Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޫޓުވައިފި މުޒާހަރާ

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުން: ބަންދާއި މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

18 އޮކްޓޯބަރު 2025 | ހޮނިހިރު 13:14

އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން ދޫނިދޫ ޖަލުގައި 6 މީހުން އެއްވެސް ދައުވާއެއް އުފުލުމެއް ނެތި ބަންދުގައި ތިބޭތާ ހޮނިހިރު ދުވަހަށް 15 ދުވަސް ހަމަވާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 އޮކްޓޯބަރު 2025 | ހޮނިހިރު 13:14
ސިޔާސީ ހައްޔަރީން ދޫކޮސްލުމަށް ގޮވާލާ އެމްޑީޕީ އިން ފެށި ހާއްސަ ހަރަކާތުގެ ތެރެއިން

ސިޔާސީ ހައްޔަރީން ދޫކޮސްލުމަށް ގޮވާލާ އެމްޑީޕީ އިން ފެށި ހާއްސަ ހަރަކާތުގެ ތެރެއިން

މި ހިނގާ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު، އެ މީހުން ކޯޓަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް ވިދާޅުވި ގޮތުގައި އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެ ކަން ފުލުހުން ވަނީ މިހާރު އަންގާފައެވެ. އަދި އެ މީހުން ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހު ހެނދުނު 10:00 ގައެވެ. އެކަން ފުލުހުން އަންގާފައި ވަނީ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

3 އޮކްޓޯބަރގެ ބޮޑު މުޒާހަރާގައި ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ މީހުންނަކީ ކުރީގެ މަޖްލިސް މެމްބަރުން ކަމަށްވާ ޔައުގޫބް އަބްދުﷲ، ޔާސިރު އަބްދުއްލަތީފް، މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހް، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު އެވެ.

ކުރީގައި 15 ދުވަހަށް އެ މީހުން ބަންދުގައި ބޭތިއްބުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށްދިނުމަށް ހައްޔަރު ކުރި ފަރާތްތަކުގެ ޤާނޫނީ ޓީމުން އެދިފައިވެއެވެ. މުޒާހަރާ އިން ހައްޔަރު ކުރި މީހުން ބަންދުގަ އިތުރަށް ބަހައްޓަންޖެހޭ ފަދަ ހާލަތެއް ނެތްކަމަށް އެމްޑީޕީގެ ޤާނޫނީ ޓީޟުން ވެސް ވަނީ ބުނެފައެވެ.

ނަމަވެސް 15 އޮކްޓޯބަރގައި ކޯޓުން ނިންމާފައި ވަނީ އެ އެ މީހުން ބަންދުގައި ބޭތިއްބުމަށް ކުރީގެ އަމުރުތައް ބަދަލު ކުރަންޖެހޭ ކަމަށް ނުވަތަ މުރާޖާކުރަން ޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ. އަދި ކޯޓުން މި ނިންމުން ނިންމާފައިވަނީ އާމުކޮށް ކަންކުރާ ގޮތައް ނޫންކަމަށް ވެސް މައުރޫފް ފާހަގަކުރެއްވިއެވެ.

އެއްވެސް ކުށެއްގެ ދައުވާއެއް އުފުލުމެއް ނެތި 6 މީހުން ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ ހޮނިހިރު ދުވަހަށް 15 ދުވަސް ހަމަވާނެއެވެ.

މި މުޒާހަރާ އިން ހައްޔަރު ކުރި މީހުން ހައްޔަރު ކުރީ ސިޔާސީ ބޭނުމަކަށް، ޤާނޫނާއި ޚިލާފަށް ކަމަށް އެ ފަރާތްތަކުގެ ޤާނޫނީ ވަކީލުންނާއި އާއްމުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން މުޒާހާރާގެ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ މާލޭގެ އިތުރުން، ހައްޔަރުކުރެވުނު ފަރާތްތައް ނިސްބަތްވާ ރަށްރަށުގައި ވެސް އެމްޑިޕީ އިން އިސްނަގައިގެން ތަފާތު ހަރަކާތްތައް ހިންގަމުންދެއެވެ.

ހަމައެހެންމެ ދައުލަތުގެ ބަންދުގައި ތިބި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވަމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހެޅުމަށް އެމްޑީޕީން މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މިހާރުގެ މަޖިލީހުން ދީފަ އެއް ނުވެއެވެ.

އެމްޑީޕީކްރިމިނަލް ކޯޓްލޫޓުވައިފި މުޒާހަރާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް