Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމެރިކާ ލީގްސް ކަޕް

މެސީގެ ދެ ލަނޑާ އެކު، ފަހަތުން އަރައި މޮޅުވެ މިއާމީ ފައިނަލް އަށް

މެޗުގެ ފުރަތަމަ ހާފުގައި އޯލަންޑް ސިޓީ އިން ލީޑު ނެގި ނަމަވެސް، މިއާމީ އިން ވަނީ ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ލަނޑު އޯލަަންޑް ސިޓީ އަށް ޖަހައިދިނީ މާކޯ ޕަސަލިޗް އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2025 | ބުރާސްފަތި 06:49
މެޗުގައި ލަނޑު ޖެހުމަށް ފަހު، މިއާމީގެ ކުޅުންތެރިންނާ އެކު މެސީ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު، މިއާމީގެ ކުޅުންތެރިންނާ އެކު މެސީ އުފާ ފާޅު ކުރަނީ

އެމެރިކާ ލީގްސް ކަޕްގެ ސެމީ ފައިނަލްގައި އޯލަންޑޯ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިއާމީ އިން މުބާރާތުގެ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ކުޅުނު މެޗު މިއާމީ އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި އޯލަންޑޯ ސިޓީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، މިއާމީ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައިއޯލަންޑޯ ސިޓީ އިން ލީޑު ނެގި ނަމަވެސް، މިއާމީ އިން ވަނީ ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ލަނޑު އޯލަންޑޯ ސިޓީ އަށް ޖަހައިދިނީ މާކޯ ޕަސަލިޗް އެވެ.

އޭގެ ފަހުން މެޗުގައި އޯލަންޑޯ ސިޓީ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، ދެ ވަނަ ހާފުގައި އެ ޓީމުގެ ޑޭވިޑް ބްރެކަލޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މެޗުގައި މިއާމީ އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އިންނެވެ. އެއީ އޯލަންޑޯ ސިޓީގެ އޭރިޔާ ތެރެއިން މިއާމީގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް، މިއާމީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެސީ އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، މެސީ ވަނީ މިއާމީ އަށް ދެ ވަނަ ލަނޑެއް ޖަހައިދީ މެޗުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. މެޗުގައި މިއާމީގެ ފަހު ލަނޑު، ޓެލަސްކޯ ސެގޯވިއާ ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.

ލީގްސް ކަޕްގެ ފައިނަލްގައި މިއާމީ ނިކުންނާނީ ސީޓަލް ސައުންޑާސްއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު