Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު

ފަލަސްތީނު ގެ މަންދޫބުން އދ. ގެ ޖެނެރަލް އެސެމްބްލީ އަށް ދިއުމަށް އެމެރިކާ އިން ހުރަސް އަޅަނީ

އެމެރިކާ އިން ޕީއޭ އަދި ޕީއެލްއޯ މެމްބަރުންގެ ވީސާ ބާތިލުކުރުމާ ގުޅިގެން ފަލަސްޠީނުން ވަނީ ހަރުކަށި އިބާރާތުން އިހުތިޖާޖު ކޮށްފައެވެ. އެގޮތުން މިއީ 1947 ގެ އދ ހެޑްކުއާޓާރސް އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް ބުނެ، އެކަން ހައްލުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް އެދިފައިވެއެވެ.

ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 07:14
އދ.ގެ ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ) ގައި 26 ސެޕްޓެމްބަރ 2024 ގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ތަގުރީރު ކުރައްވަނީ

އދ.ގެ ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ) ގައި 26 ސެޕްޓެމްބަރ 2024 ގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ތަގުރީރު ކުރައްވަނީ

ފަލަސްތީން ރައްޔިތުން އދ. ގައި ތަމްސީލު ކުރުމަށް ފަލަސްތީނުު ސަރުކާރުގެ ގެ މަންދޫބުން އދ. ގެ ޖެނެރަލް އެސެމްބްލީ އަށް ދިއުމަށް އެމެރިކާ އިން ހުރަސް އަޅައިފިއެވެ.

ޕެލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) އިން ވަނީ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ފަލަސްޠީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އަދި ޕީއޭގެ މެންބަރުންނަށް ވީސާ ދިނުމަށް އެމެރިކާއިން އިންކާރުކޮށް، ވީސާ ބާތިލުކުރަން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ 1947 ގެ އދ. ގެ ހެޑްކުއާޓަރސް އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް ބުނެފައެވެ.

"އަޅުގަނޑުމެން މި ނިންމުމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމެވެ. އަދި މިއީ އދ. ގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެމެރިކާ އަށް އެތެރެ ވުމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ 1947 ގެ ހެޑްކުއާޓަރސް އެއްބަސްވުމާ ސީދާ ޚިލާފު ކަމެއްކަމުގައި ދެކެމެވެ،" ފަލަސްޠީނުގެ ޚާރިޖީ ވަޒީރުގެ ސިޔާސީ މުޝީރު އަޙްމަދު އަލް-ދީކް ހުކުރު ދުވަހު ވިދާޅުވިއެވެ.

1947 ގައި އދ. އާއި އެމެރިކާ އާ ދެމެދު ސޮއިކުރެވުނު ހެޑްކުއާޓަރސް އެއްބަސްވުމުގެ ދަށުން، ސިޔާސީ ގުޅުންތަކަށް ބެލުމެއްނެތި، އދ. ގެ މެންބަރު ޤައުމުތަކުގެ މަންދޫބުންނާއި، މުވައްޒަފުންނާއި، ތަޖުރިބާކާރުން އެމެރިކާ އަށް އެތެރެވުން ވޮޝިންގްޓަން ޑީސީ އިން ކަށަވަރު ކޮށްދޭން ޖެހެއެވެ.

ފަލަސްތީނުން ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އަށާއި މެންބަރު ޤައުމުތަކަށް މި މައްސަލަ ހައްލު ކޮށްދިނުމަށް ގޮވާލާފައެވެ.

އަޙްމަދު އަލް-ދީކް ވިދާޅުވީ ފަލަސްތީން ލީޑަރޝިޕުން އެކުވެރި ޤައުމުތަކާއެކު މަޝްވަރާކޮށް އެކަށީގެންވާ ޑިޕްލޮމެޓިކް ފިޔަވަޅުތައް ކަނޑައަޅާނެ ކަމަށެވެ.

ފަލަސްތީނުގެ އިސް އޮފިޝަލް އިތުރަށް ފާހަގަކުރެއްވީ އެމެރިކާގެ މި ނިންމުމުގެ ސަބަބުން ފަލަސްތީނު ދައުލަތް ބަލައިގަތުމުގެ ރާޅު ނުހުއްޓުވޭނެ ކަމަށެވެ.

މިއާއެކު، ފަލަސްތީނުން އެމެރިކާގެ ނިންމުމާމެދު ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށާއި ކަންބޮޑުވާކަން ފާޅު ކޮށްފައިވެއެވެ.

ޕީއޭ އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ ފަލަސްތީނަށް އދ. ގައި އޮބްޒާވަރ ސްޓޭޓަސް ލިބިފައިވާ ކަމަށާއި، އެމެރިކާގެ ސަރުކާރަށް އެ ނިންމުމާ މެދު އަލުން ވިސްނައި، ނިންމުން ބަދަލު ކުރުމަށް ގޮވާލާ ކަމަށެވެ.

ކުރިން ހުކުރު ދުވަހު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ޕީއެލްއޯ އަދި ޕީއޭގެ މެންބަރުންނަށް އެމެރިކާ އަށް ދަތުރު ކުރުމަށް ދޫކޮށްފައިވާ ވިސާ ބާތިލުކުރާ ކަމަށެވެ.

އެމެރިކާ އިން ރުޅި އައިސްފައި ވަނީ ފަލަސްތީން އޮތޯރިޓީ އިން އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކުގައާއި ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ކުރާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަދި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހަޅައިގެން އުޅޭ ކަމަށް ބުނެއެވެ.

ފްރާންސް، އިނގިރޭސިވިލާތް، ކެނޭޑާ ފަދަ ގިނަ ހުޅަނގުގެ ޤައުމުތަކުން ވަނީ ކުރިއަށް އޮތް އދ. ގެ ބައްދަލުވުމުގައި ފަލަސްތީން ދައުލަތް ބަލައިގަންނާނެކަން އިޢުލާނު ކޮށްފައެވެ.

މަސްދަރު: ޕްރެސް ޓީވީ

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
03 އެޕްރީލު 2017

ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ

03 އެޕްރީލު 2017
ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު