Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްޤުރުއާން ހިތުދަސްކުރުން

ރުވާންޑާގައި 70،000 ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

މުސްލިމް ވޯލްޑް ލީގުން އެފްރިކާ ބައްރުގައި ހިންގާ ތަޢުލީމީ ޕްރޮގްރާމްތަކަކީ ކަމާބެހޭ ޤައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން، ހަރުކަށި ފިކުރުތަކުން ދަރިވަރުން ސަލާމަތްކުރުމަށް ހިންގާ ނަމޫނާ މަސައްކަތްތަކެއްކަމަށް އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު އަލް-ޢީސާ ވިދާޅުވި. އެމަނިކުފާނު މިހެން ވިދާޅުވީ ޤުރުއާން ހިތުދަސްކުރި ދަރިވަރުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، އެ ޖަމްޢިއްޔާގެ މަރުކަޒުތަކުން އުނގަންނައިދިނުމުގައި ގެންގުޅޭ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން. މި މަސައްކަތުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި ލީޑަރޝިޕް ސިފަތައް އަށަގަނެ، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް އެކުދިން ވެގެންދާކަންވެސް އޭނާ ފާހަގަ ކުރެއްވި.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 18:19
މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް (މ) ރުވާންޑާގައި ބޭއްވި 70،000 ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.

މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް (މ) ރުވާންޑާގައި ބޭއްވި 70،000 ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ. | ސައުދީ ގެޒެޓް

މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް އަދި އޯގަނައިޒޭޝަން އޮފް މުސްލިމް ސްކޮލާސްގެ ޗެއާމަން ފަޟީލަތުއްޝައިޚް ޑޮކްޓަރު މުޙައްމަދު އަލް-ޢީސާ، ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ކީރިތި ޤުރުއާން ހިތުދަސްކުރި 70،000 ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތަކީ ޤުރުއާން ހިތުދަސްކުރި އަންހެން އަދި ފިރިހެން ދަރިވަރުންގެ ޝަރަފުގައި ބޭއްވި ބޮޑު ރަސްމިއްޔާތެކެވެ.

ސަރުކާރުގެ ވަޒީރުންނާއި، އިސް އޮފިޝަލުންނާއި، ދީނީ ޢިލްމުވެރިންގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވި މި ރަސްމިއްޔާތުގައި ދަސްވެނިވީ، މުސްލިމް ވޯލްޑް ލީގުގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ޤައުމުތަކުގައި، ޚާއްޞަކޮށް އެފްރިކާ ބައްރުގެ ޤައުމުތަކުގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ޤުރުއާން ހިތުދަސްކުރި ދަރިވަރުންނެވެ.

މި ރަސްމިއްޔާތު ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ޑރ. އަލް-ޢީސާ ވަނީ، ކީރިތި ޤުރުއާނަށް ޚިދުމަތްކުރުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، ހަރުކަށި ފިކުރުތަކުން ދަރިވަރުން ސަލާމަތްކުރުމަށާއި، އަނިޔާވެރި ޖަމާޢަތްތަކުގެ ނުފޫޒުގެ ދަށަށް އެކުދިން ދިޔަ ނުދީ ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މުސްލިމް ވޯލްޑް ލީގަކީ އުނގަންނައިދީ ތަރުބިއްޔަތުކުރާ ޖަމްޢިއްޔާއެއް،" ކަމަށް ވިދާޅުވަމުން އަލް-ޢީސާ ފާހަގަކުރެއްވީ، އެ ޖަމްޢިއްޔާގެ ހުރިހާ ހަރަކާތްތަކެއް ވެސް ކުރިއަށްގެންދަނީ އެ މަސައްކަތެއް ހިނގާ ޤައުމެއްގެ ސަރުކާރާ ގުޅިގެން، އެ ސަރުކާރެއްގެ ސީދާ ބެލުމުގެ ދަށުން ކަމަށެވެ. އަދި މިއީ އެ ޖަމްޢިއްޔާގެ މަސައްކަތްތައް ބައްޓަންކުރުމުގައި ގެންގުޅޭ އެންމެ އަސާސީ އެއް ޝަރުޠުކަންވެސް އޭނާ ބަޔާންކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި މުދައްރިސުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. މީގެ އިތުރުން، އެ ދަރިވަރުންގެ ތަޢުލީމީ ދަތުރާއި، ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން، ކިޔަވައި ނިމުމަށްފަހު މުޖުތަމަޢުގައި އަދާކުރަމުންދާ އިސް ދައުރުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. 

މުސްލިމް ވޯލްޑް ލީގުޑރ. މުޙައްމަދު އަލް-ޢީސާއޯގަނައިޒޭޝަން އޮފް މުސްލިމް ސްކޮލާސްރުވާންޑާކިގާލީކީރިތި ގުރްއާން

އިތުރަށް ކިޔާލަން

08 އެޕްރީލު 2024

ރުވާންޑާގެ ގަތުލުއާންމުން ސަލާމަތްވި މީހެއްގެ ތަޖުރިބާ، 30 އަހަރު ފަހުން

08 އެޕްރީލު 2024
ރުވާންޑާގެ ގަތުލުއާންމުން ސަލާމަތްވި މީހެއްގެ ތަޖުރިބާ، 30 އަހަރު ފަހުން
08 އެޕްރީލު 2024

ޤަބުރުތަކުގެ ތެރެއިން ހޮވި ޔަތީމު ކުއްޖާގެ ވާހަކަ...

08 އެޕްރީލު 2024
ޤަބުރުތަކުގެ ތެރެއިން ހޮވި ޔަތީމު ކުއްޖާގެ ވާހަކަ...
27 ޖޫން 2022

ރައީސް، ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

27 ޖޫން 2022
ރައީސް، ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
26 ޖޫން 2022

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

26 ޖޫން 2022
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
06 މާރިޗު 2021

ފައިޒަރ ވެކްސިން ޖަހާ އެފްރިކާގެ ފުރަތަމަ ގައުމަކަށް ރުވާންޑާ

06 މާރިޗު 2021
ފައިޒަރ ވެކްސިން ޖަހާ އެފްރިކާގެ ފުރަތަމަ ގައުމަކަށް ރުވާންޑާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު