Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓީއޯ

އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގެ އާމްދަނީ 4.14 ބިލިއަން ރުފިޔާ އަށް

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުންޏަށް 4.14 ބިލިއަން ރުފިޔާގެ އާމްދަނީއާއި 244 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވޭ. މުޅި އަހަރަށް ބަލާއިރު 15.5 ބިލިއަން ރުފިޔާގެ އާމްދަނީއާއި 762 މިލިއަން ރުފިޔާގެ ސާފު ފައިދާ ރިކޯޑު ކުރެވިފައިވޭ.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 11:26
އެސްޓީއޯގެ މެނޭޖަރުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭއްވި ސެޝަނެއްގެ ތެރެއިން.

އެސްޓީއޯގެ މެނޭޖަރުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭއްވި ސެޝަނެއްގެ ތެރެއިން. | އެސްޓީއޯ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓަށް ބަލާއިރު، އެ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 4.14 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 8 އިންސައްތައިގެ ކުރިއެރުމެކެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ.

މީގެ އިތުރުން، ހަތަރުވަނަ ކުއާޓަރުގައި ކުންފުނީގެ ޖުމްލަ ފައިދާ (ގްރޮސް ޕްރޮފިޓް) ވަނީ ކުރީ ކުއާޓަރާ އަޅާބަލާއިރު 11 އިންސައްތަ އިތުރުވެފަ އެވެ. 

Advertisement - businessAdvertisement

ނިމިދިޔަ ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 244 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 186 މިލިއަން ރުފިޔާއާ އަޅާބަލާއިރު ކުރިއެރުމެއްކަން ފާހަގަ ކުރެވެ އެވެ.

މުޅި އަހަރަށް ބަލާއިރު، އެސްޓީއޯއަށް 15.5 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 762 މިލިއަން ރުފިޔާ ވަނީ ރިކޯޑު ކުރެވިފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ކުޑަ ކުރިއެރުމެއް ކަން ފާހަގަ ކުރެވެ އެވެ.

ހަތަރުވަނަ ކުއާޓަރު ނިމުނުއިރު އެސްޓީއޯގެ ޖުމްލަ އެސެޓްސް ހުރީ 14.18 ބިލިއަން ރުފިޔާގަ އެވެ. އަދި ކުންފުނީގެ ރައުސްމާލު (އިކުއިޓީ) އަކީ 5.62 ބިލިއަން ރުފިޔާ އެވެ. މި މުއްދަތުގައި ކުންފުނީގެ ލިކުއިޑިޓީ ނުވަތަ ނަގުދު ފައިސާގެ ތަނަވަސްކަން ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން 'ކަރަންޓް ރޭޝިއޯ' ކުރީ ކުއާޓަރުގައި ހުރި 1.22 އިން 1.48 އަށް ވަނީ މަތިވެފަ އެވެ. އަދި ވިޔަފާރީގެ މުއާމަލާތްތަކަށް ބޭނުންވާ ފައިސާ ނުވަތަ 'ވޯކިންގ ކެޕިޓަލް' 3.16 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވެ އެވެ.

ހުސްވި އަހަރުގެ ފަހު ކުއަރޓާ ނިމުނު އިރު ކުންފުނިން ނަގާފައިވާ ޖުމްލަ ދަރަނި އިތުރުވުމާ ގުޅިގެން 'ޑެޓް ޓު އިކުއިޓީ ރޭޝިއޯ' 1.52 އަށް މައްޗަށް ގޮސްފައިވާ ކަން ފާހަގަ ކުރެވެ އެވެ. 

ކުންފުނީގެ ކޭޝް ފްލޯ ނުވަތަ ފައިސާ ދައުރުވާ ގޮތަށް ބަލާއިރު، ހިންގުމުގެ ދާއިރާއިން (އޮޕަރޭޓިންގ އެކްޓިވިޓީސް) 139 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވެ އެވެ. ހަމަ އެއާ އެކު، މާލީ އެސެޓްތަކަށާއި ބޮޑެތި މަޝްރޫޢުތަކަށް ކުރި އިންވެސްޓްމަންޓްތަކާއެކު، އިންވެސްޓްމަންޓް ކޭޝް އައުޓްފްލޯ ވަނީ 642 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ނަމަވެސް، ލިބުނު 802 މިލިއަން ރުފިޔާ އާ އެކު، ކުއާޓަރު ނިމުނުއިރު ކުންފުނީގެ އަތުގައި ހުރި ނަގުދު ފައިސާގެ މިންވަރު ވަނީ 222 މިލިއަން ރުފިޔާގަ އެވެ.

ހިއްސާގެ ބާޒާރުގައި އެސްޓީއޯގެ ހިއްސާގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ހަތަރުވަނަ ކުއާޓަރުގައި ހިއްސާއެއްގެ އަގު އުޅުނީ 1,671 ރުފިޔާއާއި 1,900 ރުފިޔާއާ ދެމެދުގަ އެވެ. އަދި ކުއާޓަރު ނިމުނުއިރު ހިއްސާއެއްގެ އަގު ހުރީ 1,800 ރުފިޔާގަ އެވެ. ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން ގާތްގަނޑަކަށް 2.03 ބިލިއަން ރުފިޔާގައި ހުރިއިރު، ހިއްސާއަކަށް ޖެހޭ ފައިދާ (އަރނިންގްސް ޕަރ ޝެއަރ) ވަނީ 217 ރުފިޔާއަށް އުފުލިފަ އެވެ. ކުންފުނީގެ ފައިދާ އިތުރުވުމާ ގުޅިގެން 'ޕްރައިސް އަރނިންގްސް ރޭޝިއޯ' ވަނީ 8.29 އަށް ދަށްވެފަ އެވެ. މީގެ އިތުރުން، ކުރީގެ ކުއާޓަރުތަކާ އަޅާބަލާއިރު ހިއްސާގެ މުއާމަލާތްތައް ކުރި މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ. 

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
އެކްސްޕޯޓް، އިމްޕޯޓްގެ އާމްދަނީ އިތުރުވެއްޖެ

އެކްސްޕޯޓް، އިމްޕޯޓްގެ އާމްދަނީ އިތުރުވެއްޖެ

08 ސެޕްޓެމްބަރު 2017
ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

07 ސެޕްޓެމްބަރު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު