Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާދަމް ނަސީރު

ބާރުގަދަ ވަޒީރުންނާ "ފައިޓް" ދެވޭނެ މެންބަރެއް އިމްތިޔާޒާއި ސުލޫކު ކޮމިޓީގައި ނެތް - މެމްބަރު އަސްލަމް

މައްސަލަ ހައްލު ކުރަންޖެހޭނީ އެންމެ މަތިން ފެށިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 މެއި 2025 | އަންގާރަ 17:30
Your browser does not support the video tag.
0:00 / 0:00

މިނިސްޓަރ އާދަމް ނަސީރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަސްލަމް

ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ބާރުގަދަ ވަޒީރުންނާ "ފައިޓް" ދެވޭނެ މެމްބަރެއް އިމްތިޔާޒާއި ސުލޫކު ކޮމިޓީގައި ނެތް ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު މަޖިލީހަށް ހާޒިރުވެ ވަޑައިގެން ދޮގު މައުލޫމާތު ދެއްވާފައިވާތީ މަޖިލިހުގެ އިމްތިޔާޒް އާއި ސުލޫކު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން މެމްބަރު އަސްލަމް ވިދާޅުވީ ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަމަލުކުރި ގޮތަށް ބަލާއިރުގައި މާ އަޖައިބުވާ ކަންތައްތަކެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު ވިދާޅުވީ ލިޔެކިޔުމަށް ބަލާއިރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ބަލާއިރު މާޒީގެ ތަޖުރިބާއަށް ބަލާފައި ކުރިއަށް ދެވޭނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. މެމްބަރު ވިދާޅުވީ މި [ދޮގު ހެދުން] އެއީ އެންމެން ވެސް މަޖިލީހަށް އައިސް ކުރާ ކަންތައް ކަމަށެވެ. އަދި މިއީ ހަމައެކަނި ހެރިޓޭޖް މިނިސްޓަރުގެ ކަމެއް އެކަންޏެއް ނޫން ކަމަށެވެ.

ދެން ޕީއެންސީގެ ވާހަކަ ދެއްކީމައި. ހަގީގަތަށް ހިނގާ އަޅުގަނޑުމެންދާން. މިއެއް ނުއެއް ބެލޭނެ. ޕީއެންސީގެ މެޖޯރިޓީއެއް މިތާ އޮތީ. ޕީއެންސީގެ ސަރުކާރެއް ޕީއެންސީގެ ވަޒީރެއް. ޒިންމާދާރެއް ނުވެސް ކުރެވޭނެ. މިތާ ތިބެ ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑު ވޯޓެއް ނުދޭނަން. އެއީ ވަރަށް ސާފުކަމެއް.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް

އަސްލަމް ވިދާޅުވީ މި މައްސަލައިގައި މާ އަޖައިބުވާނެ ކަމެއް ނެތް ކަމަށެވެ. އަދި ޒިންމާދާރު ކުރުވަން ޖެހޭނީ އެންމެ މަތިން ކަމަށެވެ.

މިއީ ދެން އަނެއްހެން ހާޒިރީގައި ސޮއިކޮށްލާފައި އެލަވަންސް ނަގަން ރަނގަޅު. އެހެން ނޫނިއްޔާ ބޭކާރު މަސައްކަތެއް މިއީ. މިތަނަށް އަންނާނެ ބަދަލެއްވެސް ނޯންނާނެ. އަޒާން ހުށަހެޅުއްވި ގޮތަށް އަޅުގަނޑުމެންނަށް ސިޓީއެއްވެސް ފޮނުވިދާނެ. މިތަނަށް ގެންނަންވެސް ގެނެވިދާނެ. ހަމަ އެކައްޗެކޭ ކިޔާނީ. އެއަކުން އަންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ. އެއް އަހަރު އަޅުގަނޑުމެން ތަޖުރިބާ މިކުރީ ހަމަ މި ލެވެލްގައި. މިއީ ހަގީގަތް. މީގައި ކަމެއް ސާފުކުރިޔަސް، ކަމެއް ރަނގަޅު ކުރިޔަސް، އަޅުގަނޑުމެން ފަށަން ޖެހޭ ހިސާބުން ފަށައިގެން ނޫނީ ރަނގަޅެއް ނުވާނެ. އެންމެ ފުރަތަމަ މި މަޖިލިސް، ދެން އެންމެ މައްޗަށް ތިބި މީހުން.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް

މެންބަރު އަސްލަމް ވިދާޅުވީ ހެރިޓޭޖް މިނިސްޓްރީ އަކީ އޮންނަންޖެހޭ ތަނެއްވެސް ނޫން ކަމަށެވެ. އެއީ ގައުމަށް ބޭނުންވާ މިނިސްޓްރީއެއްވެސް ނޫން ކަމަށެވެ. މެންބަރު އަސްލަމް ވިދާޅުވީ ބާރުގަދަ ވަޒީރުންނާއި ކަމެއް ނިންމާލަން "ފައިޓް" ދެވޭނެ މެންބަރެއް ސުލޫކު ކޮމިޓީގައި ނެތްކަމަށެވެ.

މެމްބަރު އަސްލަމް ވިދާޅުވީ ކޮމިޓީގައި ތިބީ އެއަށްވުރެ މާ "ކުދި" މެންބަރުން ކަމަށެވެ. ހަށިގަނޑުން ބޮޑުވިޔަސް މެމްބަރުންގެ ސައިޒު ކުޑަކަމަށް އަސްލަމް ވިދާޅުވިއެވެ.

އިމްތިޔާޒާއި ސުލޫކު ކޮމިޓީއަހުމަދު އަސްލަމްއާދަމް ނަސީރުދޮގު މައުލޫމާތު ދިނުންރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު