Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްލޫޕީސް

އަތޮޅު ފިހާރަތައް ކައިރީގައި ހުރި ދުވަސްވީ ހިޔާދޭ ގަސްތައް ކަނޑާލުމުން ބްލޫޕީސް އިން ކަންބޮޑުވުން ފާޅު ކޮށްފި

22 ޑިސެމްބަރު 2025 | ހޯމަ 08:57

ބްލޫޕީސް އިން ބުނީ ގަސްތައް ބަހައްޓާފައި ވެސް މަގު ފުޅާކުރެވުނީސް ކަމަށާއި ގަސްތައް އެހެން ބިމަކަށް ބަދަލުކުރެވުނީސް ކަމަށެވެ. މީގެ ކުރިން ރައީސް މުއިއްޒު ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަސް ކަނޑާލަން ނިންމެވި މައްސަލައިގައި ވެސް ތިމާވެށި ހިމާޔަތު ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 08:57
އަތޮޅު ފިހާރާ ސަރަހައްދާ ދިމާލުގައި މަގުމަތީގައި ހުރި ގަސްތައް ކޮށާ ތިރިކޮށްލާފައި

އަތޮޅު ފިހާރާ ސަރަހައްދާ ދިމާލުގައި މަގުމަތީގައި ހުރި ގަސްތައް ކޮށާ ތިރިކޮށްލާފައި

މާލޭ އަތޮޅު ފިހާރަތައް ހުރި ސަރަހައްދުގެ މަގުމަތީގައި ހުރި ދުވަސްވީ ހިޔާދޭ ގަސްތައް ކަނޑާލުމުން ތިމާވެއްޓަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ ބްލޫޕީސް އިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

އެ ޖަމްއިއްޔާ އިން އެކްސް ގައި ކުރި ޕޯސްޓެއް ގައި ބުނީ ގަސްތައް ކަނޑާ ބިމާ ހަމަކޮށްލާފައިވާ މަންޒަރީ "ހިތާމަވެރި، ހިތްދަތި" މަންޒަރެއް ކަމަށެވެ.

Advertisement - newsAdvertisement

އަތޮޅު ފިހާރަތައް ސަރަހައްދުން އަމީނީ މަގު ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ބްލޫޕީސް އިން ބުނީ ގަސްތައް ކަނޑާލުމަކީ މަގުހެދުމާ ބެހޭ ކަމެއް ނޫން ކަމުގައެވެ.

ބްލޫޕީސް އިން ބުނީ ގަސްތައް ބަހައްޓާފައި ވެސް ހާބަރާ ދިމާލުން މަގު ފުޅާ ކުރެވުނީސް ކަމަށެވެ.

އޭގެ އިތުރުން ގަސްތައް ކޮށާ ތިރިކޮށްލުމުގެ ބަދަލު ގައި މާލޭގެ އެހެން ބިމަކަށް ގަސްތައް ބަދަލު ކުރެވުނީސް ކަމަށް ވެސް ބްލޫޕީސް އިން ބުނެފައިވެ އެވެ.

އަތޮޅުފިހާރަތައް ކައިރީގައި މަގުމަތީގައި ހުރި ގަސްތައް ކަނޑާލުމުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

މިކަން މިހެން ހިނގާފައިވާއިރު، ހުސްވި ނޮވެމްބަރު މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަސް ކަނޑާލުމަށް ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައެވެ.

މި ދެ ގަހުގެ ތެރެއިން އެއްގަސް ހުރީ ވިލިމާލޭ ފުލުހުންގެ ސްޓޭޝަން ކައިރީގައެވެ. އަނެއް ގަސް ހުރީ ވޯޓާ ސްޕޯޓްސް ބީޗް ސަރަހައްދުގައެވެ. މި ބިޔަ ދެ ގަސް ކަނޑާލަން ނިންމީ ގިނަ ދުވަސްތަކެއް ވަންދެން އާންމުން ޝަކުވާ ކުރާތީ ކަމަށް ބުނެއެވެ.

ވިލިމާލޭ ރައްޔިތުންނާ އެކު މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގައި، ބައިވެރިޔަކު ވަނީ އަތިރިމަތީގައި ހުރި ނިކަގަހާ ބެހޭ ގޮތުން ޝަކުވާ ކޮށްފައެވެ. އެކަމަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ ކުރިން ތައްޔާރުވުމެއް ނެތި އަތް ނަގައިގެން ވޯޓަށް އައްސަވާފަ އެވެ. ބައްދަލުވުމުގައި ތިބި ގިނަ ބަޔަކު ގަސްތައް ނެގުމަށް ތާއީދުކުރުމުން، މުއިއްޒު ވިދާޅުވީ: "އެހެންކަމުން، މިއީ ގާތްގަނޑަކަށް އެންމެން އެއްބަސްވެގެން ނިންމި ނިންމުމެއް،" ކަމަށާއި އަދި އެކަން އެގޮތައް ކުރައްވާނެ ކަމަށެވެ.

މި ނިންމުމާ އެކު އާންމުގެ އެތައް ބަޔަކާ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބްލޫޕީސްތިމާވެށި ހިމާޔަތްކުރުންއަމީނީ މަގު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
05 ޖޫން 2025

ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މާދަމާގެ އުފާވެރިކަމަށް އަދާކުރާ ގައުމީ ޒިންމާއެއް: ރައީސް މުއިއްޒު

05 ޖޫން 2025
ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މާދަމާގެ އުފާވެރިކަމަށް އަދާކުރާ ގައުމީ ޒިންމާއެއް: ރައީސް މުއިއްޒު
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް