Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު ވަހީދު (ވައްޑެ)

ފެނިގެންދަނީ މީގެ 20 އަހަރު ކުރިން ކަށަވަރު ކުރި ހައްގުތައް ނިގުޅައިގަންނަ މަންޒަރު: ކުރީގެ އެމްޕީ ވައްޑެ

30 އޯގަސްޓު 2025 | ހޮނިހިރު 01:28

މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލަކުން ވެސް، އެމްޑީޕީން މީގެ 20 އަހަރު ކުރިން ވަކާލާތުކޮށްގެން ހޯދައިދިން ހައްގުތައް ނިގުޅައިގަންނަމުންދޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 30 އޯގަސްޓު 2025 | ހޮނިހިރު 01:28
ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދޔު ވަހީދު ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދޔު ވަހީދު ވާހަކަ ދައްކަވަނީ

ފެނިގެންދަނީ މީގެ 20 އަހަރު ކުރިން ދިވެހީން ކަށަވަރު ކުރި ހައްގުތައް މި ސަރުކާރުން ނިގުޅައިގަންނަމުންދާ މަންޒަރު ކަމަަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން، އޭނާ ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

ވައްޑެ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ކުރާ ކޮންމެ ކަމަކީ ރައްޔިތުންނަށް ދަތިކުރުމަށް ކުރާ ކަމެކެވެ. އަދި މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލަކުން ވެސް، އެމްޑީޕީން މީގެ 20 އަހަރު ކުރިން ވަކާލާތުކޮށްގެން ހޯދައިދިން ހައްގުތައް ނިގުޅައިގަންނަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްޞަކޮށް، އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުން އެއީ ކުށަކަށް ހަދައި، މީހުން ހައްޔަރުކުރި ސަރުކާރެއް މި ނޫނީ ނުދެކޭކަމަށެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ނިޒާމަށް އަމާޒުކޮށް ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އެ މަގާމުތަކަށް ސިޔާސީ ސްޓޭޓް މިނިސްޓަރުން އައްޔަންކުރުމަކީ މިސަރުކާރުގެ ނިންމުމެކެވެ. މީގެއިތުރުން، ކައުންސިލްތަކަށް ގާނޫނުން ލިބިދޭ ބާރުތަކާއި އާމްދަނީ އަތުލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދަތުރެއް ފަށާއިރު އެ ދަތުރުގެ އަމާޒު އެނގެންޖެހޭނެ. އެކަމަކު މި ސަރުކާރުގެ އިސްވެރިންނަށް ވެސް ނޭނގޭ މި ސަރުކާރު ދަތުރުކުރާ މިސްރާބަކީ ކޮބައިކަން،" ވައްޑެ ވިދާޅުވިއެވެ. މި ހުރިހާ ސަބަބުތަކަށްޓަކައި، ރައީސް މުޙައްމަދު މުއިއްޒު މިހާރު ވެރިކަމުން ދުރުކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒަކީ ހުރިހާ ބާރެއް މުށުތެރެޔަށް ލައިގެން، ގޮށްމުށުގެ ވެރިކަން ހިންގަވަން ބޭނުންފުޅުވާ ވެރިޔެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް