް ކަމަށް އެ ސިޓީގައިވެ އެވެ.

މައުމޫން ހަވާލާ ދެއްވާފައިވާ ސުޕްރީމް ކޯޓުގެ އަމުރަކީ ބޯޑާ ކޮންޓްރޯލް މައްސަލަ ހައި ކޯޓުން ބަލަމުން ގެންދަނިކޮށް އެ މައްސަލަ ބެލި ބެންޗަށް ބަދަލު ގެނައުމުން ސުޕްރީމް ކޯޓުން އެއިރު ނެރުނު އަމުރެކެވެ.

މައުމޫން އެދިވަޑައިގަންނަވާފައިވަނީ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން، މަތީ ކޯޓުތަކުން ފިޔަވަޅު އެޅުމުގެ ގަވާއިދުގެ ދަށުން އެ މައްސަލާގައި ސުޕްރީމް ކޯޓުން ފިޔަވަޅު އަޅައި، ކުރިން މައްސަލަ ބެއްލެވި ބެންޗުން އެ މައްސަލައިގެ ހުކުމް އިއްވުމަށް އަމުރުކޮށް ދިނުމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފަށް ކުރިން އަމަލުކުރި ފަނޑިޔާރެއްގެ ޝަރުއިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި އަހަރު ކުރީކޮޅު ނިންމިކަން ފާހަގަކޮށް މައުމޫން ވިދާޅުވެފައިވަނީ އެ ނިންމުން ނިންމާފައި ވަނީ ވެސް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅުމުން ކަމަށެވެ. އަދި އެ ފިޔަވަޅު އަޅާފައި ވަނީ އެ ހުށަހެޅުން ހުށަހެޅި ދުވަހު ކަމަށް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.

ފާރިސްގެ މައްސަލާގައި ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިތާ 20 ދުވަސް ވެފައިވާއިރު ވެސް އެކަމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެކަމުގައި އަވަހަށް ގޮތެެއް ނިންމަންޖެހޭނެ ކަމަށް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލައިގައި އެންމެ ފަހުން ހައިކޯޓުގައި އަޑުއެހުމެއް ބާއްވާފައި ވަނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އެ އަޑުއެހުން ނިންމާލާފައިވަނީ މައްސަލައިގައި އިތުރަށް ސާފުކުރާނެ ކަމެށް ނެތް ނަމަ ދެން ބާއްވާނީ ހުކުމް ކުރުމުގެ މަޖިލިސް ކަމަށް އިއުލާނުކުރެއްވުމަށް ފަހުއެވެ.

އޭގެ ފަހުން އެ މައްސަލަ ނިންމުމަށް އޯގަސްޓް 20 ވަނަ ދުވަހަށް ޝަރީއަތް ތާވަލުކުރިއެވެ. އެހެން ނަމަވެސް، ވަކި ސަބަބެއް ހާމަކުރުމެއް ނެތި އެ ދުވަހުގެ އަޑުއެހުން ކޯޓުން ކެންސަލް ކުރިއެވެ.

ހައިކޯޓުން ފާރިސްގެ ބަންދާ މެދު ގޮތެއް ނުނިންމައި މައްސަލަ ދިގުދަންމަމުންދާތީ ވަކީލުންނާއި، ފާރިސްގެ ބައްޕާފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް