Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިނގިރޭޓު

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަ ޖިނާއީ މައްސަލަ އެއް ގެ ގޮތުގައި ތަހުގީގު ކުރަނީ

32 ކާޓަން ސިނގިރޭޓުގެ ތެރެއިން 6 ކާޓަން މަދުކަން އެނގުނީ ކަސްޓަމްސްއާ ހަވާލު ކުރަން އުޅުމުގެ ތެރޭގައި

އަމްނާ އިމާދު
އަމްނާ އިމާދު | 22 ނޮވެމްބަރު 2025 | ހޮނިހިރު 09:12
ވިލިމާލެ ޕޮލިސް ސްޓޭޝަން

ވިލިމާލެ ޕޮލިސް ސްޓޭޝަން

ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ، ގާނޫނާ ހިލާފަށް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓު ވިލިވާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓާ އޭގެ ތެރެއިން 6 ކާޓަން ސިނގިރޭޓް މަދުވެފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން 23 މެއި 2025 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށާއި، މި ތަކެތީގެ ތެރެއިން 6 ކާޓަން ސިނގިރޭޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލު ކުރުމަށް 12 ނޮވެންބަރު 2025 ވަނަ ދުވަހު ބެލިއިރު ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 23 ޑިސެންބަރު 2024 ވަނަ ދުވަހު 2 ބިނދޭސީއެއްގެ އަތުން ގެނެސްފައިވާ 25 ކާޓަން ސިނގިރޭޓް މަދުވެފައިވާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ސްޓޭޑާޑްސް ކޮމާންޑުން ބަލަމުން ގެންދާއިރު، މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއް ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ސިނގިރޭޓުތަކެއް އަނެއްކާވެސް ގެއްލިފައި ވާއިރު، މީގެ ކުރިން އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުން އެންމެ ސިނގިރޭޓެއް ވެސް ފުލުހުންނަށް ހޯދިފަ އެއް ނުވެ އެވެ. ގަވައިދާ ހިލާފަށް އެތެރެކޮށްފައި ހުންނަ ސިނގިރޭޓު މިގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގުން އާންމު ވުމުން މިކަމުގައި ދައުލަތުގެ އިސް ފަރާތްތަކުގެ ބޮޑު ހިއްސާ އެއް ވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ވިލިމާލެ ޕޮލިސް ސްޓޭޝަންސިނގިރޭޓު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
15 އޮކްޓޯބަރު 2025

ގަވައިދާ ޚިލާފަށް އެތެރެކުރި ސިނގިރޭޓް ކޮންޓޭނަރެއް ލަންކާ ކަސްޓަމްސް އިން ނައްތާލައިފި

15 އޮކްޓޯބަރު 2025
ގަވައިދާ ޚިލާފަށް އެތެރެކުރި ސިނގިރޭޓް ކޮންޓޭނަރެއް ލަންކާ ކަސްޓަމްސް އިން ނައްތާލައިފި
24 ސެޕްޓެމްބަރު 2025

ހިތަދޫ ޕޯޓް އިން ކްލިއަރ ކުރަން އުޅުނު ގިނަ އަދަދެއްގެ ރެޑްބުލް އާއި ސިނގްރޭޓް ހިފަހައްޓައިފި

24 ސެޕްޓެމްބަރު 2025
ހިތަދޫ ޕޯޓް އިން ކްލިއަރ ކުރަން އުޅުނު ގިނަ އަދަދެއްގެ ރެޑްބުލް އާއި ސިނގްރޭޓް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު