Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕާސްޕޯޓް

2026 ވަނަ އަހަރު ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުތައް

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ އެންމެ ފަހުގެ ރިޕޯޓުގައި ސިންގަޕޫރު އެއްވަނައިގައި އޮތްއިރު ޖަޕާނާއި ދެކުނު ކޮރެއާ އޮތީ ދެވަނައި ގައި. ސިންގަޕޫރު ޕާސްޕޯޓުގައި 192 މަންޒިލަކަށް ވިސާ އާ ނުލައި ދަތުރުކުރެވޭ އިރު ޖަޕާނާއި ދެކުނު ކޮރެއާ ޕާސްޕޯޓުގައި 188 މަންޒިލަކަށް ދަތުރުކުރެވޭ.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 16:31
އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އޮފިސަރަކު ޕާސްޕޯޓު ޗެކް ކުރަނީ

އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އޮފިސަރަކު ޕާސްޕޯޓު ޗެކް ކުރަނީ | ގެޓީ އިމޭޖަސް

އެއް ގައުމަކުން އަނެއް ގައުމަކަށް ދަތުރުކުރުމުގައި އެއްވެސް ހުރަހަކާ ނުލައި، ބޯޑަރު ކޮންޓްރޯލްތަކުން އަވަހަށް ނުކުމެގެން ދިއުމުގެ ފުރުސަތު ލިބިގެންދަނީ ދުނިޔޭގެ މަދު ޕާސްޕޯޓުތަކަކަށެވެ.

'ހެންލީ ޕާސްޕޯޓް އިންޑެކްސް' ގެ އެންމެ ފަހުގެ ރިޕޯޓް ބުނާގޮތުން، ދުނިޔޭގެ އެންމެ ބާރުގަދަ ތިން ޕާސްޕޯޓަކީ އޭޝިއާގެ ތިން ގައުމެއްގެ ޕާސްޕޯޓެވެ. އެއީ އެއްވަނައިގައި އޮތް ސިންގަޕޫރާއި، ދެވަނައިގައި ހަމަހަމަކޮށް އޮތް ޖަޕާނާއި ދެކުނު ކޮރެއާ އެވެ.

ލަންޑަނުގައި ހުންނަ 'ހެންލީ އެންޑް ޕާޓްނާސް' އިން އެކުލަވާލާ މި އިންޑެކްސްގައި، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ މައުލޫމާތުތަކަށް ބަލާއިރު، ސިންގަޕޫރުގެ ރައްޔިތުންނަށް ދުނިޔޭގެ 227 މަންޒިލްގެ ތެރެއިން 192 މަންޒިލަކަށް ވިސާއާ ނުލައި ދަތުރުކުރެވެ އެވެ. ޖަޕާނާއި ދެކުނު ކޮރެއާއަށް 188 މަންޒިލަކަށް ވިސާއާ ނުލައި ދަތުރުކުރެވޭއިރު، އެ ގައުމުތައް އޮތީ ތާވަލުގެ ދެވަނައިގަ އެވެ.

މި އިންޑެކްސްގައި އެއްވަރަކަށް ޕޮއިންޓް ލިބޭ ގައުމުތައް ގުނަނީ އެއް ރޭންކެއްގަ އެވެ. އެގޮތުން ތިންވަނަ މަގާމުގައި ވިލާތުގެ ފަސް ގައުމެއް ހިމެނެ އެވެ. އެއީ ޑެންމާކް، ލަގްޒެމްބާގް، ސްޕެއިން، ސްވިޑަން އަދި ސްވިޒަލޭންޑެވެ. މި ގައުމުތަކަށް 186 މަންޒިލަކަށް ވިސާއާ ނުލައި ދަތުރުކުރެވެ އެވެ.

ހަތަރުވަނަ މަގާމުގައި ވެސް އޮތީ މުޅިން ވެސް ވިލާތުގެ ގައުމުތަކެވެ. އެއީ 185 މަންޒިލާއެކު އޮސްޓްރިއާ، ބެލްޖިއަމް، ފިންލޭންޑް، ފްރާންސް، ޖަރުމަނު، ގްރީސް، އަޔަލޭންޑް، އިޓަލީ، ނެދަލޭންޑްސް އަދި ނޯވޭ އެވެ. ފަސްވަނަ މަގާމުގައި 184 މަންޒިލާއެކު ހިމެނެނީ ހަންގޭރީ، ޕޯޗުގަލް، ސްލޮވާކިއާ، ސްލޮވީނިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.

ޔޫއޭއީ އަކީ މި އިންޑެކްސްގެ 20 އަހަރުވީ ތާރީޚުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ގައުމެވެ. 2006 ވަނަ އަހަރާ އަޅާބަލާއިރު އެ ގައުމުން ވަނީ ވިސާއާ ނުލައި ދަތުރުކުރެވޭ 149 މަންޒިލެއް އިތުރުކޮށް، ތާވަލުގެ 57 ދަރަޖަ މައްޗަށް ޖެހިލާފަ އެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މިއީ އެ ގައުމުގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރުމާއި ވިސާގެ އުސޫލުތަކަށް ގެނައި ލުއިތަކުގެ ނަތީޖާ އެވެ.

ހަވަނަ މަގާމުގައި ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، އެސްޓޯނިއާ، މޯލްޓާ، ނިއުޒީލޭންޑް އަދި ޕޮލެންޑް އޮތްއިރު، އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް އޮތީ ހަތް ވަނަ މަގާމުގަ އެވެ. ނަމަވެސް އިނގިރޭސިވިލާތަކީ މިދިޔަ އަހަރާ އަޅާބަލާއިރު އެންމެ ބޮޑު ދަށަށްދިޔުމެއް އައި ގައުމެވެ. މިހާރު އެ ގައުމަށް ވިސާއާ ނުލައި ދަތުރުކުރެވެނީ 182 މަންޒިލަށެވެ. މިއީ މިދިޔަ އަހަރަށްވުރެ 8 މަންޒިލް މަދު އަދަދެކެވެ.

ކެނެޑާ، އައިސްލޭންޑް އަދި ލިތުއޭނިއާ އަށް ވަނައިގައި އޮތްއިރު، މެލޭޝިއާ އޮތީ ނުވަވަނައިގަ އެވެ. އެމެރިކާ އަލުން ދިހަ ވަނަ މަގާމަށް ރުޖޫއަވެފައިވީ ނަމަވެސް، މިއީ އެ ގައުމުގެ ޕާސްޕޯޓަށް ލިބުނު ބޮޑު ކުރިއެރުމެއް ނޫނެވެ. ސަބަބަކީ އެއް މަގާމެއްގައި ގިނަ ގައުމުތަކެއް ހިމެނޭތީ، އެމެރިކާ އަށް ވުރެ މަތީގައި މިހާރު ވެސް 37 ގައުމެއް އެބައޮތެވެ.

ޕާސްޕޯޓެއްގެ ބާރުގަދަވުމަކީ އެ ގައުމެއްގެ ސިޔާސީ ހަމަޖެހުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އޮތް އިތުބާރު ރަމްޒުކޮށްދޭ ކަމެކެވެ.

މި އިންޑެކްސްގެ އެންމެ ފުލުގައި، 101 ވަނަ މަގާމުގައި އޮތީ އަފްޣާނިސްތާނެވެ. އެ ގައުމަށް ވިސާއާ ނުލައި ދަތުރުކުރެވެނީ އެންމެ 24 މަންޒިލަށެވެ. ސީރިއާ 100 ވަނައިގައި (26 މަންޒިލް) އޮތްއިރު އިރާގު އޮތީ 99 ވަނައިގަ އެވެ (29 މަންޒިލް). މި ތަފާތުން ދައްކައިދެނީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ދަތުރުފަތުރުގެ މިނިވަންކަން އޮތް ބޮޑު ފަރަގެވެ.

މި އިންޑެކްސް ގައި ދިވެހިރާއްޖެ ހިމެނެނީ 52 ވަނައިގަ އެވެ. ހުސްވި އަހަރު ރާއްޖެ އޮތީ 53 ވަނައިގަ އެވެ.

2026 ވަނަ އަހަރު ދުނިޔޭގެ އެންމެ ބާރުގަދަ 10 ޕާސްޕޯޓް:

  1. ސިންގަޕޫރު (192 މަންޒިލް)
  2. ޖަޕާން، ދެކުނު ކޮރެއާ (188 މަންޒިލް)
  3. ޑެންމާކް، ލަގްޒެމްބާގް، ސްޕެއިން، ސްވިޑަން، ސްވިޒަލޭންޑް (186 މަންޒިލް)
  4. އޮސްޓްރިއާ، ބެލްޖިއަމް، ފިންލޭންޑް، ފްރާންސް، ޖަރުމަނު، ގްރީސް، އަޔަލޭންޑް، އިޓަލީ، ނެދަލޭންޑްސް، ނޯވޭ (185 މަންޒިލް)
  5. ހަންގޭރީ، ޕޯޗުގަލް، ސްލޮވާކިއާ، ސްލޮވީނިއާ، ޔޫއޭއީ (184 މަންޒިލް)
  6. ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، އެސްޓޯނިއާ، މޯލްޓާ، ނިއުޒީލޭންޑް، ޕޮލެންޑް (183 މަންޒިލް)
  7. އޮސްޓްރޭލިއާ، ލެޓްވިއާ، ލީކްޓެންސްޓައިން، އިނގިރޭސިވިލާތް (182 މަންޒިލް)
  8. ކެނެޑާ، އައިސްލޭންޑް، ލިތުއޭނިއާ (181 މަންޒިލް)
  9. މެލޭޝިއާ (180 މަންޒިލް)
  10. އެމެރިކާ (179 މަންޒިލް)
ހެންލީ ޕާސްޕޯޓް އިންޑެކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

13 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު