Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

ފްރާންސްގެ ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، ސަރުކާރު ވައްޓާލައިފި

އެންމެ 9 މަސްދުވަހުގެ ކުރު ވެރިކަމަކަށްފަހު، 364 މެންބަރުން އިތުބާރު ނެތްކަމަށް ވޯޓުދިނުމާއެކު، ފަރަންސޭސި ބޮޑު ވަޒީރަށް އިސްތިއުފާ ދެއްވަން ވަނީ މަޖުބޫރުވެފައި.

ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2025 | ހޯމަ 18:09
ފަރަންސޭސި ބޮޑު ވަޒީރު ފްރާންސުއާ ބެއިރޫ އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގެ ކުރިން މަޖިލީހުގައި ވާހަކަ ދައްކަވަނީ

ފަރަންސޭސި ބޮޑު ވަޒީރު ފްރާންސުއާ ބެއިރޫ އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގެ ކުރިން މަޖިލީހުގައި ވާހަކަ ދައްކަވަނީ

ފްރާންސްގެ ޕާލިމެންޓުން ހޯމަ ދުވަހު ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސް ކޮށް، އޭނާގެ ސަރުކާރު ވައްޓާލައިފިއެވެ.

ބޮޑު ވަޒީރު ފްރާންސުއާ ބެއިރޫ ގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ޕާލިމެންޓުގައި ނެތި ވޯޓުގައި ބޮޑު ތަފާތަކުން ބަލިވި އިރު އޭނާ މަޤާމުގައި ހުންނަތާ އަދިވީ އެންމެ 9 މަސްދުވަހެވެ.

ނެޝަނަލް އެސެމްބްލީގެ ވޯޓުގައި، 364 މެންބަރުން ސަރުކާރަށް އިތުބާރު ނެތްކަމަށް ވޯޓުދިން އިރު، އިތުބާރު އޮތްކަމަށް ވޯޓުދިނީ އެންމެ 194 މެންބަރުންނެވެ.

"ޤާނޫނު އަސާސީގެ 50 ވަނަ މާއްދާގެ ދަށުން، ބޮޑުވަޒީރު އާއި އޭނާގެ ސަރުކާރުގެ އިސްތިއުފާ ދޭން ހުށަހަޅަންޖެހޭނެ" ކަމަށް ވޯޓަށް ފަހު މަޖިލީހުގެ ރައީސް ވަނީ އިއުލާނު ކުރައްވާފައެެވެ.

ބެއިރޫ އާ ގާތް، ނަން ހާމަ ނުކުރުމަށް އެދުނު ފަރާތަކުން އޭއެފްޕީ އަށް ބުނިގޮތުގައި، ބޮޑުވަޒީރު އަންގާރަ ދުވަހުގެ ހެނދުނު ރައީސް އެމެނުއެލް މެކްރޯން އަށް އިސްތިއުފާ ހުށަހަޅުއްވާނެއެވެ.

މަސްދަރު: އޭއެފްޕީ

ފްރާންސްފްރާންސުއާ ބެއިރޫއެމެނުއެލް މެކްރޯން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު