Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓިންގ ކޮމިޝަން

އެންމެ ބޮޑު ޒިންމާއަކީ މީޑިއާތައް މޮނިޓަރ ކުރުން، ނަމަވެސް މޮނިޓަރ ކުރެވޭނެ އެއްވެސް ވަސީލަތެއް ނެތް: ބްރޯޑްކޮމްގެ ރައީސް

31 އޯގަސްޓު 2025 | އާދީއްތަ 09:40

މޮނިޓަރިންގެ މަސައްކަތް އޮތީ ސުމެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު | 31 އޯގަސްޓު 2025 | އާދީއްތަ 09:40
ބްރޯޑްކޮމްގެ މެންބަރުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި ވާހަކަދައްކަވަނީ

ބްރޯޑްކޮމްގެ މެންބަރުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި ވާހަކަދައްކަވަނީ

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އެންމެ ބޮޑު ޒިންމާއަކީ މީޑިއާތައް މޮނިޓަރ ކުރުން ކަމަށާއި، ނަމަވެސް އެއްވެސް ވަސީލަތެއް ނެތް ކަމަށް އެކޮމިޝަންގެ ރައީސްގެ ރައީސް ސަފާ ޝަފީގު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ބްރޯޑްކޮމްގެ ރައީސް ސަފާ ވަނީ މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ގުޅިގެންހުރި ކަންބޮޑުވުންތަކާއި، ބްރޯޑްކޮމްގެ މަސައްކަތްތައް ކުރުމަށް ކުރި ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ.

Advertisement - newsAdvertisement

ސަފާ ވިދާޅުވީ، ހަމައެކަނި ކޮމިޝަންގެ މަސައްކަތްތަކަށް ބަލާއިރު، އެންމެ ބޮޑު ޒިންމާއަކީ މީޑިއާތައް މޮނީޓަރ ކުރުން ކަމަށާއި، ނަމަވެސް މަސައްކަތް އޮތީ ސުމެއްގައި ކަމަށެވެ. މިމަސައްކަތް ނުކުރެވޭތީ ފާއިތުވި ދެ އަހަރު ވެސް މިމައްސަލަ ސަމާލު ކަމަށް ގެނެސް މިވާހަކަތައް ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް އިޝާރާތް ކުރައްވައި ސަފާ ވިދާޅުވީ މިބިލުގެ ކަންކަން ތަންފީޒު ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ބްރޯޑްކޮމްއަށް ވެސް މުވައްޒަފުން ނުލިބޭއިރު، މިބިލުގައިވާ ކަންކަން ތަންފީޒު ކުރުމަށް ޒިންމާދާރު މީހުންނާއި، ފެސިލިޓީ ލިބޭނެ ކަމާމެދު ވެސް ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން ސަފާ ވިދާޅުވީ މީޑީއާ ރެގިއުލޭޓް ކުރުމަށް ހުށަހަޅާ ބިލާއެކު، ވަރަށް ގިނަ ގަވާއިދުތަކާއި، އުސޫލުތައް ހަދަންޖެހޭ ކަމަށެވެ. އެއީ ދެދުވަހުން ނުވަތަ ދެތިން މަހުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ވަރަށް ގިނަ މީޑިއާތައް އެއްކޮށްލައި، ރެގިއުލޭޓް ކުރުމަށް މަސައްކަތް ކުރާއިރު، އެކަށީގެންވާ ވަގުތު ދޭންޖެހޭ ކަމަށް ސަފާ ވިދާޅުވިއެވެ.

ކޮންމެ ގޮތަކަށް ބިލު ޑްރާފްޓްކޮށް ނިމިގެން އަޔަސް ވެސް މީތި އިންޕްލިމެންޓް ކުރެވޭނެ ފެސިލިޓީ އެބަހުރިތޯ. ހިއުމަންރިސޯސް ގާއިމްވެފައި އެބަހުރިތޯ. ޒިންމާދާރު ބަޔަކު އެބަތިބިތޯ. ޓްރައިން ވެފައި ތިބި ބަޔަކު އެބަތިބިތޯ މިކަންކަން ކުރަން އިންޕްލިމެންޓް ކުރަން. އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެއްޗެއް ޑްރާފްޓް ކޮށްލެވިދާނެ. އެކަމަކު އޭގެ މަސައްކަތް ފަށައިގަތީމަ ދެއަރއިސް ސޯ މެނީ ޗެލަންޖަސް. މިހާރު ބްރޯޑްކާސްޓިން ކޮމިޝަން މިހާރު މި ރަން މިކުރަނީ 4 ލައްކައިން. މިއީ ކޮންއެއްޗެއްތޯ އަޅުގަނޑުމެން ކޮމިޝަނެއް ރަން ކުރަން. އަހަކަށް ދީފައި އޮންނަ ބަޖެޓު. މިހާރު މިދެނީ މުސާރައާއި، އެހެނިހެން ކަންތައްތައް ކަނޑައަޅާފައި. އެއްކޮށް ހަލާކުވެފައި އޮތް މޮނިޓަރިން ސިސްޓަމެއް އެނގޭތޯ އަޅުގަނޑުމެންގެ އިނީ. މޮނީޓަރ ކުރެވޭނެ އެއްވެސް ވަސީލަތެއް ނެތް. އަޅުގަނޑުމެން މުވައްޒަފަކަށް އިއުލާން ކޮށްގެން ތިން މުވައްޒަފުންނަށް އިއުލާން ކޮށްފިން މިހާރު ދެ މަސްވަންދެން. އެއްވެސް މީހަކު އަޅުގަނޑުމެންނަށް ލިބުނު. މުސާރަ ކުޑަކަމުން އެއްވެސް މީހަކު އެޕްލައި ކުރާ ކަމަށް ބޭނުމެއް ނުވޭ. އެހައި ބައިވަރު ޗެލަންޖަސްއާއެކު އަޅުގަނޑުމެން މިރަން ކުރަނީ.
ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު

މިނިވަން މުއައްސަސާއާ ބެހޭ ކޮމެޓީގައި ބްރޯޑްކޮމްގެ ހުރިހާ މެންބަރުން ވެސް ވަނީ މީޑިއާ ރަނގަޅު ގޮތުގައި ރެގިއުލޭޓް ކުރުމަށް ކުރެވޭނެ ގިނަ ކަންކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ދިމާވާ ގޮންޖެހުންތައް ވެސް ހިއްސާކޮށް، ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.

ބްރޯޑްކޮމްގެ މެންބަރުން ގިނަ ކަންތައްތަކެއް ފާހަގަކުރެއްވި ނަމަވެސް، ކޮމިޓީގެ އެއްވެސް މެންބަރަކު ކޮމިޝަނުގެ މެންބަރުންނާ ސުވާލެއް ނުކުރައްވާ ކޮމިޓީގެ ބައްދަލުވުން ވަނީ ނިންމާލައިފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންސޮފާ ޝަފީގުމީޑިއާ މޮނިޓަރިންގމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީމީޑިއާ ކޮންޓްރޯލް ބިލުމީޑިއާ ރެގިއުލޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

22 އޮކްޓޯބަރު 2025
މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި
17 އޮކްޓޯބަރު 2025

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025
އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ
13 އޮކްޓޯބަރު 2025

ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި

13 އޮކްޓޯބަރު 2025
ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި
07 އޮކްޓޯބަރު 2025

މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް

07 އޮކްޓޯބަރު 2025
މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް
25 ސެޕްޓެމްބަރު 2025

އާ މީޑިއާ ކޮމިޝަނުގެ މަގާމުތަަކަށް ކުރިމަތިލާން ހުޅުވައިލައިފި

25 ސެޕްޓެމްބަރު 2025
އާ މީޑިއާ ކޮމިޝަނުގެ މަގާމުތަަކަށް ކުރިމަތިލާން ހުޅުވައިލައިފި
25 ސެޕްޓެމްބަރު 2025

މީޑިއާ ރެގިއުލޭޓް ކުރުމަށް ތަސްދީގު ކުރި ގާނޫނު އުވާލުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައފި

25 ސެޕްޓެމްބަރު 2025
މީޑިއާ ރެގިއުލޭޓް ކުރުމަށް ތަސްދީގު ކުރި ގާނޫނު އުވާލުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައފި
24 ސެޕްޓެމްބަރު 2025

ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި

24 ސެޕްޓެމްބަރު 2025
ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި
22 ސެޕްޓެމްބަރު 2025

އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

22 ސެޕްޓެމްބަރު 2025
އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ
21 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް