Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ފަހު ވަގުތު ލިވަޕޫލް އިން ނިއުކާސަލް ބަލިކޮށްފި

މެޗުގައި ލިވަޕޫލް އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ނިއުކާސަލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް، ފަހު ވަގުތުގައި ޖެހި ލަނޑުން ލިވަޕޫލް ވަނީ މެޗުން މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2025 | އަންގާރަ 04:30
މެޗުގެ ފަހު ވަގުތުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ އެންގުމޯހާ އުފާ ފާޅު ކުރަނީ

މެޗުގެ ފަހު ވަގުތުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ އެންގުމޯހާ އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވެއްޖެ އެވެ.

ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ލިވަޕޫލް އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ނިއުކާސަލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް، ފަހު ވަގުތުގައި ޖެހި ލަނޑުން ލިވަޕޫލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ލިވަޕޫލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރަޔަން ގްރެވެންބާޗް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކޯޑީ ގަކްޕޯ އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ލިވަޕޫލް އިން ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ. ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ލިވަޕޫލް އަށް ޖަހައިދިނީ ހޫގޯ އެކިޓީކޭ އެވެ.

ނަމަވެސް އޭގެ އެގާރަ މިނެޓު ފަހުން ނިއުކާސަލް އިން ވަނީ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރޫނޯ ގިމަރޭސް އެވެ. ގިމަރޭސް އެ ލަނޑު ޖެހީ ޓިނޯ ލިވްރަމެންޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގައި ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ނިއުކާސަލް އިން ކުރަމުން އައި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު ނިއުކާސަލް އަށް ޖަހައިދިނީ ވިލިއަމް އޮސުލާ އެވެ.

މެޗު އެއްވަރުވާން ދަނިކޮށް، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލިވަޕޫލް އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި މެޗުން މޮޅުވެފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރިއޯ އެންގުމޯހާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މިޞްރުގެ ފޯވަރޑު މުޙައްމަދު ޞަލާޙު އެވެ. މެޗުގައި އެންގުމޯހާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މެެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައި ވަނީ، މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލް އަށް މެޗު ކޮންޓްރޯލް ކޮށްގެން ނުކުޅެވުނު ނަމަވެސް، މެޗާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. ޚާއްސަކޮށް ނިއުކާސަލް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭ އިރު، އެކަހަލަ ކަންކަން ތަޖުރިބާ ކުރަން ޖެހޭނެ ކަމަށް ވެސް ސްލޮޓް ވަނީ ބުނެފަ އެވެ.

ޚާއްސަކޮށް ނިއުކާސަލްއާ ދެކޮޅަށް ކުޅުނު އެ މެޗުގެ ކޮންމެ ސިކުންތަކީ ވެސް ވަރަށް ޝައުޤުވެރި، އަދި ބަލަން ބޭނުންވާ ކަހަލަ ކަންތައްތަކެއް ހިނގި މެޗެއް ކަމަށް ސްލޮޓް ބުންޏެވެ. އޭނާ ބުނީ އެތައް މަސައްކަތުން ވެސް، ލިވަޕޫލް އަށް މުހިންމު ވަނީ ތިން ޕޮއިންޓު ކަމަށާއި، އެކަން ހާސިލު ކުރެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

ލީގުގައި ދެން ލިވަޕޫލް އަށް އޮންނާނީ އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު