Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކޮންޓްރޯލު ބިލު

މުއިއްޒުގެ ޖައްބާރު ކަމުގެ ކުރިމަތީގައި ސާބިތުކަން ދައްކަން ޖެހޭ ވަގުތު މިއޮތީ: ޝެއިޚް އިމްރާން

ބިލު ތަސްދީގު ކުރުމުން ދޭހަވަނީ މުއިއްޒުގެ 'އީގޯ" ކަމަށް އިމްރާން ވިދާޅުވި

ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 11:58
އިމްރާން އަބްދުﷲ

އިމްރާން އަބްދުﷲ

ރައީސް މުހައްމަދު މުއިއްޒުގެ ޖައްބާރު ކަމުގެ ކުރިމަތީގައި ސާބިތުކަން ދައްކަން ޖެހޭވަގުތު މިއޮތީ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މީޑިއާތައް ކޮންޓްރޯލު ކޮށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތައް ފަރުމާކޮށްފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން އިމްރާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ގޮވާލެއްވީ، "ކުޑަކޮށް ވެސް ދުލެއް ނުދީ ރައީސް މުއިއްޒުގެ ދޮގާ، ކަރަޕްޝަނާ، ފަސާދަޔާ، ދައުލަތް ހިންގަން ނޭނގި ލާހޫރޭ ވާހަކަ އިހުނަށްވުރެ ގަދަޔަށް،" ދައްކަންވީ ކަމުގައެވެ.

Advertisement - newsAdvertisement

ނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ "ރައީސް މުއިއްޒުއާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑުކޮށް އަޅުގަނޑުމެންގެ ހިއްސާ ދިވެހި ގައުމުގައި އޮންނާނެ." ކަމަށެވެ.

ރާއްޖެ އާ ރާއްޖެ އިން ބޭރުގެ ގިނަ ފަރާތްތަކަކުން މި ބިލާ ދެކޮޅަށް އަޑު އުފުލާ، ބިލު ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމަށް ގޮވަމުން ގެންދަނިކޮށް މުއިއްޒު މި ބިލު ބުރާސްފަތި ދުވަހު ތަސްދީގު ކުރުމާ ގުޅިގެން އިމްރާން ވިދާޅުވީ، "މިފަދަ ކޮންމެ ކަމަކުން އެނގި ހާމަވާ އެންމެ ބޮޑު އެއް ކަމަކީ ރައީސް މުއިއްޒުގެ “އީގޯ” ކަމުގައެވެ.

"ކިތަންމެ ގިނަ ޤާނޫނެއް ހެދިޔަސް ރައީސް މުއިއްޒު އަށް ދެނެއް ދިވެހިރައްޔިތުންގެ ތާއީދެއް ނުލިބޭނެ އަދި ރައްޔިތުން ތަޅުއަޅުވާ މައިތިރި ވެސް ނުކުރެވޭނެ،" ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

މި ހާލަތުގައި މި ބިލު ފާސްކުރުމަކީ ރައްޔިތުންގެ އާދޭސްތައް ބޮލާލާ ޖެހުން ކަމަށާއި، ރައްޔިތުންގެ ވިންދާ ދިމާ ދެކޮޅަށް މިފަދަ ކަން ކަން ކުރުމަކީ މުޅި ޤައުމާއި ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމަށް ވެސް ޕޯސްޓެއްގައި އިމްރާން ވިދާޅުވިއެވެ.

"ގައުމާ ރައްޔިތުންނަށް ބޮޑެތި ގެއްލުންވާ ކަން ކަން ކުރީމަ ރައްޔިތުން ކުޅިބަލާކަށް ނުތިބޭނެ." ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ ރެގިއުލޭޝަން ބިލުކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲމީޑިއާ ކޮންޓްރޯލް ބިލު

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

22 އޮކްޓޯބަރު 2025
މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި
13 އޮކްޓޯބަރު 2025

ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި

13 އޮކްޓޯބަރު 2025
ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި
07 އޮކްޓޯބަރު 2025

މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް

07 އޮކްޓޯބަރު 2025
މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް
25 ސެޕްޓެމްބަރު 2025

މީޑިއާ ރެގިއުލޭޓް ކުރުމަށް ތަސްދީގު ކުރި ގާނޫނު އުވާލުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައފި

25 ސެޕްޓެމްބަރު 2025
މީޑިއާ ރެގިއުލޭޓް ކުރުމަށް ތަސްދީގު ކުރި ގާނޫނު އުވާލުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައފި
24 ސެޕްޓެމްބަރު 2025

ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި

24 ސެޕްޓެމްބަރު 2025
ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު