Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެސް އޯޕަން

ޔޫއެސް އޯޕަން: ފެޑެރާ އަދި ނަދާލް ގަދަ 16 އަށް

3 ސެޕްޓެމްބަރު 2017 | އާދީއްތަ 11:11

ރޯޖާ ފެޑެރާ ގަދަ 16އިގެ ޖާގައެއް ކަށަވަރު ކުރީ ސްޕެއިންގެ ފެލީސިއާނޯ ލޮޕޭޒް ސީދާ ތިން ސެޓުން ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ސެޕްޓެމްބަރު 2017 | އާދީއްތަ 11:11
ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ

ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ

ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕުގެ ގަދަ 16 އަށް ރަފައޭލް ނަދާލް އަދި ރޯޖާ ފެޑެރާ ދަތުރު ކޮށްފިއެވެ.

ފުރަތަމަ ދެ މެޗު ފަސް ސެޓަށް ގޮސްގެން ކާމިޔާބު ކުރަން ޖެހުނު ނަމަވެސް ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ ގަދަ 16 ގެ ޖާގައެއް ކަށަވަރު ކުރީ ސްޕެއިންގެ ފެލީސިއާނޯ ލޮޕޭޒް ސީދާ ތިން ސެޓުން ބަލި ކޮށްގެންނެވެ.

އެއް ގަޑިއިރާ 46 މިނެޓަށް ދިގު ދެމިގެން ދިޔަ މެޗުގެ ސެޓުތައް ފެޑެރާ ގެންދިޔައީ 6-3، 6-3 އަދި 7-5 އަކުންނެވެ. ޔޫއެސް އޯޕަން ޓެނިސް މުބާރާތް ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ފެޑެރާ ގަދަ 16 ގައި ވާދަ ކުރަން ޖެހޭނީ ޖަރުމަނުގެ ފިލިޕް ކޯލްޝްރައިބާއާއެވެ.

އޭޓީޕީ ޓެނިސް ރޭންކިންގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައިވާ ސްޕެއިންގެ ރަފައޭލް ނަދާލް ގަދަ 16 ގެ ޖާގައެއް ކަށަވަރު ކުރީ އާޖެންޓީނާގެ ލިއޮނާޑޯ މޭޔާ ތިން ސެޓު އެއް ސެޓުން ބަލި ކޮށްގެންނެވެ. ފުރަތަމަ ސެޓު 7-6 އަކުން މޭޔާ ގެންދިޔަ ނަމަވެސް ނަދާލް ވަނީ ފަހު ތިން ސެޓު، 6-3، 6-1 އަދި 6-4 އަކުން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ. ރައުންޑް އޮފް 16 ގައި ނަދާލް ވާދަކުރަން ޖެހޭނީ ޔޫކްރެއިންގެ އެލެކްސެންޑާ ޑޮލްގޮޕްލޯވްއާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނަދާލް ބުނީ ވަރުގަދަ މެޗުތައް ކުޅެން ލިބުމަކީ މުބާރާތުގައި ކުރިޔަށް ދިޔުމަށް ލިބޭ ހިތްވަރެއް ކަމަށާއި ޖެހިޖެހިގެން ތިން މެޗު ކާމިޔާބު ކުރެވުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. އަދި ރައުންޑް އޮފް 16 ގައި ވާދަކުރަން ޖެހެނީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިޔަކާ ކަމަށާއި އެ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށް ނަދާލް ބުންޏެވެ.

ޑޮލްގޮޕްލޯވް ގަދަ 16 ގެ ޖާގައެއް ކަށަވަރު ކުރީ ސާބިއާގެ ވިކްޓޯ ޓްރިއޯކީ ސީދާ ތިން ސެޓުން ބަލި ކޮށްގެންނެވެ. އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯ ވެސް ވަނީ ސީދާ ތިން ސެޓުން 11 ވަނައަށް ސީޑު ކުރެވިފައިވާ ރޮބާޓޯ ބައުޓިސްޓާ ބަލިކޮށް ގަދަ 16 އަށް ދަތުރު ކޮށްފައެވެ.

މުބާރާތުގެ ހަވަނައަށް ސީޑު ކުރެވިފައިވާ ޑޮމިނިކް ތިއެމް ވެސް ވަނީ ސީދާ ތިން ސެޓުން އެޑްރިއަން މަނާރިއަނޯ ބަލިކޮށް ގަދަ 16 އިގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ހަމައެހެންމެ ރަޝިއާގެ އަންދްރޭ ރުބްލޭވް ވެސް ވަނީ ތިން ސެޓު އެއް ސެޓުން ޑާމިރް ޑުޒްމުހޫރް ބަލިކޮށް ގަދަ 16 އަށް ދަތުރު ކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް