Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށީ އެއަރޕޯޓް

ހޯރަފުށީ އެއަރޕޯޓުގައި އިންދާފައިވާ ގިނަ އަދަދެއްގެ ގަސްތައް ނަގާ އުކާލައިފި

ހޯރަފުށީ އެއަރޕޯޓުގައި އިންދާފައިވާ ގިނަ އަދަދެއްގެ ގަސްތައް ނަގާ އުކާލާފައިވަނީ ސެކިއުރިޓީ ހާލަތު ރަނގަޅު ކުރުމަށް ކަމަށް މެނޭޖްމަންޓުން ބުނާ ކަމަށްވޭ. މި ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެއަރޕޯޓު މަރާމާތު ކޮށް ބެލެހެއްޓުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމާއެކު، އެއަރޕޯޓުގެ ހާލަތު ދުވަހެއް ދުވަހެއް ދަށްވަމުން ދާކަން މުވައްޒަފުން ފާހަގަ ކުރޭ.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 07:10
ހޯރަފުށީ އެއަރޕޯޓުގައި އިންދާފައިވާ ގިނަ އަދަދެއްގެ ގަސްތައް ނަގާ އެ ރަށުގެ ކުނި ގޮނޑަށް އުކާލާފައި

ހޯރަފުށީ އެއަރޕޯޓުގައި އިންދާފައިވާ ގިނަ އަދަދެއްގެ ގަސްތައް ނަގާ އެ ރަށުގެ ކުނި ގޮނޑަށް އުކާލާފައި | ރާއްޖެއެމްވީ

ހޯރަފުށީ އެއަރޕޯޓުގައި އިންދާފައިވާ ގިނަ އަދަދެއްގެ ގަސްތައް ނަގާ އުކާލައިފި އެވެ.

އެ އެއާރޕޯޓުން ވާހަކަ ދެއްކި މުވައްޒަފަކު ބުނީ ވަރަށް ގިނަ ދުވަހުން އިންދާ ހައްދާފައިވާ ގިނަ އަދަދެއްގެ ގަސްތައް ނަގާ އުކާލީ އެއަރޕޯޓުގެ މެނޭޖުމަންޓުން އަންގައިގެން ކަމަށެވެ.

Advertisement - newsAdvertisement

ސަބަބެއް ކަމަށް ބުނެފައިވަނީ، އެއަރޕޯޓު ފެންސް ސެކިއުރިޓީ މުވައްޒަފުންނަށް ނުފެންނާތީ ކަމަށެވެ.

ދާދި ފަހުން މޫނު ނިވާކޮށްގެން ހުރި މީހަކު ދަންވަރުގެ ވަގުތެއްގައި ހޯރަފުށީ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން ގެ އޮފީސް ފަޅާލައިގެން ދެ ޕާރުސަލު ވަގަށް ނަގާފައިވެ އެވެ.

މުވައްޒަފަކު ކިޔައިދިން ގޮތުގައި، ސެކިއުރިޓީ ހާލަތު ރަނގަޅު ކުރަން ފެންސް ކައިރީގައި އިތުރު އަލިކަމެއް ބޭނުންވާ ކަމަށް މުވައްޒަފުން ބުނުމުން އެކަން ކުރުމުގެ ބަދަލުގައި އެ ސަރަހައްދުގައި ރީތި ކޮށް ހެދިފައިވާ ގަސްތައް ނަގާ އުކާލީ އެވެ.

Your browser does not support the video tag.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހޯރަފުށީ އެއަރޕޯޓުގެ ހޭޅިފަށުގައި ހުރި ގިނަ އަދަދެއްގެ ގަސްތައް ވެސް "ވެރިން އަންގައިގެން" ވަނީ ނަގާ އުކާލާފަ އެވެ. އެކަމުގެ ސަބަބެއް ކަމަށް އެކަން ކުރި މުވައްޒަފުންނަށް އެންގި ކަމަށްވަނީ އެއަރޕޯޓު ސަރަހައްދުގައި މީދާ ގިނަވަމުންދާތީ ކަމަށެވެ.

މީދާ ކޮންޓްރޯލް ކުރަން ކަމަށް ބުނެ ހޯރަފުށީ އެއަރޕޯޓުގެ ހޭޅީގައި ހުރި ގިނަ ގަސްތައް ނަގާ ވަނީ އުކާލާފައި
މީދާ ކޮންޓްރޯލް ކުރަން ކަމަށް ބުނެ ހޯރަފުށީ އެއަރޕޯޓުގެ ހޭޅީގައި ހުރި ގިނަ ގަސްތައް ނަގާ ވަނީ އުކާލާފައި

ހޯރަފުށީ އެއަރޕޯޓު ފެހި ކުރުމަށް ގިނަ އަދަދެއްގެ ގަސް އިންދާފައި ވަނީ ރައްޔިތުންގެ ބުރަ މަސައްކަތުންކަން އެއަރޕޯޓުން ވާހަކަ ދެއްކި އެތަނުގެ މުވައްޒަފަކު ބުންޏެވެ.

މި ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެއަރޕޯޓު މަރާމާތު ކޮށް ބެލެހެއްޓުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި، އެއަރޕޯޓު ސަރަހައްދުގެ ފެންސް ގެ އިތުރުން ޓާމިނަލް ބިލްޑިންގ މަރާމާތު ކުރަން ވެސް ތަކެއްޗެއް ވެސް ފައިސާ އެއް ވެސް ނުލިބޭކަން މުވައްޒަފުން ފާހަގަ ކުރެ އެވެ.

ޓާމިނަލް އިމާރާތުގެ ތެރޭގައި ބޮތްކެއް އެނދިޔަސް ބޮތްކެއް ވަރުވެސް ނުލިބޭ، ވަރަށް ހާލުގައި މިތަން މި އޮޕަރޭޓް ކުރަނީ،" މުވައްޒަފަކު ބުންޏެވެ.

"މެޝިނެއް ހަލާކުވިޔަސް، ޓިނު ގަނޑެއް ފޫދިޔަޔަސް އެ ހުރި ގޮތަކަށް ބަހައްޓައިގެން އޮޕަރޭޓް ކުރަމުން ގެންދަނީ، މިހާރު ވެސް ރޭގަނޑު ފްލައިޓް ޖައްސަން ރަންވޭގެ އެއްކޮޅުގައި ހުންނަ މުހިންމު ލައިޓެއް ވަނީ އަނދާފައި، އެ ލައިޓް އަނދާފައި ހުއްޓާ ބޯޓު ޖައްސަނީވެސް،" އެއަރޕޯޓުން ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، އެއަރޕޯޓުގެ ހާލަތު ދުވަހެއް ދުވަހެއް ދަށްވަމުން ދިޔަ ނަމަވެސް މުވައްޒަފުންގެ އަދަދު މި ސަރުކާރުން ވަނީ އިތުރު ކޮށްފަ އެވެ. 

ހޯރަފުށީ އެއަރޕޯޓުން ގިނަ އަދަދެއްގެ ގަސްތައް އެކި ފަހަރު މަތިން ނަގާ އުކާލާފައިވާއިރު، މާލޭ އަމީނީ މަގު ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ހައްދާފައި ހުރި ދުވަސްވީ އެތައް ގަހެއް ވެސް ސަރުކާރުން ވަނީ ނަގާ އުކާލާފަ އެވެ.

ހއ. ހޯރަފުށިހޯރަފުށީ އެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ އެއަރޕޯޓުގެ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކާ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީސް ފަޅާލައިފި

ހޯރަފުށީ އެއަރޕޯޓުގެ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކާ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީސް ފަޅާލައިފި

28 ޑިސެމްބަރު 2025
ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި

ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި

12 އޮކްޓޯބަރު 2024
ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެ

ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެ

13 ސެޕްޓެމްބަރު 2023
ހޯރަފުށީ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އިތުރު ކުރިއެރުންތައް ހޯދުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ: ކައުންސިލްގެ ރައީސް

ހޯރަފުށީ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އިތުރު ކުރިއެރުންތައް ހޯދުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ: ކައުންސިލްގެ ރައީސް

04 އޯގަސްޓު 2023
ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި

ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި

04 އޯގަސްޓު 2023

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު