Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކޮންޓްރޯލް ބިލް

ފަލާހު ގޮވީ ނޫސްވެރިން މަރަން، މައާފަށް އެދެން ޖެހޭނެ: ހިރިގާ ޒާހިރު

ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ނޫސްވެރިން އުލުބައިންދަން ގޮވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 31 އޯގަސްޓު 2025 | އާދީއްތަ 04:15
ތަޖުރިބާކާރު ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު: ވިދާޅުވީ ކޮންމެ މާނައެއްގައި ބެލި ނަމަވެސް އުލުބޭންދުމަކީ މެރުން ކަމަށް

ތަޖުރިބާކާރު ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު: ވިދާޅުވީ ކޮންމެ މާނައެއްގައި ބެލި ނަމަވެސް އުލުބޭންދުމަކީ މެރުން ކަމަށް

ޕީއެންސީ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބުރާހީމް ފަލާހު ގޮވީ ނޫސްވެރިން މަރަން ކަމަށާއި އެކަމަށް މައާފަށް އެދެން ޖެހޭނޭ ކަމަށް ތަޖުރިބާކާރު ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މީޑިއާތަކުން ގުޅިގެން ކުރިއަށް ގެންދާ "ކޮންޓްރޯލް ބިލް ބޭރުކުރޭ" ޚާއްސަ ކަވަރެޖުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ ޖަލްސާގައި ވަނީ ގޮވާލާފަ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވެފައިވަނީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް ފަތުރާފައިވާ ކަމަށާއި، އެފަދައިން މަސައްކަތްކުރާ މީޑިއާގެ މުވައްޒަފުން "އުލުބައިންދަން" ޖެހޭ ކަމަށެވެ.

ފަލާހު މި ވާހަކަ ދެއްކެވި ނަމަވެސް، އޭނާ ވިދާޅުވި ފަދަ ދޮގު ހަބަރުތަކެއް އެއްވެސް މީޑިއާއަކުން ނުގެނެސް، އެ ވާހަކަތައް ދައުރުވެފައިވަނީ ހަމައެކަނި ސޯޝަލް މީޑިއާގައި ކަން ފާހަގަކުރެވެ އެވެ.

ދިވެހި ރަދީފުގައި ބަޔާންކޮށްފައިވާ ގޮތުން، އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އަނިޔާވެރި އަމަލެކެވެ. މި އަމަލު ހިންގަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދައި، ފުރަގަހުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރޭ ގޮތަށެވެ.

މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ ނޫސްވެރިން ރައީސް އޮފީސް ކުރިމަތީގައި އަޑު އުފުލަން ޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫން ކަމަށެވެ. އެގޮތުން މީޑިއާ ކޮންޓްރޯލް ކުރާ ބިލް ބޭރުކުރަން ނޫސްވެރިން ގޮވާލާ އަޑު އުފުލަމުން ދިޔަ ދަނޑިވަޅެއްގައި މަޖިލީހުގެ ޖަލްސާގައި ޕީއެންސީ ޕީޖީ ލީޑަރު ފަލާހު ވަނީ ނޫސް ވެރިންނަކީ އުލުބައިންދަން ޖެހޭ ބައެއް ކަމަށް ވިދާޅުވެފައި ކަމަށެވެ.

ޒާހިރު ވިދާޅުވީ އުލުބޭންދުމުގެ މާނައަށް ބަލާއިރު، ހުރިހާ ގޮތަކުން ވެސް އެ ބަސް މާނަ ކުރެވެނީ މެރުން ކަމަށެވެ. އެހެން ކަމުން އެހިސާބަށް ކަންކަން ގޮސްފައި އޮތް އިރު، ރައީސް މުއިއްޒު ވެސް ފަލާހުގެ އެ ވިދާޅުވުން ކުއްވެރިކޮށް ޚުދު ފަލާހުވެސް މައާފަށް އެދެން ޖެހޭނެ ކަމަށް ޒާހިރު ވިދާޅުވި އެވެ. އެހެން ނަމަވެސް އަދި ވެސް އޭނާ މައާފަށް ނޭދޭ ކަމަށް ޒާހިރު ވިދާޅުވި އެވެ.

އޭގެ ކުރީ ދުވަހު ރައްޔިތުން މަޖިލީހުގެ ޕީޖީ ލީޑަރު އެ ވިދަޅުވީ ނޫސްވެރިން އުލުބައިންދަން ޖެހޭ ބައެކޭ. މާނައަކީ އެންމެ ކުރީ ޒަމާނުގައި އެފްރިކާތަންތަނުގައި އިނގިރޭސީން ހިސޯރުކޮށްގެން އުޅޭ ތަންތަނުގަ ގަޔަށް ދަގަނޑު ޖަހާފަ، ޑިސްކްރައިބް އަކަށް ދާކަށް ބޭނުމެއްނޫން، އެއީ މެރުން، މިސާލަކަށް ބުނާ ނަމަ ޕީޖީ ލީޑަރު ކޮންމެ ގޮތަކަށް ތަރުޖަމާ ކުރެއްވި ނަމަވެސް ، އެ ޑިކްޝަނަރީއާ ހުރިހާ މާނައެއްގައި ވެސް އޭގެ މާނައަކީ މެރުން.
ތަޖުރިބާކާރު ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު

ޒާހިރު މިފަދައިން ވިދާޅުވިއިރު، މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލެއްވި މައްސަލާގައި ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް އެމްޖޭއޭ އިން ވަނީ ގޮވާލައިފަ އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އިބްރާހިމް ފަލާހްޑރ. އަހްމަދު ޒާހިރުޕީއެންސީމީޑިއާ ކޮންޓްރޯލް ބިލުރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު