Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ލިއޯ ގްރޫޕް

ލިއޯ ގްރޫޕް ގެ ވޮލީ މުބާރާތަށް ބޮޑު ތަރުހީބެއް، ފައިނަލް މެޗް މިރޭ!

ލިއޯ ގްރޫޕުން އިންތިޒާމް ކޮށްގެން ބާއްވާ ވޮލީ ލީގް 2026 ގައި ލިއޯ ގްރޫޕުގެ ދަށުން ހިންގާ ދިހަ ކުންފުނި ބައިވެރިވާއިރު، ސެމީ ފައިނަލް އަދި ފައިނަލް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަ. މި ފަދަ މުބާރާތްތައް ކުރިއަށް އޮތް ތަނުގައި ވެސް ބާއްވައި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމަށް މަސައްކަތް ކުރާނެ ކަމަށް ލިއޯ ގްރޫޕުން ބުނެފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 12:56
ލިއޯ ގްރޫޕުން އިންތިޒާމް ކޮށްގެން ބާއްވާ ލިއޯ ގްރޫޕް ވޮލީ ލީގް 2026'

ލިއޯ ގްރޫޕުން އިންތިޒާމް ކޮށްގެން ބާއްވާ ލިއޯ ގްރޫޕް ވޮލީ ލީގް 2026' | ލިއޯ ޓްރޭޑިންގ

ލިއޯ ގްރޫޕުން އިންތިޒާމް ކޮށްގެން ބާއްވާ ލިއޯ ގްރޫޕް ވޮލީ ލީގް 2026' އަށް ބޮޑު ތަރުހީބެއް ލިބިފައިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިވާ ކަމަށާ ފައިނަލް މެޗް އޮންނާނީ ހޮނިހިރު ދުވަހު ގެ ރޭ 09:00 ގައި ކަމަށް އެ ގްރޫޕުން ބުނެފި އެވެ.

ލިއޯ ގްރޫޕުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މަގްސަދަކީ މުވައްޒަފުންގެ މެދުގައި ޓީމްވޯކް އިތުރުކުރުމާ ލީޑަރޝިޕް ހުނަރުތައް ދިރުވައި އާލާކޮށް ހުރިހާ މުވައްޒަފުންގެ ސިއްހަތަށް ވެސް ފައިދާވާ ގޮތަށް ވާދަވެރި އެހެނަސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭ ގޮތަށް އިންތިޒާމް ކޮށްފައިވާ މުބާރާތެއް ކަމަށް އެ ގްރޫޕުން ވަނީ ބުނެފަ އެވެ. 

ލިއޯ ގްރޫޕުން ބުނީ މި ލީގުގައި ލިއޯ ގްރޫޕުގެ ދަށުން ހިންގާ ދިހަ ކުންފުންޏެއް ބައިވެރިވާ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ލިއޯ ޓްރޭޑިންގ، ލިއޯ ސްޓޯރސް އެންޑް ސަޕްލައި، ސާސް ކޮންސްޓްރަކްޝަން، ބްރެއިން ކޯރަލް، އީއެލްއެސް ލިއޯ، މެގްނެޓްރޯން މޯލްޑިވްސް، ވަރޓިކަލް ސޮލިއުޝަންސް، ލަޔަން އޭޖެންސީ، ފަން އަޒުލް އަދި އެސްއެސްއެޗްއީ (ސާވޭއިން ސަލްވޭޖް އެންޑް ހެވީ އިކުއިޕްމަންޓް) ހިމެނެ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް، ފައިނަލް އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ގަ އެވެ. މި ހަފްލާ ޝަރަފުވެރި ކޮށްދެއްވުމަށް ހަމަޖެހިފައިވާނީ ސްޕޯޓްސް މިނިސްޓްރީގެ ނައިބު އަސްލަމް ރަހާ ގެ އިތުރުން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް އައިދާ އަބްދުލް ހަކީމެވެ.

ލިއޯ ގްރޫޕުން ބުނެފައިވާ ގޮތުގައި، މުވައްޒަފުންގެ ސިއްހަތާއި ކުޅިވަރަށް އިސްކަންދީ، ހަރަކާތްތެރި ދިރިއުޅުމެއް ކުރިއަށް ގެންދިއުމަށް މި ފަދަ މުބާރާތްތައް ކުރިއަށް އޮތް ތަނުގައި ވެސް ބޭއްވުމަށް އެ ގްރޫޕުން މަސައްކަތް ކުރާނެ އެވެ. މި ލީގުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިވެ، މަސައްކަތުގެ މާހައުލު އިތުރަށް ރަނގަޅުވާނެކަމަށް ލިއޯ ގްރޫޕުން އުއްމީދު ކުރާ ކަމަށް ވެސް ބުނެފައި ވެ އެވެ.

ލިއޯ ގްރޫޕްލިއޯ ގްރޫޕް ވޮލީ ލީގް 2026ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ފައިދާ އެއް ނަގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ، ވޮލީ ކޯޗު ސޮފްވާން ގެ މައްސަލައެއް ފުލުހުން ބަލަނީ

ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ފައިދާ އެއް ނަގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ، ވޮލީ ކޯޗު ސޮފްވާން ގެ މައްސަލައެއް ފުލުހުން ބަލަނީ

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު