Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ލޫޓުވައިފި" ބޮޑު އެއްވުން

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ނުކުތް ބޮޑު ކްރައުޑް ފެނި ސަރުކާރުގެ "ބޮޓުން" ނަށް ކެތް ނުކުރެވިގެން ދޮގު ފަތުރަނީ

3 އޮކްޓޯބަރު 2025 | ހުކުރު 19:00

ލޫޓުވައިފި ލޫޓުވައިފި އެއްވުމަށް 10،000 އާއި ގާތްކުރާ އަދަދެއްގެ މީހުން ބައިވެރިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 3 އޮކްޓޯބަރު 2025 | ހުކުރު 19:00
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން: މި އެއްވުމުގައި އެތަކެއް ހާސްބަޔަކު އަންނަނީ ބައިވެރިވަމުން

ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން: މި އެއްވުމުގައި އެތަކެއް ހާސްބަޔަކު އަންނަނީ ބައިވެރިވަމުން

އިދިކޮޅު އެމްޑީޕީން އިންތިޒާމު ކޮށްގެން މާލޭގައި މިހާރު ކުރިޔަށް ދާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ނުކުތް ބޮޑު ކްރައުޑް ފެނި ރައީސް މުއިއްޒުގެ ސަރުކާރުގެ ބޮޓުންނަށް ކެތް ނުކުރެވިގެން ދޮގު ޚަބަރުތައް ފަތުރަން ފަށައިފި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ގައުމު ލޫޓުވަމުން ގެންދާތީ ދިވެހި ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކަށް ކެތް ނުކުރެވި އެތައް ހާސްބަޔަކު އަންނަނީ ބޮޑު އެއްވުމުގައި ބައިވެރިވެ އެމީޙުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ގައުމު ލޫޓުވައިފި ނަމުގައި އާޓިފިޝަލް ބީޗުގައި ކުރިޔަށް ދާ ބޮޑުއެއްވުމަށް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ބައިވެރިވެފަ އެވެ. އެގޮތުން އިދިކޮޅުން ލަފާ ކުރާ ގޮތުގައި މި އެއްވުމުގައި 10،000 އާއި ގާތްކުރާ އަދަދަކަށް ވަނީ މީހުން ބައިވެރިވެފަ އެވެ.

މިހާގިނަ ބަޔަކު އެއްވެ ރައީސް މުއިއްޒުގެ ޚުދުމުހުތާރު ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުން ގެންދާއިރު، މި މަންޒަރު ފެނި ރައީސް މުއިއްޒުގެ ސަރުކާރުން ކަޅު ފައިސާ ދީގެން ހިންގާ ޓީވީ ޗެނަލްތަކާއި އޮންލައިން މީޑިއާތަކުގެ އިތުރުން ރައީސް މުއިއްޒަށް ސަނާކިޔާ ބޮޓުންތަކަށް ވަނީ ބޮޑު ހައިރާންކަމަކާއި ސިހުމެއް ލިބިގެން ގޮސްފަ އެވެ.

އެހެން ކަމުން އެ ފަރާތްތަކަށް މި މަންޒަރު ވަރަށް ސާފުކޮށް ފެނި ސިހުން ލިބުނު ނަމަވެސް މި އެއްވުމާއި ގުޅިގެން ތަފާތު ދޮގުވާކަތަށް ސޯޝަލް މީޑިއާގައާއި ސަރުކާރަށް ސަނާކިޔާ ނޫސްތަކުގެ ފަލަސުރުކީ ތަކުގައި ދަނީ ލިޔަމުންނެވެ.

އެގޮތުން މި އެއްވުމަށް ދިޔައީ މަދު މީހުންކޮޅެއް ކަމަށާއި އެންމެ ފަހުން ވެރިކަން ކުރާ ޕާޓީ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއަށް ވެސް އެއަށްވުރެ ގިނަ މީހުން ދިޔަކަމަށް ބުނެ އަންނަނީ ތަކުރާރުކޮށް ދޮގު ފަތުރަމުންނެވެ.

ބައެއް މީހުން، އެއްވެ ތިބި މީހުންގެ ކުޑަ ތަންކޮޅެއް ފޮޓޯ ނަގައިގެން ރައީސް މުއިއްޒު ހިތްޕުޅު އުފާކުރެއްވުމަށް ސޯޝަލް މީޑިއާއަށް މި ފޮޓޯތަށް އަންނަނީ ޝެއާކުރަމުންނެވެ. ހަގީގަތް އޮޅުވާލުމަށެވެ.

މިއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ރައީސް މުއިއްޒުއަށް ތާއީދު ކުރާ ފަރާތްތަކަށް ހަޖަމް ނުވެގެން ކުރަމުން ގެންދާ އަމަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރައީސް މުއިއްޒުއެމްޑީޕީލޫޓުވައިފިއާޓިފިޝަލް ބީޗުމާލެޕީއެންސީލޫޓުވައިފި, ލޫޓުވައިފި އެއްވުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް