2025 ވަނަ އަހަރުގެ އެންމެ އިތުބާރުހުރި އެއަރޕޯޓަށް އިސްތަންބޫލު އެއަރޕޯޓް، އެންމެ ފަރުވާތެރި އެއަރލައިން އަކަށް ގަތަރު އެއަރވޭސް
ސީރިއަމް އިން ނެރުނު ރިޕޯޓުގައި 2025 ވަނަ އަހަރުގެ ގަޑިއަށް ފަރުވާތެރިވުމުގައި ޕްލެޓިނަމް އެވޯޑް ހާސިލް ކުރީ އިސްތަންބޫލް އެއާޕޯޓާއި ގަތަރު އެއާވޭސް އެވެ. އިސްތަންބޫލް އެއާޕޯޓުން 80.72 އިންސައްތަ ދަތުރުތައް ގަޑިއަށް ނިންމައި، ހިންގުންތެރިކަމާއި މައްސަލަތައް ހައްލުކުރުމުގައި މޮޅު ނަތީޖާ ހާސިލްކުރި. ގަތަރު އެއާވޭސް އިން 84.42 އިންސައްތަ ފްލައިޓުތައް ގަޑިއަށް ނިންމައި، ސިޔާސީ އަދި މޫސުމީ ދަތިތަކާއެކު ވެސް ރަނގަޅު ނަތީޖާ އެއް ވަނީ ހޯދާފައި.

އެއްފަހަރާ ތިން މަތިންދާބޯޓު އޮޕަރޭޓް ކުރެވޭނެ ތިން ރަންވޭގެ ޚިދުމަތް އިސްތަންބޫލު އެއަރޕޯޓުގައި ފެށީ އޭޕްރީލް 17، 2024 ގައި. | ގެޓީ އިމޭޖަސް
ވައިގެ ދަތުރުފަތުރުގެ ވަގުތައް ކަންކަން ކުރުމުގައި، މުވައްޒަފުންގެ ދަތިކަމާއި މޫސުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. 2025 ވަނަ އަހަރު ބައިނަލްއަގުވާމީ ގޮތުން 38.9 މިލިއަން ފްލައިޓް ދަތުރުކޮށްފައިވާނެ ކަމަށް ލަފާކުރެވޭއިރު، ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ވައިގެ ސަރަހައްދުތައް ބޭނުންކުރުމުގައި ކުރިމަތިވާ ހުރަސްތަކާއެކު، ގަޑިއަށް ފަރުވާތެރިވުމަކީ ކުރިއަށްވުރެ ބޮޑު ގޮންޖެހުމަކަށް ވަނީ ވެފަ އެވެ.
ވައިގެ ދަތުރުފަތުރުގެ ތަފާސްހިސާބުތައް ދިރާސާކުރާ "ސީރިއަމް" އިން ނެރުނު "އޮން-ޓައިމް ޕާފޯމަންސް ރިވިއު 2025" ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަތުރުފަތުރުގެ ނިޒާމަށް ދިމާވާ ދަތިތަކަކީ މިހާރު ވަގުތީ ކަމެއްގެ ބަދަލުގައި ދާއިމީ ކަމަކަށް ވަނީ ވެފަ އެވެ. މި ރިޕޯޓުގައި، މިދިޔަ އަހަރު ގަޑިއަށް ފަރުވާތެރިވުމުގައި އެންމެ ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދައި، ފަސިންޖަރުންގެ އިތުބާރާއި ހަރަދު ކުޑަކުރުމުގެ މަންފާ ހޯދާފައިވާ 12 އެއާޕޯޓަކާއި އެއާލައިނެއް ވަނީ ފާހަގަކޮށްފަ އެވެ.
ޕްލެޓިނަމް އެވޯޑް ހާސިލްކުރި އެއާޕޯޓް
2025 ވަނަ އަހަރުގެ އެންމެ ޝަރަފުވެރި "ޕްލެޓިނަމް ވިނަރ" އެވޯޑް ހާސިލްކޮށް، ދުނިޔޭގެ އެންމެ އިތުބާރުހުރި އަދި ހިންގުންތެރި އެއާޕޯޓުގެ ލަގަބު ހޯދާފައިވަނީ އިސްތަންބޫލް އެއާޕޯޓް (IST) އެވެ. ތުރުކީގެ މި މައި އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބާރުބޮޑު އަދި އެންމެ ގިނަ މަންޒިލްތަކާ ގުޅިފައިވާ އެއް އެއާޕޯޓެވެ. މި އެއާޕޯޓުން އަހަރަކު 84 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރާއިރު، 330 މަންޒިލަކާ ގުޅުވައިދެ އެވެ. އެއްވަގުތެއްގައި ތިން ރަންވޭ އިންޑިޕެންޑެންޓް ކޮށް ހިންގޭ ފެންވަރަށް ތަރައްގީކުރި ޔޫރަޕްގެ ފުރަތަމަ އެއާޕޯޓަށް 2024 ވަނަ އަހަރުގެ އޭޕްރީލް މަހު މި އެއާޕޯޓް ވަނީ ވެފަ އެވެ. މީގެ ސަބަބުން ގަޑިއަކު ފްލައިޓް ޖެއްސުމާއި ފުރުވުމުގެ ގާބިލްކަން 120 އިން 148 އަށް ވަނީ އިތުރުވެފަ އެވެ.
ޔޫރަޕް، އޭޝިއާ، މެދުއިރުމަތި އަދި އެފްރިކާ ގުޅުވައިދޭ މައި މަރުކަޒެއްގެ ގޮތުގައި އޮތުމުން، މި އެއާޕޯޓަށް ދިމާވާ ކުޑަ މައްސަލައެއްގެ ސަބަބުންވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ ދަތުރުތަކަށް ބުރޫއެރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، ސީރިއަމް އިން ފާހަގަކުރާ ގޮތުގައި އިސްތަންބޫލް އެއާޕޯޓުން ވަނީ ބޮޑެތި އަދި އުނދަގޫ މަސައްކަތްތަކެއް ވެސް ވަރަށް ސާބިތުކަމާއެކު އަދި ފަރުވާތެރިކަމާއެކު ކުރެވިދާނެކަން ސާބިތުކޮށްދީފައެވެ.
ކަނޑައެޅިފައިވާ ގަޑީގެ 15 މިނެޓަށްވުރެ ލަސްނުވެ ދަތުރުތައް ކުރިއަށްގެންދިއުމުގެ ނިސްބަތަށް ބަލާއިރު، މި އެއާޕޯޓުގެ ކާމިޔާބީއަކީ 80.72 އިންސައްތަ އެވެ. ހަމައެކަނި މި މިންގަނޑަށް ބަލާއިރު، އިސްތަންބޫލް އޮތީ ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކުގެ ތެރެއިން 19 ވަނައިގަ އެވެ. ނަމަވެސް، ސީރިއަމްގެ ޕްލެޓިނަމް އެވޯޑް ދެނީ ހަމައެކަނި ގަޑިއަށް ބަލައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، އަހަރު ދުވަހުގެ ހިންގުންތެރިކަމާއި، މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަމާއި، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ ފެންވަރަށް ބަލައިގެންނެވެ. އެ ހުރިހާ ގޮތަކަށް ބަލާއިރު އެންމެ ކާމިޔާބު އެއަރޕޯޓަކީ އިސްތަންބޫލު އެއަރޕޯޓް ކަމަށް ކަނޑައަޅާފަ އެވެ.
ޕްލެޓިނަމް އެވޯޑް ހާސިލްކުރި އެއާލައިން
ސްކައިޓްރެކްސް އިން 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު އެއާލައިނުގެ މަގާމު ދީފައިވާ ގަތަރު އެއާވޭސް ވަނީ މި އަހަރުގެ ޕްލެޓިނަމް ވިނަރ އެއާލައިނުގެ އެވޯޑް ވެސް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު އެ އެއާލައިނުން އޮޕަރޭޓް ކުރި 198,303 ފްލައިޓުގެ ތެރެއިން 84.42 އިންސައްތަ ދަތުރު ވަނީ ގަޑި އަށް ނިންމާފަ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު ކުރިއެރުމެކެވެ.
ސީރިއަމް އިން ބުނާ ގޮތުގައި، 2025 ވަނަ އަހަރު ސިޔާސީ މަސްރަހުގެ ސަބަބުން ދިމާވި ވައިގެ ސަރަހައްދުތައް ބޭނުން ކުރުމުގެ ދަތިތަކާއި، މޫސުމީ މައްސަލަތަކާއި، ބޯޓުތައް ލިބުމުގައި ހުރި ދަތިތަކާއެކު ވެސް، ގަތަރު އެއާވޭސް އިން ވަނީ ފަސިންޖަރުންގެ ދަތުރުތައް މެދުނުކެނޑި ކުރިއަށްގެންދިއުމުގައި ނަމޫނާ ދައްކާފައެވެ.
ހަމައެކަނި ގަޑިއަށް ފަރުވާތެރިވުމުގެ މިންގަނޑުން ބަލާއިރު، ޖެހިޖެހިގެން ދެވަނަ އަހަރަށް ދުނިޔޭގެ އެއްވަނަ ހޯދާފައިވަނީ މެކްސިކޯގެ އެއިރޯ މެކްސިކޯ އެވެ. އެ އެއާލައިނުން ކުރި 188,859 ދަތުރުގެ 90.02 އިންސައްތަ ވަނީ ގަޑި އަށް ނިންމާފައެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުން އެއްވަނަ ހޯދީ ފިލިޕީން އެއާލައިންސް އެވެ. އެ އެއާލައިނުން ކުރި 116,268 ދަތުރުގެ 83.12 އިންސައްތަ ވަނީ ގަޑިއަށް ނިންމާފަ އެވެ. މިއީ އެ އެއާލައިނުގެ މައި އެއާޕޯޓް ކަމަށްވާ މެނީލާގެ ނިނޯއީ އަކީނޯ އިންޓަނޭޝަނަލް އެއާޕޯޓަކީ އަބަދުވެސް ބާރުބޮޑު އެއާޕޯޓަކަށް ވާއިރު، ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސީރިއަމް އިން ފާހަގަކުރެ އެވެ.





