Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން

2025 ވަނަ އަހަރުގެ ބަޖެޓުން ވެރިކަން ކުރާޕިއެންސީ އަށް 13 މިލިއަން ދިނުމަށް ބޭންކަށް ފޮނުވައިފި

2025 ވަނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 27،981،256 ރުފިޔާ ދޫކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 05:42
ހޯމް މިނިސްޓަރު އިސްވެ ހުންނަވާ ޑީއެންއާރުގައި ޕީއެންސީއަށް ވަގު ފޯމު ފުރަނީ - އިލެކްޝަނުން ޕީއެންސީއަށް ފައިސާ ދިނީ ވަގު ފޯމްތަކުގެ މައްސަލަ ފަޅާ އަރާފައޮ އޮއްވާ އެ މައްސަލަ ބެލުމެއް ނެތި

ހޯމް މިނިސްޓަރު އިސްވެ ހުންނަވާ ޑީއެންއާރުގައި ޕީއެންސީއަށް ވަގު ފޯމު ފުރަނީ - އިލެކްޝަނުން ޕީއެންސީއަށް ފައިސާ ދިނީ ވަގު ފޯމްތަކުގެ މައްސަލަ ފަޅާ އަރާފައޮ އޮއްވާ އެ މައްސަލަ ބެލުމެއް ނެތި

2025 ވަނަ އަހަރުގެ ބަޖެޓުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕިއެންސީ) އަށް 13 މިލިއަން ރުފިޔާ ދޫކުރަން ބޭންކަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓުން ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އާމްދަނީ އިން ސިޔާސީ ޕާޓީތަކަށް ދޫކުރާ 0.01 އިންސައްތައަށްވާ 27،981،256 ރުފިޔާ ބަހާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިލެކްޝަންސް އިން ބުނީ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، ހޯމަ ދުވަހު ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް ބޭންކްތަކަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތު ދައްކާގޮތުން އެންމެ ގިނައިން ފައިސާ ދިފައިވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ. ދެވަނަ އަށް އެންމެ ގިނައިން ފައިސާ ދީފައިވަނި އިދިކޮޅު މައި ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ޖުމްހޫރީ ޕާޓީ އަށެވެ. މީގެ އިތުރުން އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ވެސް ފައިސާ ދޫކޮށްފައިވެ އެވެ.

ފައިސާ ދޫކުރި ގޮތުގެ ތަފްސީލު

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 13،326،689.57 ރުފިޔާ
  2. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) - 8،454،780.51 ރުފިޔާ
  3. ޖުމްހުރީ ޕާޓީ (ޖޭޕީ) - 2،671،598.57 ރުފިޔާ
  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 1،779،648.69
  5. އަދާލަތު ޕާޓީ (އޭޕީ) - 1،748،538.65 ރުފިޔާ

5 ޕާޓީއަކަށް ފައިސާ ދީފައިވާ އިރު، 4 ޕާޓީއަކުން ގާނޫނާއި ގަވާއިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ނުލިބިހުރި ފައިސާ ވަނީ އުނިކޮށްފަ އެވެ.

އެގޮތުން ޖޫރިމަނާގެ ފައިސާ އުނިކޮށްފައި ނުވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީންނެވެ. ޕީއެންސީ އަދި އެމްޑީއޭ 10،000 ރުފިޔާގެ ޖޫރިމަނާއެއް އޮތް އިރު ޖުމްހޫރީ ޕާޓީގެ 15،000 ރުފިޔާގެ ޖޫރިމަނާއެއް އަދި އަދާލަތު ޕާޓީގެ 35،000 ރުފިޔާގެ ޖޫރިމަނާއެއް އޮތެވެ.

ޖޫރިމަނާ ފައިސާ އުނިކުރުމަށްފަހު ދޫކުރި ފައިސާގެ ޖުމްލަ

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 13،316،689.57 ރުފިޔާ
  2. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) - 8،454،780.51 ރުފިޔާ
  3. ޖުމްހުރީ ޕާޓީ (ޖޭޕީ) - 2،656،598.57 ރުފިޔާ
  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 1،769،648.69
  5. އަދާލަތު ޕާޓީ (އޭޕީ) - 1،713،538.65 ރުފިޔާ

31 ޑިސެމްބަރު 2024 ގެ ނިޔަލަށް މެންބަރުން ތިބި އަދަދަށް ބަލާއިރު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ތިބީ 68،968 މެންބަރުންނެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގައި ތިބީ 43،755 މެންބަރުންނެވެ. އަދި ޖުމްހުރީ ޕާޓީ (ޖޭޕީ) ގައި 13،826 މެންބަރުން ތިބި އިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި ތިބީ 9،210 އަދި އަދާލަތު ޕާޓީ (އޭޕީ) ތިބީ 9،049 މެންބަރުންނެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ޕާޓީތައް ކަނޑައަޅަނީ ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުން ކުރިއަށް އޮތް އަހަރަށް ބަޖެޓް ފާސްކުރާ ދުވަހު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި އެ ދުވަހު ޕާޓީތައް ކަނޑައެޅި ނަމަވެސް ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރު ނިމޭ ދުވަހު ޕާޓީގައި ތިބި މެންބަރުންގެ އަދަދަށް ބަލާފަ އެވެ.

މިއަހަރުގެ ބަޖެޓް މިދިޔަ އަހަރު ފާސްކުރީ 27 ނޮވެމްބަރު 2024 ގަ އެވެ. އެހެންކަމުން 31 ޑިސެމްބަރު 2024 ގެ ނިޔަލަށް އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ހާހަކަށް ވުރެ ގިނަ މެންބަރުން އުނިވެފަ އެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 ކަމަށްވާތީ، 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ 5 ސިޔާސީ ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކުރަން ނިންމިއެވެ.

ޕީއެންސީއެމްޑީޕީޖުމްހޫރީ ޕާޓީއިލެކްޝަންސް ކޮމިޝަންސިޔާސީ ޕާޓީތައްދައުލަތުގެ ބަޖެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު