Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޫޓުވައިފި

ލޫޓުވައިފި މުޒާހަރާ އިން ބަންދުކޮށް 6 މީހުން ޖަލުގައި ގެންގުޅޭތާ ހޮނިހިރު ދުވަހަށް 15 ދުވަސް

ކުށެއްގެ ތުހުމަތުގައި ދައުވާ އެއް އުފުލުމެއް ނެތި 6 މީހުން ޖަލުގައި ބަންދުކޮށްގެން ތިބުމާއެކު އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ބައެއް މީހުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރި

ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2025 | ހުކުރު 11:08
ސޮލާޙް ދޫކޮށްލުމަށް ގޮވާލައި މާފުށީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. 11.10.2025

ސޮލާޙް ދޫކޮށްލުމަށް ގޮވާލައި މާފުށީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. 11.10.2025

އޮކްޓޯބަރު 3 ވަަނަ ދުވަހު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ އިން 6 މީހުން ހައްޔަރު ކޮށް ޖަލުގައި ގެންގުޅޭތާ ހޮނިހިރު ދުވަހަށް 15 ދުވަސް ވާނެއެވެ.

އެއްވެސް ކުށެއްގެ ތުހުމަތުގައި ދައުވާ އެއް އުފުލުމެއް ނެތި 6 މީހުން ޖަލުގައި ބަންދުކޮށްގެން މިހާ ގިނަ ދުވަހު ގެންގުޅުނީ ރައީސް މުއިއްޒުގެ ސަރުކާރުގެ އަނިޔާވެރިކަމުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

Advertisement - newsAdvertisement

މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައި ތިބި ހަ މީހުންގެ ބަންދުގެ މުއްދަތު މުރާޖައުކޮށްދިނުމަށް ބަންދުގައި ތިބި މީހުންގެ ގާނޫނީ ވަކީލުން އެދުމުން ވެސް "ހާލަތު ބަދަލު ނުވާ" ކަމަށް ބުނެ ބަންދުގެ މުއްދަތު ވަނީ ދަމަހައްޓާފައެވެ.

އެއްވެސް ކުށެއްނެތި، އަދި ގާނޫނާ ޚިލާފަށް ބަންދުގައި ބައިތިއްބާތީ ބަންދުކޮށްފައި ތިބުމުން އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ބަންދު ކުރި ބައެއް މީހުން ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ވެސް ކޮށްފައެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް ވިދާޅުވީ، ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް ހުށަހެޅުމުން ކޯޓުން އަމަލު ކޮށްފައިވަނީ މީގެ ކުރިން މިފަދަ ކަންކަމުގައި އަމަލު ކުރާ ގޮތައް ނޫން ކަމުގައެވެ. އަދި ބަންދުގައި ތިބި އެންމެން ވެސް ތަހުގީގަށް ބަރާބަރަށް އެއްބާރުލުން ދީފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ފުލުހުންގެ ބާރުގެ ބޭނުން ކޮށްގެން ހައްޔަރުކޮށް އަދި ފަހުން 15 ދުވަހަށް ބަންދުގެ މުއްދަތު ޖެހި 6 މީހުންނަކީ:

  1. މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  2. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  3. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  4. އަލީ ޖުމާން
  5. އަޒްމީ އަލީ
  6. ހަސަން ޝާކިރު

މުއިއްޒު ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށް ފަހުން ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ހަލަފު އިބްރާހިމް އެވެ.

އެމްޑީޕީއިހުތިޖާޖުލޫޓުވައިފި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު