Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ ދުވަސް

ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ގަލަމުން ލިޔުމަކީ އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫން: ރައީސް މުއިއްޒު

24 އޯގަސްޓު 2025 | އާދީއްތަ 08:12

މީގެ ކުރިން ދިވެއްސަކަށްވީތީ ފަހުރުވެރިވާ އެތައް ސިފައެއް އޮތް މި ގައުމުގައި އޮތް

އަމްނާ އިމާދު
އަމްނާ އިމާދު | 24 އޯގަސްޓު 2025 | އާދީއްތަ 08:12
ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އަނެކާގެ ހައްގުތަކަށް އަރައިގަނެ، ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ގަލަމުން ލިޔުމަކީ އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫން ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މީގެ ކުރިން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބަލައިގަންނަ، ރީތި ސިފަތަކެއް ހުރި ކަމަށާއި، ދިވެއްސަކަށްވީތީ ފަހުރުވެރިވާ އެތައް ސިފައެއް އޮތް މި ގައުމުގައި އޮތް ކަމަށެވެ.

Advertisement - newsAdvertisement

ރީތި ސިފަތަކަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު މައިންބަފައިންނަށް އިހުތިރާމް އަދާކުރާ ކަމަށާއި، އަވަށްޓެރިންނަށް އޯގާތެރިވެ، މުސްކުޅިންނަށާއި، އިސްރަށްވެހިންނަށް ހެޔޮކޮށް ހިތާ ކަމަށާއި، ކުޑަކުދިންނަށް އަޅާލާ ކަމަށެވެ. މިއަދު މިކަންކަން އިޔާދަކުރުމަށް އަޒުމް އައުކުރަންޖެހޭ ކަމަށާއި، އަޅުގަނޑުމެން ކޮންމެ މީހަކަށް އަނބުރާއި އިއްޒަތާއި ޝަރަފު ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އަނެކާގެ އަނބުރާ ޝަރަފާ އިއްޒަތަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށާއި، އެއީ ލިބޭ މިނިވަންކަމެއް ނޫން ކަމަށެވެ. އަދި ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ބެލުމެއް ނެތި ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ ވެސް މިނިވަންކަން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަތާއި ދޫ ރައްކާތެރި ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށާއި، މުސްލިމަކަށްވީތީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަޅުގަނޑުމެންގެ އުންމީދު އާ ކުރާނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ ގައުމުގެ މިދެންނެވި އައިޑެންޓިޓީ ހިމާޔަތްތެރިކަމާ ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ އުންމީދު އަޅުގަނޑުމެން އަމިއްލައަށް މިގޮތުގައި މަސައްކަތް ކުރަން ނިންމާފިއްޔާ ފުރިހަމައަށް އައު ވެގެން އެބަ ދޭ. މިއަދު އެހެންނަމަވެސް ފެނިގެން މިދަނީ އެ މަންޒަރެއް ނޫން. މިއަދު އަޅުގަނޑުމެންގެ ތެރޭގައި އަނެކާގެ އިއްޒަތާ އަނބުރާ ޝަރަފާ ބެލުމެއް ނެތް. ތިމާ ކުރިއަށް ދެވެނިކޮށް ނިމުނީ. ތިމާބޭނުންވާ ކަންތައް ވަނިކޮށް ނިމުނީ. އަނެކާއަށް ވަރިހަމަ ކޮންމެ ގޮތެއް ވިޔަސް. އެއީ ނޫން ދިވެހިވަންތަ ކަމަކީ. މިއަދާ ހަމައަށް މާޒީގައި އަޅުގަނޑުމެންގެ އަބުތާލުން ކުރި ޖިހާދުގައި މިގައުމު ސަލާމަތް ކުރުމުގައި މިއަދާ ހަމައަށް ގެނައި ބޭނުމަކީ އެއީ ނޫން. ގައުމިއްޔަތު ދިރުވާ އާލާ ކުރާއިރުގައި އަޅުގަނޑުމެން ވިސްނަންޖެހޭ މިކަންކަމަށް. ގައުމިއްޔަތަކީ ދިވެހިވަންތަކަން. އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުން. ދިވެހި ބަހަށް ހުރުމަތްތެރިކޮށް ހިތުން. އަޅުގަނޑުމެންގެ ރިވެތިއާދަކާދައަށް ހުރުމަތްތެރިކޮށް ހިތުން އެކަންކަން ދިރުވާއާލާކޮށް އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުން. އެކަން އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވޭ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ތިމާގެ ހައްގުތައް އަނެކާގެ ހައްގުތަކަށް އަރާގަންނަ ހިސާބުން ލިމިޓްވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މި ގައުމުގައި މިއަދު ފެތުރެމުންދާ މި ނުބައި އޮއެވަރު އެއީ އަމިއްލައަށް ހުއްޓުވޭނެ ކަމެއް ކަމަށާއި، އެއަޒުމުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ތިމަންނަގެ މިންވަންކަން ނޫންކަން އަނެކާގެ ހައްގުތަކަށް އަރައިގަތުމަކީ. އަނެކާގެ އަނބުރު ކަތިލުމަކީ އަނެކާއާ މެދުގައި ދޮގުވާހަކަތައް ދެއްކުމަކީ. ހަމަ ހިތަށް އަންނަހާ އެއްޗެއް ބުނުމަކީ ބޭރުކޮށްލުމަކީ އެއީ ނޫން. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ތިމާގެ ދުލުން ބަހެއް ބޭރުވުމަށްފަހު ތިމާއަކީ އެބަހުގެ އަޅެއްކަން. އެބަސް ބޭރުކޮށްލުމުގެ ކުރިން އެބަހަކީ ތިމަންނަގެ އަޅެއްކަން. ސިކުޑީގެ ބޭނުންކުރަންޖެހޭނެ. ކޮންގެން މިގައުމުގެ މިނިވަންކަން މިގައުމުގެ ގައުމިިއްޔަތު ހިމާޔަތް ކުރެވޭނީ. އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ. އެހެންވީމަ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނޫނިއްޔާ ތިމަންނަ ކޮންމެ ވާހަކަ އެއްބުނުމުގެ ލިޔުމުގެ މިނިވަންކަމަކީ ވަކި ހުދޫދެއްގައި އޮންނާނެ ކަމެއް. ތިމަންނަ ކުރަންވާ ކަންކަމުގެ މިނިވަންކަމަކީ ހައްގުތަކަކީ ވަކި ހުދޫދެއްގެ ތެރޭގައި އޮންނާނެ ކަމެއް. ކޮންމެ ރައިޓެއް ލިމިޓޭޝަންތަކަކާއެކު އޮތީ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ޒިންމާއަދާ ކުރުމުގައި ތެދުވެރިވާންޖެހޭ ކަމަށާއި، އެހެންނޫންނަމަ ގައުމުގެ އައިޑެންޓިޓީ ގެއްލިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިހުދޫދުގެ ތެރެއިން ކުރިއަށްދާނަމަ، ފުރިހަމަ ވަށާޖެހިފައިވާ ތަރައްގީއެއް މިގައުމަށް އަންނާނެކަމީ ޝައްކަތްއޮތް ކަމެއް ނޫން ކަމަށެވެ.

މިނިވަންކަމުގެ ނަމުގައި އަނެކާގެ ހައްގުތަކަށް އަރައިނުގަތުމަށް ރައީސް މުއިއްޒު ގޮވާލެއްވިއިރު، މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް 19 އޯގަސްޓް 2025 ގައި ބިލެއް ވަނީ ހުށަހަޅާފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2017

ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ

12 މާރިޗު 2017
ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ
12 މާރިޗު 2017

އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި

12 މާރިޗު 2017
އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
27 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

27 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް