Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެނެރަލް ދީދީގެ ޝަރީޢަތް

ޖެނެރަލް ދީދީގެ ޝަރީޢަތް: ދައުވާ ނުކުރަން ނިންމާފައިވާކަން ސާބިތު ކުރުމަށް ކުރީގެ ޕީޖީ ހާޒިރު ކުރަން އެދެފި

6 ސެޕްޓެމްބަރު 2017 | ބުދަ 13:36

ޖިނާއީ މައްސަލަތަކުގައި ދައުވާ ނުކުރަން ނިންމުމަށް ފަހު އަލުން ދައުވާ ނުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 6 ސެޕްޓެމްބަރު 2017 | ބުދަ 13:36
އިބްރާހިމް ދީދީ

އިބްރާހިމް ދީދީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ މައްސަލަ ކުރިއަށް ނުގެންދަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާކަން ސާބިތު ކުރުމަށް ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް މުހުތާޒް މުހުސިން އާއި ޕީޖީ އޮފީހުގެ ހަތަރު ވަކީލަކު ކޯޓަށް ހާޒިރު ކޮށްދިނުމަށް ދީދީގެ ފަރާތުން ކޯޓުގައި އެދިއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދީދީގެ ވަކީލް ވިދާޅުވީ ކުރީގެ ޕީޖީ މުހުތާޒްއާއި ޕީޖީ އޮފީހުގެ ހަތަރު ވަކީލަކު ކޯޓަށް ހާޒިރު ކޮށްދެއްވުމަށް އެދުނީ ޖެނެރަލް ދީދީގެ މައްޗަށް ކުރިން ކުރި ޓެރެރިޒަމްގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު ދައުވާ ނުކުރަން ނިންމާފައިވާކަން ސާބިތު ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

މުހުތާޒުގެ އިތުރުން ޕީޖީ އޮފީހުގެ ވަކީލުން ކަމަށްވާ އަބްދުﷲ ރާބިއު އާއި އައިޝަތު ފަޒުނާ އަހުމަދު އާއި ނާފިޒާ އަލީގެ އިތުރުން އަހުމަދު ތައުފީގު ކޯޓުގެ އަޑުއެހުމަށް ހާޒިރުކޮށްދެއްވުމަށް ދީދީގެ ވަކީލް ވަނީ އެދިލައްވައިފައެވެ.

ދީދީގެ ވަކީލްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ އިބްރާހިމް ދީދީގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އަނބުރާ ގެންދިޔުމަށް ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ވަނީ މައްސަލަ އަލުން މުރާޖާ ކުރުމަށް އަނބުރާ ގެންދާ ވާހަކަ ކަމަށެވެ. އަދި އިބްރާހިމް ދީދީ އަށް ޕީޖީ އޮފީހުން ސިޓީ ފޮނުވީ މައްސަލަ އަނބުރާ ގެންދިޔުމަށް ފަހު އެ ސިޓީގައިވާ ކަންކަން މުރާޖާ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލަށް ކުރެވޭނެ ކަމެއް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުވާ ކުރި މައްސަލަ އެއް އަނބުރާ ގެންދިއުމަށް ފަހު އެ މައްސަލަ އެއް އަލުން މުރާޖާ ކުރުމަށް ފަހު އެ މައްސަލަ އެއްގައި ދައުވާ ކުރުމަކީ ޕީޖީ އަށް ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ބާރެއް ކަމަށެވެ.

ނަމަވެސް ދީދީގެ ވަކީލް ވީވިދާޅުވީ ކުރިން އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އަނބުރާ ގެންދިޔައީ ދައުވާ ނުކުރަން ނިންމުމަށް ފަހު ކަމަށް ޕީޖީ އޮފީހުން އިބްރާހިމް ދީދީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމަށެވެ. އަދި އެ އެންގުން އެންގީ ޕީޖީގެ ބިއުރޯ އިން އޭރުގެ ޑިރެކްޓަރު މުހައްމަދު އިޔާޒު ކަމަށްވާތީ އޭނާ ވެސް ކޯޓަށް ހާޒިރުކޮށްދިނުމަށް ދީދީގެ ވަކީލް ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.

މީގެއިތުރުން ދީދީގެ ވަކީލް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމަށް ފަހު އެ މައްސަލަ އެއް އަނބުރާ ގެންދިއުމަށް ފަހު ދައުވާ ނުކުރަން ނިންމައިފިނަމަ ދެން އެ މައްސަލައެއްގައި އަލުން ދައުވާ ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. ހަމަ އެހެންމެ ވިލިނގިލީ ކޯޓުން ކުރިން ނިންމާފައިވާ ނިންމުމެއް އަލުން ދައުވާކޮށް ޝަރިއަތް ހިންގާތީ އެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާކަން ވެސް އިބްރާހިމް ދީދީގެ ފަރާތުން ފާހަގަކުރިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލް ކުރީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައިވަނިކޮށް، ދެވަނަ ފަހަރަށް ދައުވާ ކުރުމުން ކަމަށެވެ. އެއީ މި މައްސަލާގައި ކަން ހިނގިގޮތާ ޚިލާފު ކަމެއް ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.

އަޑުއެހުމުގައި ކުރިއަށް ދިޔައީ ޝަރީއަތް ފެށުމުގެ ކުރިން އިބްރާހިމް ދީދީގެ ފަރާތުން ހުށަހެޅި ކަންތައްތަކާ ބެހޭގޮތުން ވާހަކަދެއްކުމެވެ. ނަމަވެސް ހުށަހެޅި ކަންތައްތަކާ ގުޅޭ ގޮތުން ތަފްސީލީގޮތެއްގައި ވާހަކަދައްކަން ބޭނުންވާ ކަމަށް އިބްރާހިމް ދީދީގެ ވަކީލު ވިދާޅުވެފައިވާތީ އެކަމަށް އިތުރު އަޑުއެހުމެއް ބާއްވަން ގާޒީ އަލީ އާދަމް ނިންމެވިއެވެ.

އެގޮތުން މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 18 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް