Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެއްވާތީ ބިރުން ނުކުރާ ކަމެއްނެތް. މިވަރުން ދަންޏާ ހެންވޭރަށް އެރުންވެސް މަނާވެދާނެ

ހުކުރު ދުވަހު އެމްޑީޕީން ބާއްވާ އެއްވުމަށް ކުޑަތަންވަމުންދާއިރު އެއެއްވުމަށް މީހުން ދިޔަ ނުދިނުމަށް ސަރުކާރުން ދަނީ ތަފާތު ކަންކަން ކުރަމުންނެވެ. ކުރީގެ ވައުދުތައް އަލުން އާކޮށް ފުލުހުންނާއި ސިފައިންގެ އޮޕަރޭޝަންތައްވެސް ބާއްވަން ފަށައިފިއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2025 | ބުދަ 13:36
އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަން

އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަން

އޮކްޓޯބަރު 3 ވާ ހުކުރު ދުވަހު އެމްޑީޕީން ބާއްވާ އެއްވުމަކީ ގިނަބަޔަކު އެފަދަ އެއްވުމަކަށް އެދިއެދި ތިއްބާ ބާއްވާ އެއްވުމެކެވެ. ސަރުކާރުގެ އަމަލުތައް ހުރިގޮތުން ގިނަ ބަޔަކު ތިބީ ނުރުހި އެކަމަށް އަޑު އުފުލަން ބޭނުން ވެފައެވެ. މިއީ އިދިކޮޅު އެމްޑީޕީން އެފަދަ ކަމެއް ނުކުރާތީ ހިސާބަކަށް ކުދިކިޔަކިޔާ ތިއްބާ ބާއްވަން ނިންމި އެއްވުމެކެވެ.

ދެނެކާ ދެނެއް ނެތެވެ. އެއްވުން ބާއްވަން ކުޑަތަންވާއިރު ސަރުކާރުން ހީވަނީ އެއްވުން ބާއްވާތީ ބިރުން ރޫރޫ އަޅާހެންނެވެ. އެއެއްވުމަށް މީހުން ގެންދިއުމަށް އެމްޑީޕީން ކުރާ މަސައްކަތަށްވުރެ ބޮޑު މަސައްކަތެއް ކުރަމުންދަނީ އެއްވުމަށް މީހުން ދިޔަ ނުދިނުމަށް ސަރުކާރުންނެވެ.

އެއްވުމުގެ އޮފު ކަނޑުވާލާ އެއްވުމުގެ ރާގު އެހެންގޮތަކަށް ބަދަލު ކުރުމަށް ސަރުކާރުން ފުރަތަމަފެށީ ސަރުކާރުން ފައިސާ ދީގެން ގެންގުޅޭ ކުދިންކޮޅު ލައްވައި ސޯޝަލް މީޑިޔާ ހިންގާލާށެވެ. ތަފާތު ޕޯސްޓް ތައް ހަދަހަދައިގެން އެކްސް އެކައުންޓް ތަކާއި ފޭސްބުކްގައި ދައުރު ކުރަން ފެށީކީ ތިޔަހެނެއް ނޫނެވެ. ސަރުކާރުގެ ސިޔާސީ މަގާމް ތަކުގައި ތިބި މީހުން ހޭވައްޓާލާފައި ކުރަމުން އެދަނީ އެކަމެވެ. ދައުލަތުގެ ޓީވީންވެސް ނުސީދާކޮށް އެކަމުގައި އިސްދައުރެއް ކުޅެމުންދަނީއެވެ.

ދެން އެއައީ ކުއްލި އޮޑިޓް ރިޕޯޓެކެވެ. ފެނަކައިގެ ކޮރަޕްޝަނޭ ވައްކަމޭ ކިޔައިގެން އެ ނެރުނު ރިޕޯޓްވެސް އެ ނެރުއްވީ މީހުން ހުކުރަށް ގޮސް ތިއްބައެވެ. ސަރުކާރު ބަންދުގަޑިއެއްގައެވެ. އޮޑިޓަރ ޖެނެރަލް ހުކުރު ވިލޭރޭ ދަންވަރު ހޭލާ ހުރެގެން ސްކޫލް ކުއްޖެއްހެން ގަޑިޖެހެންވާއިރަށް ސަބްމިޓް ކުރަން ޖެހުނު އެސައިންމެންޓެއް ހެންނެވެ. އެރިޕޯޓް ނެރެންވާއިރަށް ސަރުކާރުން އެއާ ގުޅުވާ ފަތުރަން ރާވާފައިހުރި ވާހަކަތަކުގެ ޕޯސްޓްތައް އޮއްސާލިއެވެ. އެރިޕޯޓްގައި އޮންނާނެ އެއްޗެއް ކުރިން އެނގިތިބެ އެކަމަށް ތައްޔާރުވެގެން ތިބި ގޮތަކަށެވެ.

އެވަރުންވެސް ގުޑާ ގޮތެއް ނުވިއެވެ. ސަރުކާރުން ކުރާ ޕޯސްޓްތަކަށް ލިބޭ ޑިސްލައިކާ، އޭގެ ރައްދުގައި ކޮށްފައި ހުންނަ ކޮމެންޓްތަކުން އެކަން ވައިގާ ހިފާ ގޮތެއް ނުވިއެވެ.

ދެން އެބިންދާލީ އެހެން ރާޅެކެވެ. ކުރިން ވައުދުވެ ނުފުއްދިފައި ހުރި ވައުދުތަކުގެ މަތިން ކުއްލިއަކަށް ހަންދާން ވީއެވެ. ފުއްދަން ބުނި ތާރީޚްތައް ފަހަނައަޅާގޮސް އަހަރުވާން ގާތްވެފައިހުރި ކަންކަން ކުރާން އަނެއްކާ އިތުރު ތާރީޚް ތަކެއް ދޭން ފެށީއެވެ. މުސާރަ ބޮޑު ކުރުމެވެ. ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑު ކުރުމެވެ. ފަންނާނުންނަށް ލޯނު ދޫކުރުމެވެ. މަހުގެ އަގު 20 ރުފިޔާއަށް ގަންނަން ނިންމުމެވެ. ކެޔޮޅުންގެ ބައްދަލު ވުމެވެ. އައްޑޫ ޝަންގިރިއްލާ ހުޅުވުމެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ކުއްލިއަކަށް މުއިއްޒުއާއި ސާޖިދާ ފުޓްބޯޅަ ކުލަބުތައް ސްޕޕޮންސަރވެސް ކުރަން ފެށީއެވެ.

ސަރުކާރުން އެވަރު ކުރަމުންދާއިރުވެސް އެއްވުމުގެ ފޯރި ކުޑަވާތަނެއް ނުފެނުނެވެ. ގިނަ ބަޔަކު ފާޅުގައާއި ސިއްރު ސިއްރުން އެއްވުންމަށް ތާއީދު ކުރުން އެދަނީ ފަތުއަޑު ކިޔާފައެވެ. ރަށްރަށުން މާލެ އައުމުގެ ދަތުރުތައް އެދަނީ ހަދަމުންނެވެ.

މިއީކީ ސަރުކާރަށް ތަހައްމަލް ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. އެއާއެކު އަނެއްކާ އަނެއްކުޅި ފެށީއެވެ. ކުއްލިއަކަށް ފުލުހުން ރަޔަޓް ގިޔަރުގައި މަގުމައްޗަށް ނެރުނީއެވެ. ގޭންގުތައް އޮޕަރޭޓްކޮށް ބިރުވެރި ކަންތައްތަކެއް ހިންގަފާނެ ކަމުގެ ތުހުމަތު ހިމަނައި ވަރުގަދަ ބަޔާނެއްވެސް ނެރުނީއެވެ. ދުވަސްވަރަކަށް ނުވާ ދުވަސްވަރެއްގައި ކަނޑުދަތުރުކުރާ އުޅަނދުތައްވެސް ޗެކް ކުރަން ފެށީއެވެ.

ކޮންމެއަކަސް އެމްޑީޕީއަށްވުރެ އެއްވުމުގެ ކަންތަކުގައި ހޭބޯ ނާރާ އުޅޭތަން ފެންނަނީ ސަރުކާރުންނެވެ. އެއްވުމަށް މީހުން ނުކުމެދާނެތީއެވެ. ސަރުކާރުދެކެ މީހުން ރުޅިއަންނަ، ނޫނީ ނުރުހޭ މިންވަރު ހާމަވެދާނެތީއެވެ. އެކަމަށްޓަކައި އެވަރު ކުރަމުންދާއިރު ހުކުރު ވިލޭރެއިން ފެށިގެން އެއްވުން ނިމެންދެން ހެންވޭރުކޮޅަށް އެރުންވެސް މަނާވާ ހިސާބަށްވެސް ކަންކަން ހިނގައިދާނެއެވެ.

އެމްޑީޕީއެމްޑީޕީ ސަރުކާރުފެނަކައޮޑިޓަރ ޖެނެރަލްހެންވޭރު3 އޮކްޓޯބަރ މުޒާހަރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު