Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްލޮވޭކިއާ

ސްލޮވޭކިއާގެ ބޮޑު ވަޒީރު އަވާހާރަކޮށްލަން ހަމަލާ ދިން މީހާގެ މައްޗަށް 21 އަހަރުގެ ޖަލު ޙުކުމެއް

ތަހުގީގަށް ދީފައިވާ ބަޔާނުގައި އޭނާ ބުނެފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޚާއްސަ ޕްރޮސެކިއުޝަން އޮފީސް އުވާލުމާއި، ޔުކްރެއިން އަށް ދެމުން އައި އަސްކަރީ އެހީ ހުއްޓާލުމާއި އަދި ސަގާފަތާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

72 އަހަރުގެ ޖުރާޖް ސިންޓުލާ އަކީ ސްލޮވޭކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯއަށް ހަމަލާދީ މީހާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 01:05
ސްލޮވޭކިއާގެ ބޮޑު ވަޒީރު ފިކޯ އަށް ހަމަލާ ދިން ދުވަހު، ފަރުވާ ހޯދުމަށް ގެންދާ މަންޒަރު

ސްލޮވޭކިއާގެ ބޮޑު ވަޒީރު ފިކޯ އަށް ހަމަލާ ދިން ދުވަހު، ފަރުވާ ހޯދުމަށް ގެންދާ މަންޒަރު

ސްލޮވޭކިއާގެ ބޮޑު ވަޒީރު ރޮބާޓް ފިކޯ އަވަހާރަކޮށްލަން ހަމަލާ ދިން މީހާގެ މައްޗަށް 21 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފި އެވެ.

ސްލޮވޭކިއާގެ ކޯޓަކުން އެ މައްސަލައިގެ ޙުކުމް އިއްވާފައި ވަނީ އަންގާރަ ދުވަހު އެވެ. އެ މައްސަލައިގައި ޙުކުމް ކޮށްފައި ވަނީ އުމުރުން 72 އަހަރުގެ ޖުރާޖް ސިންޓުލާގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތު ވެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށެވެ.

ބޮޑު ވަޒީރު ފިކޯ އަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ މިދިޔަ އަހަރު އެވެ. އެގޮތުން 2024 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އެ ހަމަލާ ދީފައި ވަނީ، ސްލޮވޭކިއާގެ ވެރި ރަށް ބްރަޓިސްލާވާ 140 ކިލޯ މީޓަރު އުތުރުގައި އޮންނަ ހެންޑްލޯވާ ރަށުގައި ސަރުކާރުގެ ބައްދަލުވެމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، އާންމުންނާ ބައްދަލު ކުރައްވަމުން ދަނިކޮށެވެ.

ސްލޮވޭކިއާގެ ބާންސްކާ ބިސްޓްރިކާގައި ހުންނަ ސްޕެޝަލައިޒްޑް ކްރިމިނަލް ކޯޓުުން މި ޙުކުމް އިއްވާފައިވާއިރު، ސިންޓުލާ އަށް ކޯޓުގެ ޙުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

ބޮޑު ވަޒީރަށް އަމާޒުކޮށް ސިންޓުލާ ހަމަލާ ދިނުމާ އެކު، ހަމަ އެ ވަގުތު ވަނީ އޭނާ ހައްޔަރު ކޮށްފަ އެވެ. ހައްޔަރު ކުރުމަށް ފަހު އޭނާގެ ތަހުގީގު ފަށާފައިވާއިރު، ތަހުގީގުގައި އޭނާ ބުނެފައި ވަނީ އޭނާ އަކީ ޓެރަރިސްޓެއް ނޫން ކަމަށެވެ.

ހަމަލާގައި ބޮޑު ވަޒީރު ފިކޯގެ ބަނޑަށް ވަނީ ވަޒަން އަރައިފަ އެވެ. އެ ހަމަލާއާ ގުޅިގެން ބޮޑު ވަޒީރު ވަނީ ފަސް ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އޭގެ ދެ ދުވަސް ފަހުން، ދެ ގަޑިއިރުގެ އިތުރު އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. އޭގެ ފަހުން މިހާރު ބޮޑު ވަޒީރުގެ ޙާލު ކޮޅު ރަނގަޅު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ ހާދިސާގެ ފަހުން ފިކޯ ވަނީ ގިނަ ދުވަސް ތަކެއް ވަންދެން އަސާ ގެ އެހީގައި އުޅުއްވައިފަ އެވެ.

ހަމަލާ އަށް ފަހު ފިކޯ އަތް ގަނޑުގެ އެހީގައި ހިންގަވާފައި ވަޑައިގަންނަވަނީ
ހަމަލާ އަށް ފަހު ފިކޯ އަތް ގަނޑުގެ އެހީގައި ހިންގަވާފައި ވަޑައިގަންނަވަނީ

ސިންޓުލާ ބުނެފައިވާ ގޮތުގައި، ބޮޑު ވަޒީރަށް ހަމަލާ ދިނުމަށް އޭނާ އެ އަމަލު ހިންގަން ޖެހުނީ ސަރުކާރުގެ ސިޔާސަތުތަކާ ހިތްހަމަ ނުޖެހޭތީ އެވެ. ތަހުގީގަށް ދީފައިވާ ބަޔާނުގައި އޭނާ ބުނެފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޚާއްސަ ޕްރޮސެކިއުޝަން އޮފީސް އުވާލުމާއި، ޔުކްރެއިން އަށް ދެމުން އައި އަސްކަރީ އެހީ ހުއްޓާލުމާއި އަދި ސަގާފަތާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

ސްލޮވޭކިއާގެ ބޮޑު ވަޒީރު ކަމުގެ ހަތަރު ވަނަ ދައުރެއް މިހާރު ފުރުއްވަމުން ގެންދަވާ ފިކޯ އަކީ އެ ޤައުމުގައި ވަރަށް ޚިޔާލު ތަފާތު ލީޑަރެކެވެ. އެންމެ ފަހުން ބޮޑު ވަޒީރު ކަމުގެ މަގާމަށް އޭނާ ވަޑައިގެންނެވީ 2023 ވަނަ އަހަރު އޮތް އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.

ފިކޯ އަކީ ރަޝިޔާ އަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ފަރާތެއްގެ ގޮތުގައި ފާހަގަވެފައިވާ ލީޑަރެކެވެ. އަދި އޭނާ އަކީ އެމެރިކާއާ ދެކޮޅަށް ސިޔާސަތުތައް ގެންގުޅޭ ލީޑަރެކެވެ. މި ސަބަބުތަކާ ހުރެ، އޭނާގެ ސިޔާސަތުތަކާއި، އޭނާގެ ސަރުކާާތާ ދެކޮޅަށް ވެރި ރަށް ބްރަޓިސްލާވްގައި ގިނަ އިހުތިޖާޖު ތަކެއް ކޮށްފައިވެ އެވެ.

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް

ރޮބަޓް ފިކޯސްލޮވާކިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ސްލޮވާކިޔާގެ ބޮޑުވަޒީރަށް ހަމަލާދީ ޒަޚަމް ކޮށްލައިފި

ސްލޮވާކިޔާގެ ބޮޑުވަޒީރަށް ހަމަލާދީ ޒަޚަމް ކޮށްލައިފި

15 މެއި 2024
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު