Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާ ވިއްކުން

މެމްބަރު އިބްރާހިމް ދީދީގެ ވިސްނުމަކީ ސަވާހިލީ ގައި ބަނގުރާ ވިއްކޭނެ ގޮތެއް ހެދުން ކަމަށް އޭނާ ވިދާޅުވެއްޖެ

ޔޫރަޕްގެ ފަތުރުވެރިންގެ އުފާވެރި ދިރިއުޅުމަށް ރާ ފަދަ ވަސީލަތްތައް މުހިންމު، އެގޮތުން ސަވާހިލި ޕްރައިވެޓް ތަނެއްގެ ގޮތުގައި ތަރައްގީކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިބީ ދެކޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2025 | ހޯމަ 17:06
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ)

ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ)

އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮންނަ، ސަވާހިލި، ފޭދޫގެ އިހުތިސާސުން ވަކިކޮށް، އެތަނުގައި ޓޫރިސްޓުންނަށް ރާ ވިއްކުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ގެންގުޅުއްވާ ވިސްނުމެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ފޭދޫގައި ވަކި ކައުންސިލެއް ހެދުމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން ސަވާހިލި، ފޭދޫގެ އިހުތިސާސުން ވަކިކޮށް، އެތަނުގައި ޓޫރިސްޓުންނަށް ރާ ވިއްކުމުގެ އިންތިޒާމު ހަމަޖެއްސުމަކީ އޭނާގެ ވިސްނުމެއްކަން ހާމަވީ މިކަމާ ބެހޭ ގޮތުން އޭނާ ދައްކަވާފައިވާ ވާހަކައިންނެވެ. އެވާހަކަތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އޯޑިއޯ އަކުން ވަނީ ފަޅާ އަރާފައެވެ.

Advertisement - newsAdvertisement

މި އޯޑިއޯގައި އައިބީ ވިދާޅުވެފައިވަނީ، ޔޫރަޕްގެ ފަތުރުވެރިންގެ އުފާވެރި ދިރިއުޅުމަށް ރާ ފަދަ ވަސީލަތްތައް މުހިންމުކަމަށާއި، އެގޮތުން ސަވާހިލި ޕްރައިވެޓް ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ގެސްޓުން ދާކަށް ނުޖެހޭނެ އެހާ ދުރަށް ރާ ނުބޮވިގެން. އާންމުކޮށް އަހަރުމެން ގަބޫލުކުރާ ގޮތުގައި ޔޫރަޕް މީހުންނަށް ބޭނުންވާނެ. ދެން އަހަރުމެން ދެން ބުނާނީ އެމީހުން އަންނާނެއޭ އެއްޗެއް ނުލިބުނަސް. ރަނގަޅު އެއްޗެއް ނުލިބުނަސް އެމީހުން އަންނާނެ. އެކަމަކު އެމީހުންގެ އުފާވެރި ދިރިއުޅުމަކީ އެމީހުން އުޅޭއިރު މި ވަސީލަތްތައް
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ)

އައިބީ ފާހަގަކުރެއްވި ގޮތުގައި، ގާނޫނީ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުން މަނާވެފައިވީ ނަމަވެސް، ސަވާހިލި އަކީ މިވަގުތު ވަކިން އޮތް ރަށަކަށްވާތީ، އެތަނުގައި މި ޚިދުމަތް ފޯރުކޮށްދިނުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ސަވާހިލި އާއި ކަފަތަޅާ ގުޅުވާލައިގެން، ބީޗް ހަދައި ރިސޯޓެއްގެ ގޮތުގައިވެސް ތަރައްގީކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ ގާނޫނު އޮންނަ ގޮތުން މީހުން އުޅޭ ތަންތަނުގައި ރަލެއް ނުވިއްކޭނެ. އެގޮތަށް ބަލާއިރު ސާވިހިލިއަކީ ރަށާ ގުޅިފައި އޮތް ތަނެއް ނޫން. ވަކިން އޮތްތަނެއް. ހުޅުދޫ ކޮޅުގައި ހެރެތެރެ ވެސް އޮންނަނީތާ. ހަމަ ބްރިޖަކުން ދެވޭތާ.
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ)

ފޭދޫ ޓޫރިޒަމް ޒޯނަށް އަންނަ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި، ސަވާހިލި ސާވިސް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން އުސޫލީ ހުއްދަ ދީފައިވީ ނަމަވެސް، މިހާތަނަށް ރަސްމީ ހުއްދައެއް ދީފައެއް ނުވެއެވެ. މިވަގުތު އެރަށުގައި ބީޗެއްވެސް ނެތްކަން ފާހަގަކުރެވެއެވެ.

އައްްޑޫ ސިޓީފޭދޫސަވާހިލިއިބްރާހިމް ދީދީފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު