Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްރެސް ފްރީޑަމް

މީޑިއާ ކޮންޓްރޯލު ބިލާ ދެކޮޅަށް އިހުތިޖާޖު ކުރާ ނޫސްވެރިންގެ އަގު ވައްޓާލަން ހިންގާ "ހަޑިމުޑުދާރު ކެމްޕޭން" އައިއެފްޖޭ އިން ކުށްވެރި ކޮށްފި

ސަރުކާރުން ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް އިހުތިޖާޖު ކުރާ ނޫސްވެރިންގެ އަގު ވައްޓާލުމުގެ ކެމްޕޭން ހިންގަނީ ސަރުކާރު އަޑީގައި އޮވެގެން ކަމަށް ތުހުމަތު ކުރެވޭ

ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2025 | ހޯމަ 13:14
ސަރުކާރުގެ ތާއީދާ އެކު "މީޑިއާ ކޮންޓްރޯލް ބިލު" ކޮމިޓީ މަރުހަލާ ގައި ފާސް ކުރަން އުޅޭތީ ނޫސްވެރިން މަޖިލިސް އިދާރާގެ ބޭރުގައި ކަންބޮޑުވުން ފާޅު ކޮށް ވާހަކަ ދައްކަނީ - 15 ސެޕްޓެމްބަރު 2025

ސަރުކާރުގެ ތާއީދާ އެކު "މީޑިއާ ކޮންޓްރޯލް ބިލު" ކޮމިޓީ މަރުހަލާ ގައި ފާސް ކުރަން އުޅޭތީ ނޫސްވެރިން މަޖިލިސް އިދާރާގެ ބޭރުގައި ކަންބޮޑުވުން ފާޅު ކޮށް ވާހަކަ ދައްކަނީ - 15 ސެޕްޓެމްބަރު 2025

"މީޑިއާ ކޮންޓްރޯލު ބިލް' އާ ދެކޮޅަށް އިހުތިޖާޖު ކުރާ ނޫސްވެރިންގެ އަގު ވައްޓާލައި އަބުރު ކަތިލަން ހިންގާ ކެމްޕޭން އައިއެފްޖޭ އިން ކުށްވެރި ކޮށްފި އެވެ.

އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް - އައިއެފްޖޭ އިން އެކްސް ގައި ކުރި ޕޯސްޓެއް ގައި ބުނެފައިވަނީ، އެކްސް އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ މެމްބަރުންނަށް އަމާޒުކޮށް ކުރެވެމުންދާ އޮންލައިން ފުރައްސާރަ އާއި އަބުރު ގެއްލޭފަދަ ކެމްޕޭންތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

Advertisement - newsAdvertisement

މިކަންކަން ކުރެވެމުން ދަނީ ސަރުކާރުން ހުށަހަޅާފައިވާ 'މީޑިއާ ކޮންޓްރޯލް ބިލް' އާ ދެކޮޅަށް އެމްޖޭއޭ އިން ކުރަމުންދާ ހަރުދަނާ އިހުތިޖާޖަށް ދޭ ސީދާ ރައްދެއްގެ ގޮތުން ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ.

"މި ހަޑިމުޑުދާރު އުކުޅުތަކަކީ ނޫސްވެރިންނަށް ބިރުދެއްކުމަށާއި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި ކުރެވޭ މަސައްކަތް ހުއްޓުވުމަށް ކުރެވޭ މަސައްކަތެކެވެ."

އައިއެފްޖޭ އިން އެމްޖޭއޭ އާއެކު ތިބޭނެ ކަމަށާއި އަދި ނޫސްވެރިންގެ މަސައްކަތަށް އިހްތިރާމު ކުރުމަށް ދިވެހި ސަރުކާރަށާއި އާންމު ރައްޔިތުންނަށް ގޮވާލާ ކަމަށް ބުނެފައިވެއެވެ.

އަދި އޮންލައިން ކޮށް ކުރެވޭ ހުރިހާ ބާވަތެއްގެ ފުރައްސާރަތައް އައިއެފްޖޭ އިން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.

ނޫސްވެރިންގެ ހައްގުތައް ރައްކައުތެރި ކުރުމަށް މަސައްކަތް ކުރާ އައިއެފްޖޭ އަކީ، 146 ގައުމެއްގެ ހަ ލައްކަ އަށް ވުރެ ގިނަ ނޫސްވެރިން ތަމްސީލު ކުރާ ޖަމްއިއްޔާ އެކެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އިހްތިޖާޖު ކުރާ ނޫސްވެެރިންނަށް ޒާތީ ގޮތުން ދިމާ ކޮށް އަގުވައްޓާލައި އަބުރު ނަގާލަން ހިންގާ ކެމްޕޭނަކީ ސީދާ ސަރުކާރު އަޑީގައި އޮވެގެން ހިންގަމުންދާ ކެމްޕޭން އެކެވެ.

މަސްދަރު: އައިއެފްޖޭ

މީޑިއާ ކޮންޓްރޯލް ބިލުއައިއެފްޖޭއެމްޖޭއޭޕްރެސް ފްރީޑަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

22 އޮކްޓޯބަރު 2025
ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި

ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި

13 އޮކްޓޯބަރު 2025
މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް

މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް

07 އޮކްޓޯބަރު 2025
ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި

ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި

24 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު