Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އޮޅިވަޑައި ނުގަންނަވާ، ބާރުވެރި ކަމަކީ ވަގުތީ ކަމެއް!

ރައީސް މުޢިއްޒު އެވެ. އޮޅިވަޑައި ނުގަންނަވާށެވެ. ބާރުވެރިކަން އަބަދަކު ނޯންނާނެ އެވެ. ތިޔަ ބާރުވެރިކަން ނިމިދާނެ ދުވަހެއް ވެސް އަންނާނެ އެވެ. ތާ އުމުރު ވެރިކަމުގައި ވެސް ނުހުންނެވޭނެ އެވެ. ހުރެވިދާނެ ކަމަށް ޤަބޫލު ކުރުމަކީ ވެސް މޮޔަ ކަމެކެެވެ. އެންމެނެއް ބިރެއް ވެސް ނުގަންނާނެ އެވެ. ޖެހިލުމެއް ވެސް ނުވާނެ އެވެ. ތިޔަ އުޅުއްވަނީ ކާކަށް ބާރުވެރިކަން ދައްކަން ހެއްޔެވެ؟

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2025 | އަންގާރަ 12:42
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އަޅުގަނޑުމެންގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަމަލުތައް މިހާރު ހުންނަ ގޮތުން، އެމަނިކުފާނަށް ވެރިކަން ލިބިގެން އުޅެނީ އުމުރު ދުވަހަށްބާއޭ ހިތަށް އަރަ އެވެ. އެ ވަގުތެއްގައި ބޭނުންވި ކަމެއް، ހިތްޕުޅަށް އަރައި ވަޑައިގެންނެވި ކަމެއް އެ ކުރައްވަނީ، ފިކުރެއް ޚިޔާލެއް ނެތި އެވެ.

އެ ދުވަހެއްގައި، އެ ވަގުތެއްގައި ދައްކަވަން ބޭނުންވި ކޮންމެ ވާހަކައެއް ދައްކަވަމުން އެ ގެންދަވަނީ، މާޒީގައި ކަންތައްވެފައި ހުރި ގޮތަށް ބަލާލުމެއް ވެސް ނެތި އެވެ. ދުނިޔޭގެ ޙަޔާތުގައި މާޒީ އިން ޢިބުރަތް ޙާސިލު ކުރާށޭ ބުނެފައި އޮތަސް، އެކަން ކުރަނީ އަޅުގަނޑުމެން ނިކަމެތި ރައްޔިތުންނެވެ. ރައީސް މުޢިއްޒު ކަހަލަ، ނަމުގެ ކުރިއަށް ޑޮކްޓަރާއި، ދެން ވެސް ހުރި ލަޤަބުތައް ޖައްސަވައިގެން އުޅުއްވާ ބޭފުޅުން އެކަމާ މެދު ފިކުރު ނުކުރަނީ ބާ އެވެ؟

މީގެ ދޮޅު އަހަރެއް ކުރިން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް، އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ، ނިކަން ރީތިކޮށް އަތުރާލާފައި އޮތް މި ނިޒާމު ގަޑުބަޑު ކުރުމެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން ތިން ބާރު ވަކިވެ، އެއް ބާރު އަނެއް ބާރަށް ފާރަވެރިވެވޭ ގޮތަށް އޮތް އޮތުން އޮޅާލެއްވީ އެވެ. ތިން ބާރުގެ ހުރިހާ ބާރެއް އަމިއްލަ އަތް ޕުޅަށް ނެންގެވީ، މިއީ އެމަނިކުފާނުގެ އަމިއްލަ މުދަލެއް ކަމަށް ދެކިގެންހެން ހީވާ ކަހަލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބާރުވެރިކަމާއި، އެ މެމްބަރުންގެ މަސްއޫލިއްޔަތު އޮޅާލައްވައި، އެއީ ރައީސް މުޢިއްޒު އަށް އަޅުދާސްތު ވެގެން ތިބޭ ބަޔަކަށް ހައްދަވައިފި އެވެ. އިމްތިޔާޒުތަކާއި، ބާރުތަކާއި، ޢިއްޒަތް ލިބިގެން ތިބި މެމްބަރުންނަކީ، ރައީސް މުޢިއްޒުގެ އަތްޕުޅުގައި އޮންނަ ރިމޯޓަކުން ކޮންޓްރޯލް ކުރާ ބަޔަކަށް ހައްދަވައިފި އެވެ. އެކަން ކުރީ ވެސް، ރައީސް މުޢިއްޒުގެ ވަފާތެރި ނޫނަސް، އިތުރު ގޮތެއް ނެތް މެމްބަރުން ބޭނުން ކޮށްގެންނެވެ.

އެއަށްފަހު ދެން ކުރެއްވި ކަމަކީ، މިނިވަން ޖުޑިޝަރީ ނުވަތަ ފަނޑިޔާރު ގެޔަށް ހަތަރެސް ފައި ބޭނުމެވެ. ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގައި ރައީސް މުޢިއްޒުގެ ފައިތައް ހިއްޕާލީ ބޯވާއެއް ހެންނެވެ. ފަނޑިޔާރުންނަށް ހިތު ހުރި ގޮތެއް ހައްދަވައި، މުޅި ނިޒާމުގައި ވަކި އަޅުވާލީ، ޖަންގަލީގައި ސިންގާއަކު ކަންބަޅިއެއް ގައިގައި ވަކި ހިއްޕާލާ ބީދައިންނެވެ. އެ ހުރިހާ ކަމެއް ކުރައްވައިގެން ރައީސް މުޢިއްޒު ހުންނެވީ، ބާރުވެރިކަމުގަ އެވެ.

އެވަރުން ވެސް ނުފުދުނެވެ. ހިތްޕުޅާ ވެސް ނުވި އެވެ. ރޭގަނޑު ނިދި ކުރެއްވޭ ގޮތެއް ވެސް ނުވި އެވެ. މިހާރު ދިމާ ކުރައްވައިގެން އެ އުޅުއްވަނީ މިނިވަން ނޫސްވެރިކަން ވެސް ނިގުޅައި ގަތުމަށެވެ. ސަރުކާރުން ހިންގާ ވައްކަންތަކާއި ކޮރަޕްޝަނާއި، ޤާނޫނު އަސާސީއާ ޚިލާފަށް ރައީސް މުޢިއްޒު އާއި ސަރުކާރުގެ ވެރިން ކުރައްވަމުން ގެންދަވާ ކަންކަމުގެ ވާހަކަ ދައްކައި، ލިޔެ ހަދައި ނޫސްވެރިންގެ އަނގަ ބަންދުކޮށް، ގަލަމުގައި ދޯރި ޖެއްސެވުމަށެވެ.

މިނިވަން މީޑިއާތައް ނައްތާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަކީ، ސަރުކާރުން ބޭނުން ވެެގެން، ސީދާ ރައީސް މުޢިއްޒުގެ ވިސްނުންފުޅާއި، ޙިކުމަތުގެ ދަށުން ކޮށްގެން އުޅޭ ކަމެއްކަން ސާފުވީ ޤައުމީ ދުވަހު ރައީސް މުޢިއްޒު ދެއްކެވި ވާހަކަ އިންނެވެ. ކޯފާވެ ހުންނަވައި، އަޑަށް ބާރު ލައްވައި، ހަށިކޮޅުން ތުރު ތުރު ލައްވާފައި ނޫސްވެރިން އަދި ލިޔާ މީހުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އިންނެވެ. އެއަށް އިތުރު ބާރުވެރި ކަމެއް ދެނީ ރައީސް މުޢިއްޒުގެ އޯޑަރަށް މަސައްކަތް ކުރަން ޖެހޭ މަޖިލިސް މެމްބަރުން ދައްކަވާ ވާހަކަ އެވެ.

ފަހަރުގައި ރައީސް މުޢިއްޒު އަށް ހީވެދާނެ އެވެ. ވެރިކަމަށް އާދެވިފައި މި ހުރީ އުމުރު ދުވަހަށެވެ. އެމަނިކުފާނު ބޭނުންވާހާ ގޮތަކަށް މި ޤައުމުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެމަނިކުފާނު ޖައްސަވާ ބެރަކާއި، ކިޔުއްވާ ލަވަޔަކަށް ރައްޔިތުންނާއި ނޫސްވެރިން ނަށައި ފާނެ ކަަމަށެވެ. އެހެން ވެއްޖެ ނަމަ، އެއީ ވަރަށް ބޮޑު އޮޅުމެކެވެ. ކުށް ހީ އެކެވެ.

ރައީސް މުޢިއްޒު އެވެ. މާޒީ އަށް ބަައްލަވާށެވެ. ތާރީޚުގައި ކަންކަން ހިނގާފައިވާ ގޮތް ދަސް ކުރައްވާށެވެ. ތިޔަހެން ބާރުވެރިކަމާއި، އަނިޔާވެރިކަމާއި، މުށްބާރުކަން ދައްކަވައިގެން، ރައްޔިތުން އަޅުދާސް ކުރުމަށް މަސައްކަތް ކުރެއްވި ވެރިންނަށް، ލީޑަރުންނަށް އާޚިރުގައި ވީ ކިހިނެއް ހެއްޔެވެ؟ އެޑޮލްފް ހިޓްލަރު އަދި ރޮބާޓް މުގާބޭގެ މިސާލު ރައީސް މުޢިއްޒު އަށް އެނގެން ވާނެ އެވެ.

ރައީސް މުޢިއްޒު އެވެ. އޮޅިވަޑައި ނުގަންނަވާށެވެ. ބާރުވެރިކަން އަބަދަކު ނޯންނާނެ އެވެ. ތިޔަ ބާރުވެރިކަން ނިމިދާނެ ދުވަހެއް ވެސް އަންނާނެ އެވެ. ތާ އުމުރު ވެރިކަމުގައި ވެސް ނުހުންނެވޭނެ އެވެ. ހުރެވިދާނެ ކަމަށް ޤަބޫލު ކުރުމަކީ ވެސް މޮޔަ ކަމެކެެވެ. އެންމެނެއް ބިރެއް ވެސް ނުގަންނާނެ އެވެ. ޖެހިލުމެއް ވެސް ނުވާނެ އެވެ. ތިޔަ އުޅުއްވަނީ ކާކަށް ބާރުވެރިކަން ދައްކަން ހެއްޔެވެ؟

ރައީސް މުޢިއްޒު އެވެ. އެއްކަމެއް ނުކުރެއްވި ނަމަވެސް، މި ބުނާ ބަސް ހަނދާން ކުރައްޗެވެ. އަތް ވެއްޓޭނީ ކަކޫ މައްޗަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް: ހަމަހަމަކަން، އިޖްތިމާޢީ ބައިވެރިވުން އަދި ބާރުވެރިކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް: ހަމަހަމަކަން، އިޖްތިމާޢީ ބައިވެރިވުން އަދި ބާރުވެރިކުރުން

03 ޑިސެމްބަރު 2018
އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ކޮށްނުދެވުނު ހަމައެކަނި ކަމަކީ ނަތީޖާ ނެރުން!

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ކޮށްނުދެވުނު ހަމައެކަނި ކަމަކީ ނަތީޖާ ނެރުން!

09 އޮކްޓޯބަރު 2018
އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

16 ސެޕްޓެމްބަރު 2018
ބޯހިޔާވަހިކަމަކީ ޖަޒީރާވަންތަކަން ގެއްލުވާލަންކުރާ ޖެއްސުމަކަށް ނަހަދާށެވެ!

ބޯހިޔާވަހިކަމަކީ ޖަޒީރާވަންތަކަން ގެއްލުވާލަންކުރާ ޖެއްސުމަކަށް ނަހަދާށެވެ!

30 ޖުލައި 2018
ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

02 އެޕްރީލު 2018

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު