Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮޖެކްޓް ބަހާލުން

ޕްރޮޖެކްޓްތައް ބަހާލީ ކައިރި މީހުން، 7 ޕަސެންޓް ދުރު މީހުން 10 ޕަސެންޓް، ދިމްޔާތަށް ދޭންޖެހޭ ގޮތަށް: މޮސްޓާ

ރައްޔިތުންގެ ބައިތުލްމާލުން 2.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ އަމިއްލަ މީހާއަށް ބައި އެޅޭ ގޮތަށް ބަހާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ނޮވެމްބަރު 2025 | ހުކުރު 16:58
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވާދަވެރި ބިޑަކާއި ނުލާ 206 ޕްރޮޖެކްޓް ބަހާލީ ކައިރި މީހުން 7 ޕަސެންޓް ދުރު މީހުން 10 ޕަސެންޓް ދިމްޔާތަށް ދޭންޖެހޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މޮސްޓާ ވިދާޅުވީ ދީނީ އިލްމުވެރިން ތާއިދުކޮށްގެން ރާއްޖޭގެ ވެރިކަމަށް ގެނައި ބަޔަކު، ރޯމާ ދުވާލު ރައްޔިތުންގެ ބައިތުލްމާލުން 2.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަހާލާފައިވާ ކަމަށެވެ. އަދި އެކަން ކުރީ އަމިއްލަ މީހާ އަށް ބައި އެޅޭ ގޮތަށް ކަމަށާއި، އަޑު އިވިފައިވަނީ ކައިރި މީހަކު ވެއްޖެއްޔާ 7 އިންސައްތަ އަދި ދުރު މީހެއް ނަމަ 10 އާއި 12 އިންސައްތަ ދިމްޔާތަށް ދޭންޖެހޭ ކަމަށެވެ.

މޮސްޓާ ވިދާޅުވީ ނަސަންދުރަ ތެރޭގައި މީގެ 15 ވަރަކަށް ދުވަސް ކުރިން ބަހާލި ލާރިތަކުގެ މަންފާ ލިބުނު މީހުން މިއަދު އަތްޖަހަން ތިބޭނެ ކަމަށެވެ.

ނުތިބޭނެ ރުހުމުގައި ހިލޭ ސާބަހަށް. އަމިއްލައަށް ތިމަންނަ މިހުރީ މި ގެނައި ތަރައްގީ އައިސްގެންނޭ ބުނެފައި. ކާކު އުފާވާނީ 20 ރުފިޔާއަށް ޑޮލަރު ހުރީމާ. މިއަދުވެސް ޑޮލަރު ރޭޓް ކުރީ 20 ރުފިޔާ 5 ލާރިއަށްވުރެ ބޮޑުކޮށް. އެހެންވީމަ އުފަލުން ހުރެ ނުދާނެ އެއްވެސް މީހަކު އެތަނަށް. އިންފްލޭޝަން ރޭޓް ހުރީ މިއިން ޒަމާނު ދިވެހިރާއްޖޭގައި ނުދާ ވަރަށް މައްޗަށް ގޮސްފައި. އެހެންވީމަ އެއްވެސް މީހަކު ނުދާނެ 2 އަހަރުވީ އޭ ކިޔާފައި އަތްޖަހަން. ހާލަތު އޮތް ގޮތުން މީހަކަށްދޭ 1000 ރުފިޔާއަށް ވެސް މީހުން އަންނަން މަޖުބޫރުވާނެ. އެއީ ހަގީގަތުގައި މިއަދު މީހުން ގިނަވާނެ އެންމެ ބޮޑު ސަބަބަކީ.
ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

މޮސްޓާ ވިދާޅުވީ މުއިއްޒު ސްޕީޑުގައި ނިންމަން ބުނާ ކަންކަން 2 އަހަރު ވާއިރު ނިމެނީ އެންމެ 10 އިންސައްތަ ކަމަށެވެ. އަދި މުޅިން އުޅުއްވަނީ ކޮންމެވެސް އެހެން ބައެއް ކުރި މަސައްކަތުގެ ކްރެޑިޓް ނަގަން ކަމަށާއި، ކަންކަމާއި ހަވާލުވުމުގެ އެހާ ޝައުގުވެރިކަން ހުރެއްޖެނަމަ ހަވާލު ނުވާނެ އެއްކަމެއް ވެސް ނޯންނާނެ ކަމަށް މޮސްޓާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓްތަކެއް ބަހާލީ މި މަހުގެ 6 ވަނަ ދުވަހު އެވެ. 206 މަޝްރޫއު ހަވާލު ކުރި އިރު މީގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ސަރުކާރުގެ އިސް ވެރިންނާއި މަޖިލިސް މެންބަރުންނާއި ގުޅުން އޮންނަ ކުންފުނިތަކަށް ބަހާލި ޕްރޮޖެކްޓެވެ. ބުރާސްފަތި ދުވަހު ސޮއިކުރެއްވި މަޝްރޫޢުތަކާއި މިދިޔަ ދެ ދުވަހުގެ ތެރޭގައި ސޮއިކުރި މަޝްރޫޢުތަކާ އެކު ޖުމުލަ 216 ޕްރޮޖެކްޓް ތަފާތު 53 އަމިއްލަ ކުންފުންޏާއި ވަނީ ޙަވާލުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ނަޝީދު އަބްދުﷲވާދަވެރި ބިޑްކޮރަޕްޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު