Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

ހިޔާ ފްލެޓްގައި ކަރަންޓް ޝޯޓްވެ ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓް 11ވަނަ ޓަވަރުގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓްވުމުގެ ސަބަބުން އަލިފާން ރޯވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 22 އޮކްޓޯބަރު 2025 | ބުދަ 10:18
ހިޔާ 11 ވަނަ ޓަވަރުގެ 3ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ރޯވި އަލިފާންގަނޑު

ހިޔާ 11 ވަނަ ޓަވަރުގެ 3ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ރޯވި އަލިފާންގަނޑު

ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި، އަލިފާން ރޯވެފައިވަނީ އެ ޓަވަރުގެ 3 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓްވުމުގެ ސަބަބުންނެވެ. މި ހާދިސާގެ މަޢުލޫމާތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 11:25 ހާއިރުގައެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފްއިން އިތުރަށް ހާމަކުރިގޮތުގައި، މަޢުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަވަސް ފިޔަވަޅުތަކެއް އަޅައި، އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަން އެމްއެންޑީއެފްއިން ފާހަގަކުރިއެވެ.

ނަމަވެސް، އަލިފާނުގެ ސަބަބުން އެޕާޓްމަންޓުގެ ބެލްކަންޏަށް ބައެއް ގެއްލުންތައް ވެފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ގޭގައި ބޭނުންކުރާ ކަރަންޓު ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ހިޔާ ފްލެޓްހުޅުމާލެ ފޭސް 2އެމްއެންޑީއެފްފަޔަރ އެންޑް ރެސްކިޔުއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
09 ޑިސެމްބަރު 2025

ގިނަ ހިދުމަތްތަކާ އެކު އީވް ކްލިނިކް ވިނަރެސް، ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

09 ޑިސެމްބަރު 2025
ގިނަ ހިދުމަތްތަކާ އެކު އީވް ކްލިނިކް ވިނަރެސް، ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު