Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު

ނިއުގެ ކޯޗަކަށް ސުޒޭން ހަމަޖެއްސުމަކީ ކުޅިވަރުގައި ކުއީން ވަޙީދު ޙާސިލު ކުރަން ބޭނުންވި ކަމެއް

2016 ވަނަ އަހަރު ކުއީން ވަޙީދު އެހެން ވިދާޅުވީ އޭނާގެ ގޭގައި އިންނަވައި ކަމަށާއި، ކުޅިވަރުގައި ޙާސިލު ނުވެ އޮތީ ދެ ކަމެއް ކަމަށް ކުއީން ވަޙީދު ވިދާޅުވެފައިވާ ކަމަށް އަޒްމީންގެ ޕޯސްޓުގައިވެ އެވެ. އެގޮތުން ފުރަތަމަ ކަމަކީ ނިއު ރޭޑިންޓަށް ބޭރުން ތައްޓެއް ހޯދުން ކަމަށާއި، ދެ ވަނަ ކަމަކީ ނިއު ރޭޑިއަންޓުގެ ކޯޗަކަށް ސުޒޭން ހަމަޖެއްސުން ކަމަށް ކުއީން ވަޙީދު ވިދާޅުވެފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2025 | ބުރާސްފަތި 06:14
ނިއު ރޭޑިއަންޓުގެ ބާނީ ކުއީން ވަޙީދު އަދި ކޯޗު އަލީ ސުޒޭން

ނިއު ރޭޑިއަންޓުގެ ބާނީ ކުއީން ވަޙީދު އަދި ކޯޗު އަލީ ސުޒޭން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗަކަށް، އަލީ ސުޒޭން ހަމަޖެއްސުމަކީ، އަޙުމަދު ވަޙީދު (ކުއީން ވަޙީދު) ކުޅިވަރުގައި ޙާސިލު ކުރަން ބޭނުވާ ކަމެއް ކަމަށް ވިދާޅުވެފައިވާ ކަމަށް، ޢަބްދުﷲ އަޒްމީން ވިދާޅުވެއްޖެ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، މިހާރު ކުލަބު ވެލެންސިއާގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި އަޒްމީން މިހެން ވިދާޅުވެފައި ވަނީ އޭނާގެ ފޭސްބުކު އެކައުންޓުގައި ކުރި ޕޯސްޓެއްގަ އެވެ.

ނިއު ރޭޑިއަންޓުގެ ކޯޗުގެ މަޤާމަށް ސުޒޭން ހަމަޖެއްސުމާ ގުޅިގެން، އަޒްމީން ކޮށްފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ނިއު ރޭޑިއަންޓުގެ ކޯޗަކަށް ސުޒޭން ހަމަޖެއްސުމަކީ ކުޅިވަރުގައި ޙާސިލު ނުވެ އޮތް ކަމެއް ކަމަށް، އެ ކުލަބުގެ ބާނީ ކުއީން ވަޙީދު ވިދާޅުވެފައިވާ ކަމަށެވެ.

2016 ވަނަ އަހަރު ކުއީން ވަޙީދު އެހެން ވިދާޅުވީ އޭނާގެ ގޭގައި އިންނަވައި ކަމަށާއި، ކުޅިވަރުގައި ޙާސިލު ނުވެ އޮތީ ދެ ކަމެއް ކަމަށް ކުއީން ވަޙީދު ވިދާޅުވެފައިވާ ކަމަށް އަޒްމީންގެ ޕޯސްޓުގައިވެ އެވެ. އެގޮތުން ފުރަތަމަ ކަމަކީ ނިއު ރޭޑިންޓަށް ބޭރުން ތައްޓެއް ހޯދުން ކަމަށާއި، ދެ ވަނަ ކަމަކީ ނިއު ރޭޑިއަންޓުގެ ކޯޗަކަށް ސުޒޭން ހަމަޖެއްސުން ކަމަށް ކުއީން ވަޙީދު ވިދާޅުވެފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ނިއު ރޭޑިއަންޓުގެ ކޯޗަކަށް ސުޒޭން ހަމަޖެއްސުމަކީ ޙާސިލު ކުރަން ބޭނުންވާ ކަމަކަށް ވަނީ ކީއްވެތޯ ސުވާލު ކުރުމުން، އެއީ ސުޒޭން އަބަދު ނިއު ރޭޑިއަންޓަށް އެއްޗިސް ކިޔާތީ ކަމަށް ވެސް ކުއީން ވަޙީދު ވިދާޅުވެފައިވާ ކަމަށް އަޒްމީންގެ ޕޯސްޓުގައިވެ އެވެ.

މީގެ އިތުރުން އެ ދުވަހުގެ އެ ވާހަކަ އަކީ ކުއީން ވަޙީދުގެ ވަސިއްޔަތެއްގެ ގޮތުގައި ސިއްރު ކޮށްފައި ބޭއްވުމަށް ވެސް އަޒްމީންގެ ކިބައިން އެދިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ނަަމަވެސް، ކުއީން ވަޙީދު ދުނިޔޭގައި ނެތް ދުވަހަކުން ނަމަވެސް، އެކަން ހަގީގަތަކަށް ވެއްޖެ ނަމަ، އެ ވާހަކަ ލިޔުމަށް ވެސް އެދިވަޑައިގެންފައިވާ ކަމަށް އަޒްމީން ވަނީ ވިދާޅުވެފަ އެވެ.

ނިއު ރޭޑިންޓުގެ މެނޭޖުމަންޓާ އައު ވެރިންތަކެއް ހަވާލުވެ، އެ ކުލަބު ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސަައްކަތުގެ ތެރެއިން ވަނީ، ނިއު ރޭޑިއަންޓުގެ ކޯޗަކަށް ސުޒޭން ހަމަޖައްސައިފަ އެވެ. އަންގާރަ ދުވަހުގެ ރޭ އޮތް ޚާއްސަ ހަފްލާއެއްގައި ވަނީ ނިއު ރޭޑިއަންޓުގެ ކޯޗުކަމާ ރަސްމީކޮށް ސުޒޭން ހަވާލުވެފަ އެވެ.

އެންމެ ފަހުން ސުޒޭން ހުރީ ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ގިނަ ކުލަބުތަކަށް އިރުޝާދު ދީފައިވާ ސުޒޭން އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އިތުބާރު، އަދި އެންމެ ތަޖުރިބާކާރު އެއް ކޯޗެެވެ. ނިއު ރޭޑިއަންޓުގެ ކޯޗަކަށް ސުޒޭން ހަމަޖައްސާފައިވާއިރު، އެ ކުލަބު އަލުން ފުރަތަމަ ޑިވިޝަން އަށް އަންނަ ވާހަކަތައް ވެސް ދަނީ ދެކެވެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު