Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ މުޒާހަރާ

ކޮލެޖު ނިންމައި ގެއަށް ދިޔަ މަގުމަތީ 18 އަހަރުގެ ކުއްޖަކު ރޭ ހައްޔަރު ކުރިކަން ހާމަވެއްޖެ

މުޒާހަރާއިން ހައްޔަރުކުރެވުނު ހަތް މީހުންގެ ތެރެއިން ބައެއް ފަރާތްތަކުގެ ބަންދަށް 15 ދުވަސް ޖެހި

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2025 | ހޮނިހިރު 18:41
މީހަކު ހައްޔަރު ކުރަނީ

މީހަކު ހައްޔަރު ކުރަނީ

އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ކޮލެޖް ނިންމާފައި ގެއަށްދިޔަ 18 އަހަރުގެ ކުއްޖަކު ހައްޔަރުކުރިން ހާމަވެއްޖެ އެވެ.

ކޮލެޖު ނިންމައި ގެއަށް ދިޔަ މަގުމަތީ ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ ޖަވާހިރުމާގެ މުހައްމަދު ހަލަފް އިބްރާހީމް އެވެ. އޭނާ ހައްޔަރުކުރީ، ކޮލެޖް ނިންމާފައި ގެއަށް ދަނިކޮށް މަގުމަތީގައި އެއްވެފައިތިބި މީހުންގެ ތެރޭގައި ތާށިވެފައި ހުއްޓައެވެ. ކޯޓުން އޭނާ ދޫކޮށްލުމަށް ނިންމީ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ޟަރޫރަތެއް ނެތްކަމަށް ފެނުމުންނެވެ. ނަމަވެސް އޭނާ ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކަކާ އެކުގައެވެ.

Advertisement - newsAdvertisement

ފުލުހުން މި ކުއްޖާގެ މައްޗަށް ކުރާ ތުހުމަތަކީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ތުހުމަތެވެ. މުޒާހަރާއިން ހައްޔަރުކުރެވުނު ހަތް މީހުންގެ ތެރެއިން ހަލަފް ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއްގެ ބަންދު ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.

ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް، ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެއެވެ. މި ތިން ފަރާތުގެ ބަންދުވެސް ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.

މުޒާހަރާގެ ތެރެއިން ޕެޕާ ސްޕްރޭ އާއި ތޫނު އަޑު ފޮނުވާ އާލާތް (އެލްއާރްއޭޑީ) ބޭނުންކުރުމުންނާއި ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން އެމްޑީޕީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަން ފާހަގަކުށްލެވެ އެވެ.

އެމްޑީޕީން ފާހަގަކުރި ގޮތުގައި އެލްއާރްއޭޑީއަކީ އިވުމުގެ ހިއްސަށް އަސަރުކޮށް، ބޯ އަނބުރައި، ހޮޑުލެވުން ފަދަ އެތައް ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާ އާލާތެކެވެ. މި ބާވަތުގެ އާލާތްތައް ބޭނުންކުރުމަކީ މުޒާހަރާކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވެދާނެ ކަމެއް ކަން ފަހަގަކޮށް އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީމާލެޔާސިރު އަބްދުއްލަތީފްއިހުތިޖާޖުއެލްއާރްއޭޑީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު