Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ބިލު

މީޑިއާ ރެގިއުލޭޓަރީ ބިލާއި ދެކޮޅަށް އިހުތިޖާޖު ކުރާ ނަމަ، ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި މީހާ ކޯޓުން ދޫކޮށްލައިފި

އަލީ އާނިމް މުފީދު ދޫކޮށްލީ ބުރާސްފަތި ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 އޯގަސްޓު 2025 | ބުރާސްފަތި 13:35
ސ،ހިތަދޫ / އަތަމާވިލާ، ޢަލީ  ޢާނިމް މުފީދު (29އ)

ސ،ހިތަދޫ / އަތަމާވިލާ، ޢަލީ ޢާނިމް މުފީދު (29އ)

މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރި އަލީ ޢާނިމް މުފީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލައިފި އެވެ.

އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

Advertisement - newsAdvertisement

މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް "އެކްސް" ގައި ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ސ،ހިތަދޫ / އަތަމާވިލާ، ޢަލީ ޢާނިމް މުފީދު (29އ) ހައްޔަރުކޮށްފައި ވަނީ 2025 އޯގަސްޓް 20 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނި ގޮތުގައި ޢަލީ ޢާނިމް މުފީދުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި ހިމެނެނީ:

  1. ޤާނޫނު ނަންބަރު (32/2015) ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު - ޓީ.ވީ، ރޭޑިއޯ އަދި އިންޓަރނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މަޢުލޫމާތު ފެތުރުން - 10 ވަނަ މާއްދާގެ (ހ) ޤާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޜަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ކުރުމުގެ ކުށް.
  2. ޤާނޫނު ނަންބަރު (9/2014) ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ޢާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުން - 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރު؛ ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުން.
  3. ޤާނޫނު ނަންބަރު (9/2014) ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ކުށެއް ކުރަން އުޅުން - 80 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޢަލީ ޢާނިމް މުފީދުމީޑިއާ ބިލު އިހުތިޖާޖުކޯޓު އަމުރު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު