Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަށި މިޔަރު

ކަށި މިޔަރު ބާނަން ހުއްދަ ދޭން މުއިއްޒުގެ ނިންމުމާ ދެކޮޅަށް ބައިނަލް އަގްވާމީ ޕެޓިޝަނެއް ފަށައިފި

ސަރުކާރުގެ ނިންމުން ބަދަލު ކުރުމަށް ޕެޓިޝަންގައި ގޮވާލާފައިވޭ

ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2025 | ހުކުރު 18:33
ކަށި މިޔަރަކީ އެންމެ ލަހުން އާލާވާ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެއް ބާވަތެވެ

ކަށި މިޔަރަކީ އެންމެ ލަހުން އާލާވާ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެއް ބާވަތެވެ

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރު ގެ މަސްވެރިކަން އަލުން ފަށަން ހުއްދަ ދޭން ރައީސް މުހައްމަދު މުއިއްޒު ނިންމެވުމާ ދެކޮޅަށް ޗޭންޖް.އޯގް ގައި ބައިނަލް އަގްވާމީ ޕެޓިޝަނެއް ފަށައިފިއެވެ.

އޮންލައިން ޕެޓިޝަން ފެށީ އޮސްޓްރޭލިޔާގެ އޮޝަން ޖިއޮގްރަފިކް މަޖައްލާގެ އެޑިޓަރުން އިސްނަގައިގެންނެވެ.

Advertisement - newsAdvertisement

އޮންލައިންކޮށް ހިންގާ މި ޕެޓިޝަންގައި މިހާތަނަށް ތިމާވެށީގެ ދާއިރާގައި އަދި ކަނޑުގެ ދިރުންތައް ރައްކައުތެރި ކުރުމަށް މަސައްކަތް ކުރުމުގައި ދުނިޔޭގެ ނަން މަޝްހޫރު އެތައް ފަރާތަކުން ވަނީ ސޮއި ކޮށްފައެވެ. އޭގެ ތެރޭގައި ޑރ. ސިލްވިޔާ އާރލް، ޑރ. އެލެކްސް މަސްޓާޑް، ޑޭވިޑް ޑޫބިލެޓް، ޖެނިފަރ ހޭސް އަދި ހަވާޑް އާއި މިޝެލް ހޯލް ފަދަ ފަރާތްތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ މި ޕެޓިޝަނަށް ތާއީދުކުރާ ފަރާތްތަކުގެ ލިސްޓުގައި ސޮއިކުރައްވާފައެވެ.

"ދިވެހިރާއްޖެ އަކީ ކަނޑުތަކުގެ ތިމާވެށި ރައްކާތެރިކުރުމުގައި އަބަދުވެސް އިސްނަގާ ޤައުމެއްގެ ގޮތުގައި ބަލައިގަނެވިފައިވާ ޤައުމެކެވެ،" އޮޝަން ޖިއޮގްރަފިކްގެ އެޑިޓަރ މައިކަލް އޭ ޑަބްލިއު ލިޔުއްވާފައިވެއެވެ. "މިޔަރުގެ މަސްވެރިކަން މަނާކުރުން ދެމެހެއްޓުމަކީ މި ނަން ދެމެހެއްޓުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަޤްވާމީ މަޝްވަރާތަކުގައި ރާއްޖޭގެ އަޑު އިތުރަށް ބާރުގަދަކުރުމަށް މަގުފަހިވާނެ ކަމެކެވެ."

އޭގެ އިތުރުން، މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލުމަކީ ހަމައެކަނި ތިމާވެށްޓަށް ގެއްލުން ލިބުމުގެ ނުރައްކާ އޮތް ކަމަކަށް ވުމުގެ އިތުރުން، އިޤްތިޞާދީ ގޮތުން ވެސް ގެއްލުން ލިބިދާނެ ކަމެއް ކަމަށާއި. އެހެނީ ޤުދުރަތީ ވަސީލަތްތަކަށް ބިނާކޮށްފައިވާ ފަތުރުވެރިކަމަކީ މިހާރުވެސް ޤައުމުގެ އެންމެ ބޮޑު އަދި އެންމެ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ދާއިރާ ކަމުގައިވާތީ ކަމަށް ޕެޓިޝަންގައި ވެއެވެ.

ޕެޓިޝަން ގައި އިތުރަށް ބުނެފައިވަނީ، ވަރަށް އިހުތިރާމާ އެކު އެހެން ނަމަވެސް ސާބިތު ކަމާ އެކު، ހުރިހާ ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދަމަހައްޓައި ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމުގައެވެ.

އެ ގޮތައް ނިންމުން ވެގެން ދާނީ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ފަތުރުވެރިކަމުގެ ދާއިރާގައި ނަމޫނާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށް މަގުފަހިވާނެ ނިންމުމެއް ކަމަށް ވެސް ޕެޓިޝަން ގައި ވެއެވެ.

ކަށި މިޔަރު (ގަލްޕަރ ޝާކް) އަކީ ޑޯގްފިޝްގެ ބާވަތުގައި ހިމެނޭ މަހެކެވެ. މި މަހުގެ އެވްރެޖް ދިގުމިނަކީ 90 ސެންޓިމީޓަރު (3 ފޫޓު) އެވެ. މި މަސް އާންމުކޮށް ފެންނަނީ ދުނިޔޭގެ ހޫނު އަދި މެދުމިނުގެ ހޫނު ސަރަޙައްދުތަކުގެ ކަނޑުތަކުގެ 100-1500 މީޓަރުގެ ފުންމިނުގައެވެ.

މިއީ ކޮންމެވެސް ވަރަކަށް އާންމު ބާވަތެއްގެ މަހެއް ނަމަވެސް، އައި.ޔޫ.ސީ.އެން ރެޑް ލިސްޓް އޮފް ތްރެޓެންޑް ސްޕީޝީޒްގައި މި މަސް ލިސްޓުކޮށްފައި ވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ގޮތުގައެވެ. މިގޮތަށް ލިސްޓުކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި މާ ގިނައިން މިބާވަތުގެ މިޔަރުގެ މަސްވެރިކަން ކުރުމުގެ ސަބަބުންނެވެ.

ގިނަ މިޔަރުގެ ބާވަތްތަކެކޭ އެއްފަދައިން، ކަށި މިޔަރަކީ ވަރަށް ލަހުން ބޮޑުވާ އަދި ލަހުން އާލާވާ މަހެކެވެ. މި މަހަކީ މިޔަރުގެ ހުރިހާ ބާވަތްތަކުގެ ތެރެއިން ވެސް އެންމެ ލަހުން އާލާވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މަހެއް ކަމަށް ވެސް ބެލެވެއެވެ.

ކަށި މިޔަރަކީ ފުން ކަނޑުގެ މަހެއް ކަމަށް ވުމާއެކު މި މަސް އާންމުކޮށް ހިފަނީ ލޭނު އަޅައިގެންނެވެ.

ކަށި މިޔަރު ބޭނުމަށް ހުއްދަ ދޭން ސަރުކާރުން ނިންމި ކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ އެންމެ ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގައެވެ.

ރައީސް މުހައްމަދު މުއިއްޒުކަށި މިޔަރުއޮޝަން ޖިއޮގްރަފިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

11 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
ކަށި މިޔަރު ހިމެނޭ ގޮތައް ގިނަ ބާވަތުގެ މިޔާރާއި މަޑީގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކޮށްފި

ކަށި މިޔަރު ހިމެނޭ ގޮތައް ގިނަ ބާވަތުގެ މިޔާރާއި މަޑީގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކޮށްފި

29 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު