Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ ދުވަސް

ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އުތީމު އާދަމްބެއަށް

24 އޯގަސްޓު 2025 | އާދީއްތަ 10:09

އުތީމު އާދަމްބެ ހއ އަތޮޅުގެ އަތޮޅުވެރިކަން ތިން ފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތަކަށް އަދާކުރެއްވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 އޯގަސްޓު 2025 | އާދީއްތަ 10:09
ހއ. އުތީމު، އަލިމަސްގެ، އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް ނިޝާން ދިޔަމިގިލި ޝަރަފުގެ އިއްޒަތް އަރުވަނީ

ހއ. އުތީމު، އަލިމަސްގެ، އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް ނިޝާން ދިޔަމިގިލި ޝަރަފުގެ އިއްޒަތް އަރުވަނީ

ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހއ. އުތީމު އަލިމަސްގެ، އާދަމް ޢަބްދުއްރަޙްމާނަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ.) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

މި ޢިއްޒަތް އެރުވީ، މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

Advertisement - newsAdvertisement

މަޝްހޫރު ނަމުން "އުތީމު އާދަމްބެ" ގެ ގޮތުގައި ފާހަގަކުރެވޭ އާދަމް ޢަބްދުއްރަޙްމާނު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1965 ވަނަ އަހަރުގެ އޮގަސްޓު 26 ވަނަ ދުވަހު ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ކަތީބުކަމުގެ މަޤާމު އަދާކުރެއްވުމަށްފަހު، ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމަށް ބަދަލުވެވަޑައިގަތެވެ.

އާދަމް ޢަބްދުއްރަޙްމާނުގެ ޚިދުމަތުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 1970 ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކަށް ދިމާވި ކާޑުގެ ދަތިކަން ހައްލުކުރުމަށް އެޅުއްވި ފިޔަވަޅުތަކެވެ. އޭނާގެ ހަރުދަނާ މަސައްކަތްޕުޅުގެ ސަބަބުން އުތީމުން އެއްވެސް މީހަކު ބަނޑަށް މަރުނުވެ ސަލާމަތްވިކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ.

ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގައި އާދަމް ޢަބްދުއްރަޙްމާނުގެ އެންމެ ބޮޑު އެއް ހިއްސާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމުގެ ނިޒާމު ތަޢާރަފުކުރެއްވުމެވެ. މި ބަދަލާއެކު، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިގެން ދިޔައެވެ.

ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިން ފަހަރެއްގެ މަތިން، 11 އަހަރަށްވުރެ ދިގު މުއްދަތަކަށް އާދަމްއަބްދުއްރަހްމާން އަދާކުރެއްވިއެވެ. އަދި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުކަން ތިން އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވިއެވެ.

އާދަމް ޢަބްދުއްރަޙްމާނަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޚާއްޞަކޮށް ޅެންވެރިކަމުގެ ދާއިރާއިން އޭނާގެ ހުނަރުވެރިކަން ވަނީ ސާބިތުކޮށްދެއްވާފައެވެ. މި ގޮތުން 2004 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ހާސިލުކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2018

ފަނާކުރުވަނިވި ވިސްނުމުގައި ގެނައި ޤާނޫނުތަކުގެ ސަބަބުން މީޑިއާތަކުގެ މިނިވަންކަން ގެއްލިގެންދިޔަ: ނިޝާން

31 ޑިސެމްބަރު 2018
ފަނާކުރުވަނިވި ވިސްނުމުގައި ގެނައި ޤާނޫނުތަކުގެ ސަބަބުން މީޑިއާތަކުގެ މިނިވަންކަން ގެއްލިގެންދިޔަ: ނިޝާން
30 ސެޕްޓެމްބަރު 2018

އުތީމުގެ ނަރުދަމާގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ

30 ސެޕްޓެމްބަރު 2018
އުތީމުގެ ނަރުދަމާގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ
29 ޖުލައި 2018

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން އާދިއްތަ ދުވަހު މާލޭގައި އޮންނާނެ

29 ޖުލައި 2018
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން އާދިއްތަ ދުވަހު މާލޭގައި އޮންނާނެ
27 ޖުލައި 2018

މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން ވެސް ފަސްކޮށްފި

27 ޖުލައި 2018
މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން ވެސް ފަސްކޮށްފި
27 ޖުލައި 2018

މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި

27 ޖުލައި 2018
މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި
17 މެއި 2018

ހައްގެއް ހޯދުމަށް އެއްވެސް ބަޔެއްގެ ހުއްދައެއް ހޯދަން ނުޖެހޭ: ނިޝާން

17 މެއި 2018
ހައްގެއް ހޯދުމަށް އެއްވެސް ބަޔެއްގެ ހުއްދައެއް ހޯދަން ނުޖެހޭ: ނިޝާން
10 މެއި 2018

މާލޭސިޓީގެ މަލަމަތިން ފެންނަނީ ވައްކަމުގެ ނިޝާންތައް: ދިޔާނާ

10 މެއި 2018
މާލޭސިޓީގެ މަލަމަތިން ފެންނަނީ ވައްކަމުގެ ނިޝާންތައް: ދިޔާނާ
10 މާރިޗު 2018

ކުއްލި ނުރައްކަލުގެ ހާލަތެއް މިހާރު ނެތް: ވަކީލް ނިޝާން

10 މާރިޗު 2018
ކުއްލި ނުރައްކަލުގެ ހާލަތެއް މިހާރު ނެތް: ވަކީލް ނިޝާން
09 އޮކްޓޯބަރު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތައް ބެލުމުގެ ބާރު ބްރޯޑްކޮމްއަށް ލިބިގެނެއް ނުވޭ:ނިޝާން

09 އޮކްޓޯބަރު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތައް ބެލުމުގެ ބާރު ބްރޯޑްކޮމްއަށް ލިބިގެނެއް ނުވޭ:ނިޝާން
28 ޖުލައި 2017

ވިސާރަވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ހަމަޖެއްސި ޝަރަފުގެ ހިނގާލުން ކެންސަލް ކޮށްފި

28 ޖުލައި 2017
ވިސާރަވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ހަމަޖެއްސި ޝަރަފުގެ ހިނގާލުން ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް