Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އިންތިހާބު

އިބްރޭގެ ޓީމުން ނަމޫނާ ދައްކާ، އަހުމަދު އަބްދުﷲ އަށް ތާއީދުކޮށްފި

20 އޮކްޓޯބަރު 2017 | ހުކުރު 21:14

އިންތިހާބެއްގައި ގިނަ ކެންޑިޑޭޓުން ވާދަކުރުމުން ޕާޓީ ވަރުގަދަ ވެގެންދާނެ: އިބްރޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 20 އޮކްޓޯބަރު 2017 | ހުކުރު 21:14
އިބްރާހިމް ވަހީދުގެ ކެމްޕެއިން ޓީމް، އަހުމަދު އަބްދުﷲގެ ކެމްޕެއިން ޓީމާއި އެކު

އިބްރާހިމް ވަހީދުގެ ކެމްޕެއިން ޓީމް، އަހުމަދު އަބްދުﷲގެ ކެމްޕެއިން ޓީމާއި އެކު

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމު، އަހުމަދު އަބްދުﷲ ކާމިޔާބްކޮށްފިކަން ގަބޫލްކޮށް ވާދަވެރި ކެންޑިޑޭޓް އިބްރާހިމް ވަހީދު (އިބްރޭ)، އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދަންނަވައިފިއެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީގެ މަގާމަށް ތިން ބޭފުޅުން ކުރިމަތި ލައްވާފައިވާއިރު، އިބްހާރިމް ވަހީދު އަކީ އަހުމަދު އަބްދުﷲ އާއި ވާދަކުރި އެއް ކެންޑިޑޭޓެވެ. އެމްޑީޕީން މިހާތަނަން އިއުލާން ކުރި ވަގުތީ ނަތީޖާއިން އަހުމަދު އަބްދުﷲ ކުރި ހޯއްދަވާފައިވާއިރު، އިބްރާހިމް ވަހީދުގެ މުޅި ކެމްޕޭން ޓީމް ވަނީ އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދަންނަވައި، އޭނާ އަށް ތާއީދުކޮށްފައެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހު މެންދަމު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ގިނަ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީ ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށާއި، އަހުމަދު އަބްދުﷲ އިންތިހާބު ކާމިޔާބު ކުރިކަން ގަބޫލުކުރައްވާ ކަމަށެވެ.

އިބްރާހިމް ވަހީދު އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދަންނަވަނީ

"ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިހާބުތައް ބާއްވަމުންދާއިރު، އިންތިހާބުގައި ގިނަ މީހުން ވާދަކުރުމަކީ ޕާޓީ ވަރުގަދަ ވެގެންދާނެ ކަމެއް. ގިނަ މީހުން ވާދަކުރުމަކީ އެންމެންނަން ކާމިޔާބުވާނެ ކަމެއް ނޫން. ކޮންމެވެސް އެކަކަށް އެންމެންގެ ތެރެއިން ކާމިޔާބު ލިބޭނީ. އަހުމަދު ވަނީ އިންތިހާބު ކާމިޔާބުކޮށްފައި" އިންތިހާބުގައި ވާދަކުރި އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އިބްރާހިމް ވަހީދުގެ ކެމްޕެއިން މެނޭޖަރު، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު ވިދާޅުވީ، އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ މި ގައުމުގައި ޑިމޮކްރަސީ ވަރުގަދަކޮށް، އެޕާޓީން ބޭނުންވާ ވިސްނުމަށް ގައުމު ގެންދަން ކަމަށެވެ. އެޕާޓީގެ އެތެރޭގެ އިންތިހާބުން އެ ނަމޫނާ ދެއްކުމަށް ފަހު، ދެން މަސައްކަތް ކުރާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެޕާޓީން ކާމިޔާބުކުރަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިބްރާހިމް ވަހީދުގެ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ވާދަވެރި ކެމްޕެއިން ހަރަކާތްތަކަށްފަހު އިންތިހާބު ނިމިގެން ދިޔައީ ނަމޫނާ އިންތިހާބެއްގެ ގޮތުގައި ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ކުރާނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒެއިނާ ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ

އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދެންނެވުމަށް ފަހު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ، މި ދައްކައިދިނީ ސިޔާސީ ޕާޓީއެއް ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރާނެ ގޮތުގެ ފުރިހަމަ ނަމޫނާއެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލާފައިވާއިރު ވާދަވެރި ކެމްޕެއިންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އިބްރާހިމް ވަހީދު (އެންސްޕާ އިބްރޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
10 ފެބުރުއަރީ 2017

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް