Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާސާރީ ސަރަހައްދުތައް

މާއެނބޫދޫގެ ނައިބުތުއްތުގެ ޒިޔާރަތް ހިމެނޭ ސަރަހައްދު ވީރާނާ ވަނީ، މިނިސްޓަރު ވިދާޅުވަނީ އާސާރީ ސަރަހައްދުތައް ހިމާޔަތް ކުރަނީ އެރަށެއްގެ ކައުންސިލަކުން މިނިސްޓްރީ އަށް އެންގުމުން ކަމަށް

އާސާރީ ތަންތަން ތަރައްގީކުރުމަށް ކައުންސިލުތަކުން އިސްވެ އެންސީސީއެޗްއަށް ލިޔުންތައް ފޮނުވަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2025 | ހޯމަ 08:56
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވާހަކަދައްކަވަނީ

އަތޮޅުތެރޭގެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި، ސަރަހައްދުތައް ހިމާޔަތްކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ އެރަށުގެ ކައުންސިލަކުން އިސްނަގައިގެން، އެކަން މިނިސްޓްރީއަށް ހުށަހެޅުމުން ކަަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު ވަނީ، ދ.މާއެނބޫދޫގައިވާ ނައިބުތުއްތުގެ ޒިޔާރަތް ހިމެނޭ ސަރަހައްދަކީ އާސާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އެތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެގެންދާ ކަމަށާއި، އެސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރާނީ ކޮންއިރަކުންތޯ ނުވަތަ އެސަރަހައްދު ތަރައްގީ ކުރުމުގެ އެއްވެސް ޕްލޭނެއް އެބައޮތްތޯ ސުވާލު ކުރެއްވިއެވެ.

Advertisement - newsAdvertisement

މިސުވާލުތަކާއި ގުޅިގެން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ރަށްރަށުގައި ހުރި މި ބާވަތުގެ ސަރަހައްދުތައް ތަރައްގީ ކުރުމާއި، ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަނީ އެރަށްރަށުގެ ކައުންސިލްތަކުން އިސްވެ އެކަން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމުން ކަމަށެވެ. އަދި ނެޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖް (އެންސީސީއެޗް)އަށް ލިޔުންތައް ފޮނުވުމުން މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.

އާދެ ހަގީގަތުގައި ވެސް ވަރަށް ތާރީހީ ތަނެއް އެއީ އެނގޭތޯ. ތާރީހީ ހަގީގަތްތަކަކާ ގުޅިފައިވާ ތަނެއް. ހަމަ އަޅުގަނޑުކުރިން ތިބާވަތުގެ ސުވާލަށް އެރުވި ޖަވާބު މިފަހަރު ވެސް ދަންނަވާލަން އޮތީ. އެއީ ރަށްރަށުގައި ހުންނަ މި ބަވާތުގެ ސަރުކާރުގެ ނުވަތަ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ހުންނަ ތަންތަން މަރާމާތު ކުރުމުގައި އެތަންތަނުގެ ކައުންސިލްތަކުން ކަމާބެހޭ ފަރާތްތަކުން ވުޒާރާގެ މަރުކަޒަށް އެންސީސީއެޗްއަށް ގުޅިގެން ލިޔުންތައް ފޮނުވައިގެން ކުރިއަށް ގެންދާ ގެންދިއުމެކޭ އޮންނަނީ. ސީދާ ވަކިތަނެއްގެ ވާހަކަ ވިދާޅުވީމަ އަޅުގަނޑު ޖެހޭނީ ބަލާލަން. އެކަމަކު އެއޮންނަ އުސޫލުން ކުރިއަށްދާނެ. އެބޭފުޅުންގެ ހުށަހެޅުންތައް އައިމަ އެއާ ހަވާލުވެ ކުރިއަށްދާނެ.
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު

މީގެ އިތުރުން ރައްޔިތުން މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވަނީ އއ.އުކުޅަހުގައި ހުރި ހުކުރު މިސްކިތް ވީރާނާ ވަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފައެވެ. އަދި މެންބަރު ސަމީރު ވަނީ އއ. އުކުޅަސް ހިމެނޭ ގޮތަށް ތޮއްޑޫ، ރަސްދޫގައި އާސާރީ ސަރަހައްދުތައް ތަރައްގީ ކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ފެނިފައިނުވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެގެންދާއިރު، އެސަރަހައްދުތައް ތަރައްގީ ކުރުމަކީ އިތުރު އާމްދަނީ ރަށަށް ލިބޭނެ ކަމެއްގެ ގޮތުގައި މެންބަރު ސަމީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް މި ސުވާލުތަކަށް ވެސް މިނިސްޓަރު އާދަމް ނަސީރު ސީދާ ޖަވާބެއް ދެއްވާފައިނުވެއެވެ.

ހުރިހާ ރަށްރަށެއްގައި ހުރި ހުރިހާ ތަންތަނަކީ ވެސް މުހިންމު ތަންތަން. އަދި އެތަންތަނުގެ ނިސްބަތުން އެތަންތަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން މިދަނީ ކުރަމުން. ކަމާބެހޭ އެތަންތަނުގެ ރަސްމީ ފަރާތްތަކާއި އަޅުގަނޑުމެން ބައްދަލުކޮށް ވާހަކަ ދައްކާ ބައެއް ފަހަރު އެބޭފުޅުން މިކޮޅަށް ވަޑައިގަންނަވައިގެން އަޅުގަނޑުމެން އެކޮޅަށް ގޮސްގެން އިރުޝާދުތައް ދެމުން އެމަސައްކަތް ހިނގަމުން އެބަދޭ. އެއީ މިކަން މި ހިނގާ ގޮތަކީ. ދެން ވަކި ތަރުތީބަކުން ވަކި ގޮތަކަށް އެހާލަތަކަށް އެންމެ އިސްކަން ދެވޭ ތަނަކަށް މިކަހަލަ ބަދަލުތަކެއް ގެނެވޭތޯ އެބަ މަސައްކަތް ކުރަން. އެހެންވީމަ އެތަރުތީބުން މިދަނީ
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު

އާސާރީ ސަރަހައްދުތައް ބަލަހައްޓައި، އެތަންތަނުން ރަށަށް އާމްދަނީ ލިބޭގޮތް ހޯދައިދިނުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ. އަދި އެކަމަށް ޚާއްސަ މިނިސްޓްރީ އެއް އުފެއްދާފައިވީ ނަމަވެސް މިސަރުކާރުގެ މިހާތަނަށް ރަށްރަށުގައި ހުރި އާސާރީ ބިނާތަކާއި، ސަރަހައްދުތައް ހިމާޔަތް ކުރުމަށް އަމަލީ މަސައްކަތެއް ކޮށްފައިނުވާތާނގައި އެތަންތަން ދަނީ އިތުރަށް ވީރާނާ ވަމުންނެވެ.

އާދަމް ނަސީރުހުސެއިން ހަމީދުމާއެނބޫދޫނައިބުތުއްތުގެ ޒިޔާރަތްއެންސީސީއެޗްއާސާރީ ތަންތަން

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

20 އޮކްޓޯބަރު 2025
ބާރުގަދަ ވަޒީރުންނާ "ފައިޓް" ދެވޭނެ މެންބަރެއް އިމްތިޔާޒާއި ސުލޫކު ކޮމިޓީގައި ނެތް - މެމްބަރު އަސްލަމް

ބާރުގަދަ ވަޒީރުންނާ "ފައިޓް" ދެވޭނެ މެންބަރެއް އިމްތިޔާޒާއި ސުލޫކު ކޮމިޓީގައި ނެތް - މެމްބަރު އަސްލަމް

13 މެއި 2025
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

22 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު