Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ދުރު މަންޒިލަށް ހަމަލާ ދެވޭ ހަތިޔާރު ފޯރުކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވައިފި

25 އޮކްޓޯބަރު 2025 | ހޮނިހިރު 05:46

އިނގިރޭސިވިލާތުގެ ލަންޑަން ގައި ކުރިއަށް ދިޔަ މަޝްވަރާ ގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ، ޔުކްރެއިން އަށް ޓޮމަހޯކް މިސައިލްތައް ލިބިދާނެ ކަމުގެ ބިރު ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން އަށް އިޙުސާސްވުމާ އެކު، މަޝްވަރާތަކަށް ތައްޔާރުވެފައިވާ ކަމަށް އިއުލާން ކުރި ކަމަށެވެ.

ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ޤައުމަށް ދުރު މަންޒިލަށް ހަމަލާދެވޭ ހަތިޔާރުތައް ހޯދުމަށް ކޮލިޝަން އޮފް ދަ ވިލިންގ ގައި ހިމެނޭ ޤައުމުތަކަށް ގޮވާލައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޮކްޓޯބަރު 2025 | ހޮނިހިރު 05:46
ކޯލިޝަން އޮފް ދަ ވިލިންގެ ބައްދަލުވުމުގައި ޒެލެންސްކީ ވާހަކަ ދައްކަވަނީ

ކޯލިޝަން އޮފް ދަ ވިލިންގެ ބައްދަލުވުމުގައި ޒެލެންސްކީ ވާހަކަ ދައްކަވަނީ

ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމައިގައި، ދުރު މަންޒިލަށް ހަމަލާ ދެވޭ ހަތިޔާރު ޔުކްރެއިން އަށް ފޯރުކޮށްދިނުމަށް އެ ޤައުމުގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ގޮވާލައްވައިފި އެވެ.

ޔުކްރެއިންއާ އެކުވެރި ޤައުމުތައް ކަމަށްވާ "ކޯލިޝަން އޮފް ދަ ވިލިން"އާ އެކު ބޭއްވި މަޝްވަރާގައި ޒެލެންސްކީ ގޮވާލައްވާފައި ވަނީ، ދުރު މަންޒިލަށް ހަމަލާ ދެވޭ ޓޮމަހޯކް މިސައިލް ޔުކްރެއިން އަށް ފޯރުކޮށްދިނުމަށެވެ.

އިނގިރޭސިވިލާތުގެ ލަންޑަން ގައި ކުރިއަށް ދިޔަ މަޝްވަރާ ގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ، ޔުކްރެއިން އަށް ޓޮމަހޯކް މިސައިލްތައް ލިބިދާނެ ކަމުގެ ބިރު ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން އަށް އިޙުސާސްވުމާ އެކު، މަޝްވަރާތަކަށް ތައްޔާރުވެފައިވާ ކަމަށް އިއުލާން ކުރި ކަމަށެވެ.

މިހާރު ވެސް ޔުކްރެއިން އިން ދަނީ އެ ޤައުމުގެ އަމިއްލަ ހަތިޔާރުތައް ބޭނުން ކޮށްގެން ރަޝިޔާގެ އެތެރޭގައި ހުރި ހަކަތައިގެ މަރުކަޒުތަކާއި، އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. އެހެން ނަމަވެސް، ރަޝިޔާ އަށް އިތުރަށް ބާރު އެޅުމަށްޓަކައި އެމެރިކާގެ ޓޮމަހޯކް މިސައިލް ހޯދުމަށް ޔުކްރެއިން އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް އެ މިސައިލްތައް ލިބިފައި ނުވެ އެވެ.

ޤައުމު ތަކުގެ ލީޑަރުންނާ އެކު އޮތް މަޝްވަރާގައި ޒެލެންސްކީ މިފަދައިން ގޮވާލައްވާފައިވާއިރު، މިއީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމައިގައި އިތުރު ކުރިއެރުން ތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް ކަމުގައި ފާހަގަ ކުރެވެ އެވެ. އަދި ދުރު މަންޒިލަށް ހަމަލާ ދެވޭ ހަތިޔާރުތައް ލިބިއްޖެ ނަމަ، ރަޝިޔާއާ އެކު ސުލްޙަވެރި ޙައްލެއް ހޯދުމަަށް މަގު ފަހިވެގެން ދާނެ ކަމަށް ވެސް ޔުކްރެއިން އިން ދެކެ އެވެ.

ޒެލެންސްކީ މިފަދައިން ގޮވާލައްވާފައިވާއިރު، ދާދި ފަހުން އޭނާ ވަނީ އެމެރިކާގެ ރައީސް ޑޮނަަލްޑް ޓްރަމްޕްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އޮތް އެ ބައްދަލުވުމުގައި ވެސް ޒެލެންސްކީ ވަނީ ޓޮމަހޯކް މިސައިލް ހޯދުމަށް އެމެރިކާގެ ކިބައިން އެދިފަ އެވެ. ނަމަވެސް، އެ ބައްދަލުވުމުގެ މައުލޫމާތު އިނގޭ ބައެއް މަސްދަރު ތަކުން ބުނެފައި ވަނީ ޓްރަމްޕް ހުންނެވީ ޔުކްރެއިން އަށް ހަތިޔާރު ފޯރޮކޮށްދިނުމުގެ ވިސްނުމުގައެއް ނޫނެވެ.

މީގެ އިތުރުންް، މަސްދަރު ތަކުން ބުނެފައި ވަނީ އެ ބައްދަލުވުމުގައި ވެސް ޓްރަމްޕް ޒެލެންސްކީ އަށް ބާރު އަޅުއްވާފައި ވަނީ ރަޝިޔާ އިން އެދިފައިވާ ގޮތަށް ޔުކްރެއިންގެ ބިމުން ބައެއް ދޫކޮށްލުމަަށެވެ. އަދި ރަޝިޔާއާ އެކު ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށާއި، އެހެން ނޫން ނަމަ ގަދަ އަލިފާނުގައި ޔުކްރެއިން އަނދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ރަޝިޔާ އިން އެދިފައި ވަނީ ޔުކްރެއިންގެ ބިމުން ބައެއް އެ ޤައުމަށް ދޫކޮށްލުމަށެވެ. ނަމަވެސް، ތަކުރާރުކޮށް ޒެލެންސްކީ ވިދާޅުވަމުން ގެންދަވަނީ ޔުކްރެއިން އިން އެފަދަ ހުށަހެޅުކަަށް އެއްބަސް ނުވާނެ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލައި، ސުލްޙަވެރިވާން ޖެހޭނީ އެއްވެސް ޝަރުތެއް ނެތި ކަމަށް ވެސް ޒެލެންސްކީ އަންނަނީ ވިދާޅުވަމުންނެވެ.

މަސްދަރު: ރޮއިޓާސް

ވުލެޑިމިއަރ ޒެލެންސްކީވްލަޑިމިއަރ ޕުޓިންކޮލިޝަން އޮފް ދަ ވިލިންގރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް