Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހޯރަފުށީ އެއަރޕޯޓަށް 1 އަހަރު ފުރުން

ހަގީގީ ވެރިންނަކީ ވައުދު ފުއްދާ ވެރިން - ސަލީމް

ހޯރަފުށީ އެއަރޕޯޓުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އާރޯކަން ގެނުވި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2021 | ހުކުރު 15:30
ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް

ހަގީގީ ތެދުވެރި ވެރިންނަކީ އެވިދާޅުވާ އެއްޗެއްގައި ހިއްޕަވައި އެކަން ހަގީގަތަކަށް ހެއްދެވުމަށް ބުރަ، އިޚްލާސްތެރި މަސައްކަތް ކުރައްވާ ފަރާތްތައް ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓަށް 1 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސަލީމް ވިދާޅުވީ, ހޯރަފުށީގައި އެއަރޕޯޓު އަޅަން މަސައްކަތް ކުރުމުން އެކަން ނުވާނެ ކަމަށް ބަޔަކު ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް މިމަސައްކަތް ފުރިހަމަކޮށް، އެއަރޕޯޓަށް 1 އަހަރު ފުރިފައި ވާއިރު، މިއެއަރޕޯޓުގެ ސަބަބުން ހޯރަފުށީގެ އިތުރުން އެސަރަހައްދުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ވަމުން އަންނަކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އަދި މިކަމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް އޮންނަ އިތުބާރު އެތައް ތަނަކުން ބޮޑުވެގެން ގޮސްފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން، ރައީސް މުޙައްމަދު އަމީންގެ ވެރިކަމުގައި ހޯރަފުށީގެ ތަރައްގީއަށް ގެންގުޅުއްވި ވިސްނުންތަކުގެ ތެރެއިން އެންމެ ހިތްގައިމު މަސައްކަތަކީ ރަށްވެހި މަގުކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ، އެމަގާ ގުޅިގެން ރައީސް ޞާލިޙު ހައްދަވާފައިވާ ނޫރަންމަގުން އަދި މާބޮޑަށް ދުނިޔެ ފެނިއްޖެ ކަމަށެވެ. އެހެންކަމުން ރަނގަޅު ވެރިޔަކު ފެނުމަށް ބައި ގަރުނަށްވުރެ ގިނަ ދުވަސް ފާއިތުވާއިރު، ކަން ހިނގަމުންދާ ގޮތަށް ރައްޔިތުން ވިސްނުން މުހިންމުކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ މިއަދުގެ ސަރުކާރަކީ ރައްޔިތުން އިންތިޚާބު ކުރި, ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ، ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރަކާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރަން ވެއްޖެނަމަ އެކަމެއް ކާމިޔާބު ނުވެ ނުދާނެ ކަމަށާއި، މި އެއަރޕޯޓަކީ އެކަމުގެ ވަރަށް ރަނގަޅު ހެއްކެއް ކަމަށެވެ.

ހޯރަފުށީ އެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި

ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި

12 އޮކްޓޯބަރު 2024
ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެ

ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެ

13 ސެޕްޓެމްބަރު 2023
ހޯރަފުށީ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އިތުރު ކުރިއެރުންތައް ހޯދުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ: ކައުންސިލްގެ ރައީސް

ހޯރަފުށީ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އިތުރު ކުރިއެރުންތައް ހޯދުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ: ކައުންސިލްގެ ރައީސް

04 އޯގަސްޓު 2023
ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި

ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި

04 އޯގަސްޓު 2023
ހޯރަފުއްޓާއި މާވަރުލު އެއަރޕޯޓް އަށް ރޭގަނޑު ދަތުރު ކުރެވޭގޮތް ހަދަނީ

ހޯރަފުއްޓާއި މާވަރުލު އެއަރޕޯޓް އަށް ރޭގަނޑު ދަތުރު ކުރެވޭގޮތް ހަދަނީ

13 އޯގަސްޓު 2022

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު