Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ނިޒާމް

ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސް ހަގީގަތުގައި މިހާރު ސަރުކާރުން އުވާލީ "އަތޮޅުތައް"، ދެން އުވާލާނީ "ރަށްތައް" : ނިޔާޒް

ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލުތަކާއި މެދު ނުރުހުން ފާޅުކޮށް 100 އަށް ވުރެ ކައުންސިލަކުން ބަޔާން ނެރެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 14:27
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ކުރީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ކުރީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު

ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސްގެން ހަގީގަތުގައި މިހާރު ސަރުކާރުން އުވާލީ "އަތޮޅުތައް" ކަމަށާއި ދެން އުވާލާނީ "ރަށްތައް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ކުރީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ނިޔާޒް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ލޯކަލް ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ކޮން މަޤްސަދެއްގައިތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. އެއީ ރައްޔިތުން ބޭނުންވެގެން ގެންނަ ބަދަލުތަކެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށް ނިޔާޒް ވިދާޅުވި އެވެ. ނިޔާޒް ވަނީ ފަހަރަކު ބާރެއް ނަގަމުން ގޮސް މުޅި ލާމަރުކަޒީ ނިޒާމް ފުނޑާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލުތަކާއި މެދު ނުރުހުން ފާޅުކޮށް 100 އަށް ވުރެ ގިނަ ކައުންސިލަކުން ބަޔާން ނެރެފައިވާ އިރު އިސްވެ ބަޔާން ނެރެން ފެށީ ޕީއެންސީ ކައުންސިލުން ކަމަށް ނިޔާޒް ވިދާޅުވި އެވެ. އެހެންކަމުން ޕީއެންސީގެ ކައުންސިލަރުން ވެސް އެ ބަދަލާއި މެދު ނުރުހޭކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"ކޮން މިންގަނޑަކަށް ބަލާފަތޯ އޭ. ކޮން ދިރާސާ އަކަށް ބަލާފަ ތޯ އޭ މިކަން މިކުރަނީ. ރައްޔިތުން ނުރުހޭ ކަމަށް ބުނަނީ ކީއްވެތޯ އޭ. ލާމަރުކަޒީ ނިޒާމަކީ ގުދުރަތީ ގޮތުން ރާއްޖެ އޮތް ގޮތުން ވެސް އެންމެ ރަނގަޅު ނިޒާމް އަޅުގަނޑުގެ ތަޖުރިބާގައި.

ލާމަރުކަޒީ ޤާނޫނު ފަދަ ޤާނޫނުތަކަށް ބަދަލުތައް ގެންނަ އިރު ރައްޔިތުންގެ ވޯޓެއް ނަގަންވާނެ ކަމަށް ޤާނޫނު އަސާސީގައި ލިޔެފައި އޮތަސް އެކަން ވެސް މި ސަރުކާރުން ބަދަލުކުރާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ނަމަވެސް ޤާނޫނުއަސާސީ އިރުއިރުކޮޅާއި ބަދަލުކުރުމަކީ އެއީ މަޖިލީހުގެ މަގްސަދެއް ނޫން ކަމަށް ނިޔާޒް ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މަޖިލީހުގެ މެމްބަރުންނަށް ވޯޓު ދޭ އިރު އެއްވެސް ބަޔަކަށް ބޭނުންހާ ގޮތަކަށް ޤާނޫނުއަސާސީ އާއި ކުޅެން ފުރުސަތު ނުލިބޭކަން ޔަޤީންކުރުން މުހިންމު ކަމަށް ނިޔާޒް ވަނީ ވިދާޅުވެފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އަހަރަކަށް ވެފައި ވަނިކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ބުރާސްފަތި ދުވަހު އެވެ. އޭގެ ކުރިން ވެސް ލާމަރުކަޒީ ޤާނޫނަށް ގިނަ އިސްލާހުތަކެއް މި ވެރިކަމުގައި ގެނެސް، އެ ނިޒާމްގެ ބާރުތައް ވަނީ ނިގުޅައިގަނެފަ އެވެ.

ލާމަރުކަޒީ ގާނޫނުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސްލޯކަލް ކައުންސިލްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު