Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނެށުމުގެ ރާނީ

އުމުރުން 105 އަހަރު ވެފައިވާ "ނެށުމުގެ ރާނީ" އަށް އެތައް ބައެއްގެ ސަމާލުކަން

11 ޖެނުއަރީ 2026 | އާދީއްތަ 06:47

1921 ވަނަ އަހަރު އުފެންވެފައިވާ އެލްސީ ވިލްކިންސް އަށް، ނެށުމުގެ ރާނީގެ ނަން ދީފައި ވަނީ ޕީޓަބަރޯގެ ހެމްޕްޓަންގައި ހުންނަ ކެއާ ހޯމްގެ މުވައްޒަފުން. އެ ނަން އެލްސީ އަށް ދީފައި ވަނީ، އެންމެ ކުރިން ފެށިގެން ވެސް ނެށުމަށް އޭނާގެ ހިތުގައި އޮންނަ ލޯތްބެއްގެ ސަބަބުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖެނުއަރީ 2026 | އާދީއްތަ 06:47
އުމުރުން 105 އަހަރުގެ އެލްސީ އޭނާގެ އުފަން ދުވަހު ނަށާލަނީ

އުމުރުން 105 އަހަރުގެ އެލްސީ އޭނާގެ އުފަން ދުވަހު ނަށާލަނީ | ބީބީސީ

ނެށުމުގެ ރާނީގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 105 އަހަރުގެ އަންހެނަކު، އޭނާގެ އުފަންދުވަހުގައި ނަށާ މަންޒަރު ފެންނަ ވީޑިއޯ އަކަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. 

1921 ވަނަ އަހަރު އުފެންވެފައިވާ އެލްސީ ވިލްކިންސް އަށް، ނެށުމުގެ ރާނީގެ ނަން ދީފައި ވަނީ ޕީޓަބަރޯގެ ހެމްޕްޓަންގައި ހުންނަ ކެއާ ހޯމްގެ މުވައްޒަފުންނެވެ. އެ ނަން އެލްސީ އަށް ދީފައި ވަނީ، އެންމެ ކުރިން ވެސް ފެށިގެން ނެށުމަށް އޭނާގެ ހިތުގައި އޮންނަ ލޯތްބެއްގެ ސަބަބުންނެވެ. 

މިދިޔަ ހަފުތާގެ ބުދަ ދުވަހު ކެއާ ހޯމްގައި ވަނީ އޭނާގެ އުފަން ދުވަސް ފާހަގަ ކޮށްފަ އެވެ. އެ ޙަފްލާގައި އެލްސީ ބުނެފައި ވަނީ، މިހާރު އޭނާ އުމުރުން ވަރަށް ދުވަސް ވެފައިވާ ކަމަށެވެ. އެކަމަކު، އަދި ވެސް މިއުޒިކްގެ އަޑު އިވޭ ކޮންމެ ފަހަރަކު، ކުޑަކޮށް ނަށާލާ ކަމަށް އޭނާ ބުންޏެވެ. އެލްސީ ބުނީ މީގެ ކުރިން އޭނާ ނެށި ގޮތަށް މިހާރު ނުނެށޭ ކަމަށާއި، އެކަމަކު އަދި ވެސް ކުޑަކޮށް ނަށާލެވޭ ކަމަށެވެ. 

ކެއާ ހޯމްގެ މެނޭޖަރު ޖެކޮލިން އެންޒަރާ ވުނީ، އެލްސީ އަކީ ނެށުމަށް ވަރަށް ބޮޑަށް ލޯބި ކުރާ މީހެއް ކަމަށެވެ. އެގޮތުން އެއްވެސް ކަހަލަ މިއުޒިކެއް ޖަހައިފި ނަމަ، ނުވަތަ މިއުޒިކެއްގެ އަޑު އިވިއްހެ ނަމަ، އެލްސީ ތެދުވެ ނަށާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ތަނުގައި ތިބޭ އެހެން މީހުން ވެސް ނެށުމުގައި ބައިވެރިވުމަށް ހިތްވަރު ދޭނެ ކަމަށް އެންޒަރާ ބުނެފައިވެ އެވެ.

އެލްސީގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި އޭނާގެ އާއިލާ މެމްބަރުން ވެސް ބައިވެރިވެފައިވެ އެވެ. އެގޮތުން އެލްސީގެ ހަތަރު ދަރިންނާއި، ނުވަ މާމަ ދަރިން އަދި 19 މުނި މާމަ ދަރިން ވަނީ ބައިވެރިވެފަ އެވެ. މިއަހަރުގެ ތެރޭގައި އެލްސީ އަށް މާމަ ކިޔާ ތިން ކުދިން ލިބޭނެ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. 

އުފަން ދުވަހުގެ ހަފްލާ އަށް ފަހު އެލްސީ ބުނީ، ކުރިއާ އަޅާ ބަލާއިރު ހެލި ފެލިވެ އުޅުމަށް މިހާރު އޭނަ އަށް ވަރަށް ބޮޑަށް އުނދަގޫ ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިއުޒިކްގެ އަޑު އިވޭ ކޮންމެ ފަހަރަކު ތެށުވެ ނަށާލާނެ ކަމަށް އޭނާ ބުންޏެވެ. އެލްސީ ބުނީ، އެއީ އޭނާ ވަރަށް ބޮޑަށް ލޯބި ކުރާ ކަމެއް ކަމަށާއި، އެކަން ދޫކޮށް ނުލާނެ ކަމަށެވެ. 

އެލްސީ އުފަން ވެފައި ވަނީ ލަންޑަންގެ ހަކްނޭގަ އެވެ. އޭނާ ދިރި އުޅެމުން ގެންދަނީ އޭނާގެ ތިން ބޭބެ އާއި ހަތަރު ދައްތައާ އެކު އެވެ. އެލްސީގެ އުމުރުން 18 އަހަރުގައި ވަނީ، އޭނާގެ ފިރިމީހާ ވިލިއަމްއާ ބައްދަލުވެފަ އެވެ. އޭގެ ފަހުން އެލްސީ ވަނީ ފިރިހެނުންގެ ޓީ ޝާޓު އުފެއްދުމުގެ މަސައްކަތް ކުރާ ފެކްޓަރީއެއްގައި މަސައްކަތް ކޮށްފަ އެވެ. 

އޭގެ ފަހުން 1985 ވަނަ އަހަރު އެލްސީ ވަނީ މަސައްކަތުން ރިޓަޔާވުމަށް ފަހު، ޕީޓަބަރޯ އަށް ބަދަލުވެފަ އެވެެ. އެކަމާ ގުޅޭ ގޮތުން އެލްސީގެ ދަރިފުޅު ސޫ ކޯ ބުނެފައި ވަނީ، އެލްސީ އުމުރުން ދުވަސް ވުމުން ހުރިހާ ކަމެއް ފަސޭހަ އިން ކޮށްދޭން ބޭނުންވި ކަމަށެވެ. ޒުވާން އުމުރުގައި އެލްސީ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރުމުގައި އުޅުނު މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ. 

އެލްސީއާ ގުޅޭ ގޮތުން އޭނާގެ ހުރިހާ ދަރިން ވެސް ބުނެފައި ވަނީ، އޭނާ އަކީ އަބަދު ވެސް މިއުޒިކަށް ވަރަށް ލޯބި ކުރާ މީހެއް ކަމަށެވެ.

އެލްސީ ވިލްކިންސްޣައްޒާގެ ކުޑަކުދިންގެ ބްރޭކްޑާންސްލުބްނާންގެ ނެށުންތެރިއާ އަމީން ބެއިތަމޫނީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

27 އެޕްރީލު 2017
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ
16 އެޕްރީލު 2017

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!
07 އެޕްރީލު 2017

22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

07 އެޕްރީލު 2017
 22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ
01 އެޕްރީލު 2017

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!
21 މާރިޗު 2017

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ
19 މާރިޗު 2017

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
13 ޖެނުއަރީ 2017

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

13 ޖެނުއަރީ 2017
އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް