Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ކައުންސިލަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިޔައީ އެކަކު

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމުގެ ގުރުއަތުލުން މުޅި ރާއްޖޭގައި ބާއްވައިފިއެވެ. ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން މި އިންތިޚާބުގައި ވާދަކުރާ ޖުމްލަ ކެންޑިޑޭޓުންގެ އަދަދު މިހާރު ވަނީ 2،962 އަށް މަދުވެފައެވެ. އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އިޢުލާނުކުރުމަށް ހަމަޖެހިފައިވާއިރު، އޭޕްރީލް މަހު ބާއްވާ މި އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 10:16
މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މިހާރުގެ ވެސް މާލޭގެ މޭޔަރ އާދަމް އާޒިމް ކެންޑިޑޭޓް ނަންބަރު ނެންގެވުމަށްފަހު ނަންބަރު ދައްކާލައްވަނީ - ފެބްރުއަރީީ 12، 2026.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މިހާރުގެ ވެސް މާލޭގެ މޭޔަރ އާދަމް އާޒިމް ކެންޑިޑޭޓް ނަންބަރު ނެންގެވުމަށްފަހު ނަންބަރު ދައްކާލައްވަނީ - ފެބްރުއަރީީ 12، 2026. | ސޯޝަލް މީޑިއާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އެކަކުގެ ނަން އަނބުރާ ގެންދިޔަ އިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން 31 ކެންޑިޑޭޓުން ގެ ނަން އަނބުރާ ގެންގޮސްފި އެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ބުރާސްފަތި ދުވަހު އޮތް ނަންބަރު ތަރުތީބުކުރުމާ ހަމައަށް ވަނީ ބަންދު ވެފަ އެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތު ނެގުން ބުރާސްފަތި ދުވަހު ހެނދުނ 10:00ން ފެށިގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ގުރުއަތު ނެގުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށްދިޔައީ އެއް ވަގުތެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ފުރަތަމަ ހުށަހެޅި ނަމަވެސް 32 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުން ޖުމްލަ ކެންޑިޑޭޓުންގެ އަދަދު 2،962 ށް ވަނީ މަދުވެފަ އެވެ.

ކެންޑިޑޭޓް ނަންބަރާ އެކު ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަން އިން ރަސްމީކޮށް އިޢުލާނު ކުރާނީ ހޮނިހިރު ދުވަހު އެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާ އިރު، އަންހެނުންގެ ކޮމިޓީތަކަށް ވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަ ޖެހިފަ އެވެ. 

އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެ އެވެ.

ލޯކަލް ކައުންސިލްތައްއިލެކްޝަންސް ކޮމިޝަންއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީސިޓީ ކައުންސިލްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

މޭޔަރު އާޒިމް މެމްބަރު ސައުދާ އަށް: ﷲ ގަންދީ ހުވައި ކޮށްގެން ހުންނަވާ، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ނުހައްދަވާ!

11 ފެބުރުއަރީ 2026
އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

އީސީން އާއްމު ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރޭ، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް: އެމްޑީޕީ

11 ފެބުރުއަރީ 2026
ކައުންސިލް، ޑަބްލިޔުޑީސީ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން ބުރާސްފަތި ދުވަހު

ކައުންސިލް، ޑަބްލިޔުޑީސީ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން ބުރާސްފަތި ދުވަހު

11 ފެބުރުއަރީ 2026
ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

10 ފެބުރުއަރީ 2026
 ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް

ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު