Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ.ނަޑެއްލާ

ނަޑެއްލާގެ ގިނަ ރުއްތަކަށް ބައްޔެއް ޖެހި، އެ ރުއްތައް ބަލި ވަނީ

މި މައްސަލައާ ގުޅިގެން އެރަށުގެ ކައުންސިލްގެ ރައީސް އަންޝާއު ވިދާޅުވީ ރަށު ތެރޭގައި ހުރި ގިނަ ރުއްތަކަށް ބަލި ޖެހިފައިވާ ކަމަށާއި، ދުވަސްދުވަހުން މި ބަލި ވަރަށް ބޮޑަށް ރުއްތަކުގައި ފެތުރޭ ކަމަށް. ރުއްތަކުގައި ފެތުރެމުން ދަނީ ހަކުރު ބަލި ނަމަކަށް ކިޔާ ބައްޔެއް ކަމަށާއި، ރުއްތަކުން މި ބަލި ފިލުވުމަށް ބޭސް ޖަހައި ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި. އަދި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ރުއްތައް ސަލާމަތްކުރުމަށް ބޭނުންވާ ބޭސް ހޯދުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމަށް ކައުންސިލުން ވަނީ ނިންމާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 07:36
ގދ. ނަޑެއްލާއަކީ ވަރަށް ރުއްގިނަ ރަށެއް.

ގދ. ނަޑެއްލާއަކީ ވަރަށް ރުއްގިނަ ރަށެއް. | ސޯޝަލް މީޑިއާ

ގދ. ނަޑެއްލާގެ ގިނަ ރުއްތަކަކަށް ބައްޔެއް ޖެހި، އެ ރުއްތައް ބަލިވަމުން އަންނަ މައްސަލައިގައި އެރަށުގެ ރައްޔިތުން ކަންބޮޑުވާން ފަށަައިފިއެވެ.

ރާއްޖެއެމްވީ.އަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުނީ، ރަށުގެ ބިމުން ބޮޑު ބައެއްގައި ހުންނަ ރުއްތަކުގައި ބައްޔެއް ޖަހާފައިވާ ކަމަށް ރުއްތައް ވަރަށް  ބޮޑަށް ބަލި ވެފައިވާ ކަމަށެވެ. މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، އަވަސް ހެއްލެއް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. 

Advertisement - newsAdvertisement

އޭނާ ބުނީ، ރުއްތަކުގައި ބަލި ޖެހުމުގެ ސަބަބުން ކާށި، ކުރުނބާ އެއްޗެހި ލިބުމުގައި ދަތިވެފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އެރަށުގެ ކައުންސިލްގެ ރައީސް މުޙައްމަދު އަންޝާއު ވިދާޅުވީ ރަށު ތެރޭގައި ހުރި ގިނަ ރުއްތަކަކަށް ބަލި ޖެހިފައިވާ ކަމަށާއި، ދުވަސްދުވަހުން މި ބަލި ވަރަށް ބޮޑަށް ރުއްތަކުގައި ފެތުރޭ ކަމަށެވެ. ރުއްތަކުގައި ފެތުރެމުން ދަނީ ހަކުރު ބަލި ނަމަކަށް ކިޔާ ބައްޔެއް ކަމަށާއި، ރުއްތަކުން މި ބަލި ފިލުވުމަށް ބޭސް ޖަހައި ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން މި ރުއްތަކަށް ބަލި ޖެހި ހަލާކުވާ މައްސަލަ ވަރަށް އަވަހަށް ސަރުކާރަށް ހުށަހަޅާނެ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި އަހަރުތަކަކުން ހެދި ބޮޑުވާ އަދި އެތައް އަހަރަކަށް ދެމިގެންދާ މި ބަލިން ރުއް ސަލާމަތް ކުރަން ބޭނުންވާ ކަމަށް ކައުންސިލުން ބުނެ އެވެ. 

ނަޑެއްލާގެ ގިނަ ރުއްތަކަށް ބައްޔެއް ފެތުރެމުންދާއިރު، ރާއްޖޭގެ ބައެއް ރަށްރަށުގެ ރުއްތަކުގައި ދޭތެރެދޭތެރެއިން ބަލި ފެތުރޭ މައްސަލަ ބޮޑުވެގެން ދެ އެވެ.

އެގޮތުން ރުއްތަކުގެ ފަންތަކުގައި ކަޅު ކޫޑި އަޅައި މަޑި ކަހަލަ ސުއިއްޕެއްގެ ސަބަބުން، ރުކުގެ ބޮންތި އެއްކޮށް ހިކި، ރުއްތައް ހަލާކުވެގެން ދެ އެވެ. އޭގެ ސަބަބުން ރުކުގައި އެއްވެސް އެއްޗެއް ނާޅަ އެވެ.

މުޙައްމަދު އަންޝާއުކާށިގދ.ނަޑެއްލާ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2026

މާލެއިން ނަޑެއްލާއަށް ގެންދިޔަ 26 ޓަނުގެ ފެނުގައި މައްސަލަތަކެއް، ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި

25 ފެބުރުއަރީ 2026
މާލެއިން ނަޑެއްލާއަށް ގެންދިޔަ 26 ޓަނުގެ ފެނުގައި މައްސަލަތަކެއް، ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި
30 ނޮވެމްބަރު 2023

ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!

30 ނޮވެމްބަރު 2023
ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!
23 މާރިޗު 2023

އެސްޓީއޯއިން ގެންނަ ކާށި އަންނަ ހަފްތާގައި ލިބެން ހުންނާނެ

23 މާރިޗު 2023
އެސްޓީއޯއިން ގެންނަ ކާށި އަންނަ ހަފްތާގައި ލިބެން ހުންނާނެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު