Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރާ އިހުތިޖާޖުގައި ސިޔާސީ އަދި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމުގެ ދައުވަތު ދީފި

އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް އިހުތިޖާޖީ އެއްވުމެއް ބޭއްވުމަށް ނިންމާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2025 | އަންގާރަ 08:17
"މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަން ބިލް" އަނބުރާ ގެންދިއުމަށް ތުޅާދޫ ދާއިރާއިން ގޮވާލުން

"މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަން ބިލް" އަނބުރާ ގެންދިއުމަށް ތުޅާދޫ ދާއިރާއިން ގޮވާލުން

އަސާސީ ހައްގުތައް ނިގުޅައިގަތުމާއި ރައްޔިތުންނަށް ހިޔާނާތްތެރިވަމުންދާ ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބާއްވާ އެއްވުމުގައި ބައިވެރިވުމަށް އެކި ފަރާތްތަކަށް އެ ޕާޓީން ދައުވަތު ދީފިއެވެ.

މި އެއްވުން އޮކްޓޯބަރު 3 ވަނަ ދުވަހުގެ ހުކުރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސަރުކާރުގެ އަމަލުތަކާ ދެކޮޅަށް ފަށާ ސިލްސިލާ ހަރަކާތްތަކުގެ ފުރަތަމަ އެއްވުން ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނާ ގޮތުގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް މިހާރުގެ ސަރުކާރުން ނިގުޅައިގަނެ، ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް ސިލްސިލާ ހަރަކާތްތަކެއް ފެށުމަށާއި، އެ ހަރަކާތުގެ ފުރަތަމަ އެއްވުން، މި ފެށޭ އޮކްޓޫބަރު މަހުގެ 3 ވަނަ ވާ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފައިވާތީ، އެ ކަމަށް ތައްޔާރުވުގެ މަސައްކަތް ފޯރީގައި ކުރަމުންދާ ކަމަށެވެ.

އެމްޑީޕީ އިން ބުނީ ސިލްސިލާ ހަރާކަތްތަކެއް ފެށުމަށް ނިންމީ، ސަރުކާރުން ކުރާ ވައްކަމާއި ހިންގަމުން ގެންދާ ހިޔާނާތުގެ އަމަލުތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާތީ، އެކަމުގެ ހަގީގަތް ފޮރުވުމުގެ ބޭނުމުގައި އެންމެ ފަހުން، މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުންނެވެ.

އަދި ތަކެތީގެ އަގުތައް ބޮޑުވެ، ކަރަންޓުގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ދިރިއުޅުމަށް ދަތިވެއްޖެ ކަމަށާއި ވިޔަފާރިތައް ފުނޑި، އެތައް ބައެއްގެ ވަޒީފާ ގެއްލި، އެތަކެއް އާއިލާއެއް ބިކަވެއްޖެ ކަމަށެވެ.  އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު އިގުތިސާދީ ސިޔާސަތުތަކަށް މި ސަރުކާރުން ގެނައި ދޯހަޅި ބަދަލުތަކުގެ ސަބަބުންނާއި ނާގާބިލު މީހުން މަގާމުތަކަށް އައްޔަނުކުރުމުގެ ސަބަބުންނާއި މަރުކަޒީ ބޭންކާއި އެހެނިހެން ބޭންކުތަކަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކާއެކު މާލީ އިދާރާތަކުގެ އިތުބާރު މުޅިން ގެއްލި، ރާއްޖޭގެ އިގުތިސާދު މިއިން ޒަމާނަކު ނުވާވަރަށް ދަށްވެއްޖެ ކަމަށް އެމްޑީޕީ އިން ބުނެއެވެ.

"މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ނާގާބިލުކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ އިގްތިސާދު އެކީއެކަށް ފުނޑިގެން ގޮސް، ބޭރުގެ ދަރަނި ނުދެއްކި، ރައްޔިތުންގެ އަސާސީ ކަންކަންވެސް ހަމަނުޖެއްސޭ ހިސާބަށް ދިއުން އެކަށީގެންވޭ. ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް. އަމިއްލަ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންގެ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުން މުޅިން ހުއްޓައިލައިފި. އެހެންނަމަވެސް، ޓެކްސް ނުދެއްކޭ މީހާ ޖަލަށްލާން ބިލު ފާސްކުރަން ތައްޔާރުވެއްޖެ" އެމްޑީީޕީ އިން ބުނެއެވެ.

އެ ޕާޓި އިން ބުނީ ރަށްރަށުގައި ހިންގަމުންދިޔަ ޕްރޮޖެކްޓުތައް އެކީއެކަށް ހުއްޓައިލައިފި ކަމަށެވެ.  އެމްޑީޕީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުނުކޮށް އެތައް ދުވަހެއް ލަސްކޮށްފި ކަމަށާއި، އެ ސަރުކާރުން ހިއްކައި، ތަރައްގީ ކުރަން ފެށި ގުޅީފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، ފުށިދިއްގަރުފަޅު ހިއްކުމުގެ ނަމުގައި ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ދަނީ ހިޔާނާތްތެރިވަމުން ކަމަށެވެ.

މީގެ އިތުރުން އާސަންދައިގެ މުޅި ނިޒާމު މި ސަރުކާރުން ހަރާބުކޮށްލައި، އެންސްޕާ މެދުވެރިކޮށްވެސް ސިޔާސީ ކަންކަމަށް ހަރަދު ކުރުމުގެ ސަބަބުން، ކޮންމެހެން ލިބެންޖެހޭ އާއްމު ބޭހާއި ފަރުވާ ނުލިބި، އަނެއްކާވެސް ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރު ކޮށްފި ކަމަށް އެމްޑީޕީ އިން ބުނެއެވެ.  އަދި ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްފި ކަމަށާއި ގާނޫނުއަސާސީ ބަދަލުކޮށްގެން ރައްޔިތުންގެ މަޖިލިސް މެންބަރުން ކަސްތޮޅު އަޅުވައިފައިވާތީ، އެ މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭއިންސާފުން މަގާމުން ވަކިކޮށް އަދުލު އިންސާފުގެ މިނިވަންކަން ނަގައިލައިފި ކަމަށް އެމްޑީޕީ އިން ބުނެއެވެ.

"ހުރިހައި މިނިވަން މުއައްސަސާތަކެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގެންގޮސްފައި. ހައްގު ހޯދުމަށް ރައްޔިތުން ޝަކުވާ ހުށަހަޅަން ދާނެ ތަނެއް، މައްސަލަ ޖެއްސޭނެ މަހުކަމާއެއް މި ރާއްޖެއަކު މިއަދަކު ނެތް.  ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދޭނެ ދައުލަތުގެ މުއައްސަސާއެއް އަމުދުން ނެތް.  އެހެންކަމުން، މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ހަމައެކަނި ގޮތަކީ އިހުތިޖާޖުކުރުން" ކަމަށް އެމްޑީޕީއިން ބުނެއެވެ.

އެ ޕާޓީ އިން ބުނީ ސަރުކާރުގެ ވިޔާނުދާ ޢަމަލުތައް ހުއްޓުވުމަށް އަޑު އުފުލުމަށް ޓަކައި ރައްޔިތުން ނިކުންނަންޖެހެއެވެ. އެހެންކަމުން 3 އޮކްޓޫބަރުގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް، ސިޔާސީ ޕާޓީތަކަށާއި، މަދަނީ އަދި ސިޔާސީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކާއި، ދަރިވަރުންގެ ޖަމިއްޔާތަކާއި، އަދި ވިޔަފާރިވެރިންނަށް އެމްޑީޕީ އިން ވަނީ ދައުވަތު ދީފައެވެ.

މަސްދަރު: އެމްޑީޕީ

އެމްޑީޕީއިހުތިޖާޖީ އެއްވުންއިގްތިޞާދީ ހާލަތުސަރުކާރު-މީޑިއާއެހީދޭ ޖަމާއަތްތައްއަސާސީ ހައްޤުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު