ރަމަޟާން މަހާ ދިމާކޮށް މަޑިހާ އިން "އެޒުއާ ފްރޮސްޓް" ބްރޭންޑުގެ ފްރޯޒަން ފުރުޓް ޕަލްޕް ތައާރަފުކޮށްފި
ރަމަޟާން މަހާ ދިމާކޮށް މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން "އެޒުއާ ފްރޮސްޓް" ބްރޭންޑުގެ މަތީ ފެންވަރުގެ ފްރޯޒަން ފުރުޓް ޕަލްޕް (ގަނޑުކޮށްފައިވާ މޭވާގެ އޮށްޓަރު) ރާއްޖެއަށް ތައާރަފު ކޮށްފި. މިއީ ރޯދަ ވީއްލުމަށާއި ހާރު ކެއުމަށް ތާޒާ ބުއިންތައް ތައްޔާރު ކުރުމަށް އާއިލާތަކަށް ލިބިގެންދާ ސިއްހީ ގޮތުން ފައިދާހުރި، ފަސޭހަ އަދި އަގުހެޔޮ ޕްރޮޑަކްޓެއް. މަޑިހާ ކޮމްޕެނީއަކީ ރާއްޖޭގައި އެޒުއާ ފްރޮސްޓް އުފެއްދުންތައް ބަހާ ހަމައެކަނި ފަރާތް. މި އުފެއްދުންތައް މާލެ އާއި ހުޅުމާލޭގައި ހުންނަ "އުފަންވެލި" ފިހާރަތަކުން މިހާރު ލިބެން ހުންނާނެ.


ރަމަޟާން މަހާ ދިމާކޮށް މަދީހާ އިން ތައާރަފް ކުރި "އެޒުއާ ފްރޮސްޓް" ބްރޭންޑުގެ ފްރޯޒަން ފުރުޓް ޕަލްޕް | ރާއްޖެއެމްވީ
ރަމަޟާން މަހާ ދިމާކޮށް މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން "އެޒުއާ ފްރޮސްޓް" ބްރޭންޑުގެ މަތީ ފެންވަރުގެ ފްރޯޒަން ފުރުޓް ޕަލްޕް (ގަނޑުކޮށްފައިވާ މޭވާގެ އޮށްޓަރު) ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.
މިއީ ރޯދަ ވީއްލުމަށާއި ހާރު ކެއުމަށް ތާޒާ ބުއިންތައް ތައްޔާރު ކުރުމަށް އާއިލާތަކަށް ލިބިގެންދާ ސިއްހީ ގޮތުން ފައިދާހުރި، ފަސޭހަ އަދި އަގުހެޔޮ ޕްރޮޑަކްޓެކެވެ. މަޑިހާ ކޮމްޕެނީއަކީ ރާއްޖޭގައި އެޒުއާ ފްރޮސްޓް އުފެއްދުންތައް ބަހާ ހަމައެކަނި ފަރާތެވެ. މި އުފެއްދުންތައް މާލެ އާއި ހުޅުމާލޭގައި ހުންނަ "އުފަންވެލި" ފިހާރަތަކުން މިހާރު ލިބެން ހުންނާނެ އެވެ.
އެޒުއާ ފްރޮސްޓްގެ އުފެއްދުންތަކަކީ ސްރީލަންކާގެ "ޓްރޮޕިކަލް ފުރުޓްސް ލެބް" އިން އުފައްދާ ތަކެއްޗެވެ. އެ ކުންފުންޏަކީ ޒަމާނީ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް، މޭވާގެ އަސްލު މާއްދާތައް ބޭނުންކޮށްގެން ތަކެތި އުފެއްދުމާއި ގަނޑުކުރުމުގެ ޓެކްނޮލޮޖީގައި ފާހަގަކޮށްލެވޭ ކުންފުންޏެ ކެވެ. މި ބްރޭންޑުން ކޮލިޓީ ހިފެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަނީ، ދަނޑުވެރިންގެ އަތުން މޭވާ ލިބޭ ހިސާބުން ފެށިގެން ބަންދުކޮށް ގަނޑު ކުރެވެންދެން، މޭވާގެ އަސްލު ރަހަ އާއި އޭގައި ހިމެނޭ ނިއުޓްރިޝަން ނުވަތަ ފައިދާ އެގޮތުގައި ދެމެހެއްޓުމަށެވެ.
އެޒުއާ ފްރޮސްޓް ޕަލްޕްތަކަކީ 100 އިންސައްތަ ގުދުރަތީ މޭވާއިން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެ ކެވެ. މީގައި އެއްވެސް ވަރަކަށް ހަކުރާ، ކެމިކަލް / ޕްރިޒަވޭޓިވްސް، ކަލަރިންގް، ޓޭސްޓް އެންހޭންސަރ ވެސް ނުހިމެނެ އެވެ. މި ބްރޭންޑުގެ ދަށުން ލިބެން ހުރި މޭވާގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
- ކަދުރު ރުކުގެ މޭވާ (ޕަލްމައިރާ)
- ޖަނބުރޯލު (ވުޑްއެޕަލް)
- އާނޯނާ (ސަވަސޮޕް)
- ލުނބޯ (ލައިމް)
- ޕެޝަން ފުރުޓް
- އަނާނަސް (ޕައިންއެޕަލް)
މީގެ ކޮންމެ 1 ކިލޯގެ ޕެކެޓަކުން ގާތްގަނޑަކަށް 12 ތަށި ތާޒާ ޖޫސް ތައްޔާރުކުރެވޭނެ އެވެ. މިއީ ރަމަޟާން މަހަށް ޚާއްސަ ޚަރަދު ކުޑަ ޕްރޮޑަކްޓެކެވެ.
މި ޕަލްޕްތައް ތައްޔާރުކޮށް ގަނޑުކޮށްފައިވަނީ މައިނަސް 18 ޑިގްރީ ސެލްސިއަސްގަ އެވެ. މީގެ ސަބަބުން އޭގެ ގުދުރަތީ ރަހަ އާއި، ވިޓަމިންސް އަދި މިނަރަލްސް އެކުލެވޭ މިންވަރު ހިފެހެއްޓިފައި ހުރެ އެވެ. ކަސްޓަމަރުން ކުރަންޖެހޭނެ ހަމައެކަނި ކަމަކީ، ޕެކެޓުގައިވާ އިރުޝާދާ އެއްގޮތަށް ފެން އެއްކޮށްލުމެވެ. އޭރުން މަދު މިނެޓުކޮޅެއްގެ ތެރޭގައި ތާޒާ ބުއިމެއް ތައްޔާރު ކޮށްލެވޭނެ އެވެ.
ގިނަ ވަގުތު ރޯދައަށް ހުރުމަށްފަހު ހަށިގަނޑަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގައި ގުދުރަތީ ބުއިންތަކުގެ މުހިންމުކަން ސިއްހީ މާހިރުން ފާހަކުރާއިރު އެޒުއާ ފްރޮސްޓް ޕަލްޕް ބޭނުންކޮށްގެން ތައްޔާރުކުރާ ބުއިންތަކުން ލިބޭ ފައިދާތައް ވެސް ވަރަށް ގިނަ އެވެ. ތެރޭގައި ހިމެނެނީ:
- ހަށިގަނޑުން މަދުވި ފެން އަނބުރާ ހޯދައިދީ، ޑީހައިޑްރޭޓްވުމުން ސަލާމަތްކޮށްދިނުން
- މޭވާގައި ހުންނަ ހަކުރުން ހަށިގަނޑަށް ބޭނުންވާ ގުދުރަތީ ހަކަތަ ފޯރުކޮށްދިނުން
- ރޯދަވީއްލުމަށްފަހު ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދިނުން
- ޒަރޫރީ ވިޓަމިންތަކާއި އެންޓިއޮކްސިޑެންޓްސް ފޯރުކޮށްދިނުން
- ހަކުރު ގިނަ ކޯޑިއަލްތަކާއި އާޓިފިޝަލް ބުއިންތަކުގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ބުއިމަކަށްވުން ހިމެނެ އެވެ.
މީގެ ތެރެއިން ޕަލްމައިރާ އާއި ވުޑްއެޕަލް ފަދަ ބާވަތްތަކަކީ ހަށިގަނޑު ފިނިކޮށްދިނުމަށާއި ހަޖަމުކުރުމަށް އެހީތެރިވެދޭ ބާވަތްތަކެއްގެ ގޮތުގައި މި ސަރަހައްދުގައި މަގުބޫލު ބާވަތްތަކެކެވެ. އަދި ލުނބޯ އާއި ޕެޝަން ފުރުޓަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ބާވަތްތަކެކެވެ.
އާންމު ގޭބިސީތަކުގެ އިތުރުން، އެޒުއާ ފްރޮސްޓް އުފެއްދުންތަކަކީ މިސްކިތްތަކާއި، އޮފީސްތަކާއި، ކެފޭ، ރެސްޓޯރެންޓް އަދި ރިސޯޓުތަކަށް ވެސް ވަރަށް އެކަށީގެންވާ އުފެއްދުމެކެވެ. ގިނަ އަދަދަކަށް ބުއިންތައް ތައްޔާރުކުރަންޖެހޭ މިފަދަ ތަންތަނުގައި، މި ޕަލްޕް ބޭނުންކުރުމުން ތައްޔާރުކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، އިސްރާފު މަދުވެ، އަދި މުޅި މަސް ދުވަހު އެއް ރަހައެއްގައި ބުއިންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދެ އެވެ.
ރަމަޟާން މަހުގެ ކުރިން މި އުފެއްދުންތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މަަޑިހާ ކޮމްޕެނީން ވަނީ މާލެ އާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަތަކުގެ ހުރިހާ އައުޓްލެޓްތަކަކުން އެޒުއާ ފްރޮސްޓް ލިބޭނެ ގޮތް ހަދާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފިހާރަތަކުން ވެސް މި އުފެއްދުންތައް ލިބޭނެ ގޮތް ހެދުމަށް ވަނީ ރޭވިފަ އެވެ.
ސިއްހަތަށް ފައިދާހުރި ކާނާ އާއި ގުދުރަތީ އުފެއްދުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އެޒުއާ ފްރޮސްޓް ވެގެންދާނީ ރަމަޟާން މަހުގެ ސުފުރާތަކަށް އިތުބާރުހުރި، ފައިދާހުރި، އަދި މޭވާގެ އަސްލު ރަހަ ގެނެސްދޭނެ ބައިވެރިއަކަށެވެ.







