Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖު

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ނުދޭން ނިންމައިފި

ބޮޑެތި ބަލިތަކުގެ ސަބަބުން ވިސާ ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު އެހެން މީހަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ލިބިގެންދާނެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 18 އޮކްޓޯބަރު 2025 | ހޮނިހިރު 11:59
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް

ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ދޫނުކުރުމަށް ސަޢުދީ ސަރުކާރުން ނިންމައިފިކަމަށް، ދިވެހި ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުން ފެށިގެން ތަންފީޒުކުރަން ނިންމާފައިވާ މި ބަދަލާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ ހިތުގެ ބޮޑެތި ބަލިތަކާއި، ކިޑްނީގެ ބޮޑެތި ބަލިތަކާއި، ނާރުގެ ބަލިތަކާއި، ޑިމެންޝާ ނުވަތަ ހަނދާންނެތޭ ބަލި ފަދަ ނުރައްކާތެރި ބަލިތައް ހުންނަ ފަރާތްތަކަށް ހައްޖު ވިސާ ދޫނުކުރުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ.

މިހެން ދެންނެވި ނަމަވެސް ބައްޔެއް އަދި ހުރިނަމަވެސް ވިސާ އިޝޫ ނުކުރާނެއެކޭ ނޫން. އޭގެ ބޮޑު ކުޑަމިނަށް ބައްލަވާނެ އެބޭފުޅުން [ސައުދީގެ ޙައްޖު މިނިސްޓްރީ]. އެހެންވީމަ ހައްދަވަންޖެހޭ ޓެސްޓުތަކެއް ހައްދަވައި، އެ ބޭފުޅެއްގެ ސިއްޙީ ހާލަތު ހުރި ގޮތް ހާމަވީމަ އޭގެ އެއްޗެއް ދަންނަވާލަން އެނގޭނީ. މިސާލަކަށް އާދައިގެ ހިތުގެ މައްސަލައެއް ހުރުމަކުން ނޫނީ ކިޑްނީގެ ކުޑަކުޑަ މައްސަލައެއް ހުރުމަކުން މީގަ އަދި މައްސަލަތަކެއް ނާންނާނެ
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް

މި ބަދަލާ ގުޅިގެން، ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ ފަރާތްތަކުން ދުރާލާ މެޑިކަލް ޓެސްޓުތައް ހަދަންޖެހޭނެއެވެ. އަދި މި ޓެސްޓުތައް ޙައްޖު ކޯޕަރޭޝަނުގެ މެޑިކަލް ޓީމުން ބަލައި، އިތުރު ޓެސްޓުތަކެއް ހަދަންޖެހޭނަމަ އެކަން އެ ފަރާތްތަކަށް އަންގާނެ ކަމަށް ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިސާ ލިބޭކަން ނުވަތަ ނުލިބޭކަން އެނގޭނީ އެ ރިޕޯޓު ސައުދީގެ ޙައްޖު މިނިސްޓްރީއާ ހިއްސާ ކުރުމުންކަމަށް ވެސް ޝަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް، ބޮޑެތި ބަލިތަކުގެ ސަބަބުން ވިސާ ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު އެހެން މީހަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ލިބިގެންދާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ހައްޖު ވިސާހައްޖު ކޯޕަރޭޝަންމުހައްމަދު ޝަކީލު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ހައްޖު ކޯޕަރޭޝަނުން ވަނުން ދިފާއުކުރައްވާ ސައީދު ވާހަކަދައްކަވައިފި

28 އޮކްޓޯބަރު 2025
ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ހައްޖު ކޯޕަރޭޝަނުން ވަނުން ދިފާއުކުރައްވާ ސައީދު ވާހަކަދައްކަވައިފި
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
07 އޯގަސްޓު 2025

އެމްޑީ ޝަކީލް ހިމެނޭހެން ހައްޖު ކޯޕަރޭޝަންގެ ވެރިންގެ ވިޔަފާރި ކުންފުންޏެއް - އާއްމުންގެ ފާޑުކިޔުންތައް އިންތިހާ!

07 އޯގަސްޓު 2025
އެމްޑީ ޝަކީލް ހިމެނޭހެން ހައްޖު ކޯޕަރޭޝަންގެ ވެރިންގެ ވިޔަފާރި ކުންފުންޏެއް - އާއްމުންގެ ފާޑުކިޔުންތައް އިންތިހާ!
05 އޯގަސްޓު 2025

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި
21 އެޕްރީލު 2025

ފުލުހުންނާއި، ސިފައިން ހިމެނޭ ގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހައްޖުގެ އަޅުކަމަށް ދޫކުރާ ސްލޮޓްތަކުގައި ހައްޖަަށް ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

21 އެޕްރީލު 2025
ފުލުހުންނާއި، ސިފައިން ހިމެނޭ ގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހައްޖުގެ އަޅުކަމަށް ދޫކުރާ ސްލޮޓްތަކުގައި ހައްޖަަށް ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު