Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޓޫމީ ކަޕް - ޔޫތު އިންޓަރނޭޝަނަލް މުބާރާތް

ބަޓޫމީ ކަޕް: ލައިބާ އަށް ރިހި މެޑައްޔަކާއި ދެ ލޯ މެޑަލް

25 އޯގަސްޓު 2025 | ހޯމަ 03:54

ލައިބާ ވަނީ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ސިންގަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގައި ލައިބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. މުބާރާތުން ތިން މެޑަލް ހޯދިއިރު، ލައިބާ ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޯގަސްޓު 2025 | ހޯމަ 03:54
ބަޓޫމީ ކަޕްގައި ވާދަކުރި ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)

ބަޓޫމީ ކަޕްގައި ވާދަކުރި ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)

ޖޯޖިއާގައި މިހާރު ކުރިއަށް ދިޔަ، ބަޓޫމީ ކަޕް - ޔޫތު އިންޓަރނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) މުބާރާތުން ތިން މެޑަލް ހޯދައިފި އެވެ.

ޖޯޖިއާގެ ބަޓޫމީ ސިޓީގައި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ލައިބާ ވަނީ ސިންގަލްސް އިވެންޓުގެ އިތުރުން، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށްފަ އެވެ.

ލައިބާ ވަނީ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ސިންގަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގައި ލައިބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. މުބާރާތުން ތިން މެޑަލް ހޯދިއިރު، ލައިބާ ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ.

ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލްގައި ވާދަކޮށް ލައިބާ ވަނީ، އަޒަރުބައިޖާންގެ 13 އަހަރުން ދަށުގެ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާ އަޙުމަދްލީ ޑަނީޒްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މެޗު ލައިބާ ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ.

މި އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ ވާދަކޮށްފައި ވަނީ ކަޒަކިސްތާންގެ 13 އަހަރުން ދަށުގެ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާ، ލެނޯވާ ސޯފިއާއާ އެވެ. މި މެޗުގައި ލައިބާ ވަނީ ސޯފިއާ އަތުން ސީދާ ދެ ސެޓުން ބަލިވެފަ އެވެ. މެޗުގެ ސެޓުތައް ސޯފިއާ ކާމިޔާބު ކޮށްފައި ވަނީ 15-10 އަދި 15-12 އިންނެވެ. މި މެޗުގައި ލައިބާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގައި ލައިބާ އަދި ޕެއާ ޕާޓްނަރު އާމޭނިއާގެ މަނުކްޔަން ނާރެކް ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ނަމަވެސް ސެމީ ފައިނަލް މެޗުގައި ވަނީ ތުރުކީގެ ޕެއާ އަތުން ބަލިވެފަ އެވެ.

މީގެ އިތުރުން ޑަބަލްސް އިވެންޓުގައި ލައިބާ އަދި ޕެއާ ޕާޓްނަރު ޖޯޖިއާގެ ޝަޚްބަޒިއަން މަގްދާ ވަނީ ފައިނަލްގައި ބަލިވެފަ އެވެ. ކަޒަކިސްތާންގެ ޕެއާ އަތުން ބަލިވި ނަމަވެސް، ޑަބަލްސް އިވެންޓުގައި ވެސް ލައިބާގެ ޕެއާ އިން ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ.

ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ލައިބާ ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން މިއަހަރު އާމޭނިއާގައި ކުރިއަށް ދިޔަ މުބާރާތުގައި ވާދަކޮށް ލައިބާ ވަނީ ތިން ރަން މެޑަލް ހޯދައިފަ އެވެ. މިއީ ބެޑްމިންޓަންގައި ލައިބާ ހޯދި ތާރީޚީ ކާމިޔާބެކެވެ.

މިދިޔަ އަހަރު ވެސް ލައިބާ ވަނީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. ޤައުމީ ފެންވަރުގައި ވެސް ލައިބާ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާއިރު، އެންމެ ފަހުން އޮތް ޤައުމީ ބެޑްމިންޓަން ޓީމަށް ކުޅުންތެރިން ހޮވުމުގެ ސެލެކްޝަންގައި ވާދަކޮށް، ލައިބާ ވަނީ އުމުރުން 12 އަހަރުގައި ޤައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް